އިނގިރޭސިވިލާތުގެ މަޝްހޫރު ތަރިއަކު ރާއްޖޭގެ އެއާޕޯޓުގައި ނުވަ ގަޑިއިރު!

އިނގިރޭސިވިލާތުގެ މަޝްހޫރު ރިއާލިޓީ ޝޯއެއްގެ ތަރިއެއް ކަމަށްވާ ޖޯޖިއާ ޓޮފޮލޯ ---

އިނގިރޭސިވިލާތުގެ މަޝްހޫރު ރިއާލިޓީ ޝޯއެއްގެ ތަރިއެއް ކަމަށްވާ ޖޯޖިއާ ޓޮފޮލޯ ރާއްޖޭގެ އެއާޕޯޓުގައި ނުވަ ގަޑިއިރު ތާށިވެފައި ހުންނަން ޖެހިއްޖެ އެވެ.

ޖޯޖިއާ ރާއްޖޭގެ އެއާޕޯޓްގައި ތާށިވީ އޭނާގެ ޕާސްޕޯޓްގައި އިންނަ ގަނޑެއް މަދުވުމާ ގުޅިގެން ޕާސްޕޯޓް ހިފެހެއްޓުމާ ގުޅިގެންނެވެ.

ޕާސްޕޯޓްގެ ގަނޑެއް މަދުވުން ފަދަ ކަންކަމާހުރެ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް މީހުން ގައުމުތަކަށް އެތެރެވެނުދީ ހިފަހައްޓަ އެވެ.

އެކަމާ ގުޅިގެން އޭނާ ވަނީ ސޯޝަލް މީޑިއާގައި އެކަމާ ރޮއި އެހީއަށް އެދިފަ އެވެ. ޖޯޖިއާ ބުނީ އޭނާ ރާއްޖޭގެ އެއާޕޯޓްގައި ތާށިވުމުން ރާއްޖެ އިން އިނގިރޭސިވިލާތުގެ ރެޕްރެޒެންޓެއް ހޯދަން މަސައްކަތް ކުރި ކަމަށެވެ.

އޭނާ ދޫކޮށްލީ އިމިގްރޭޝަނުން ހިފަހައްޓާފައި ހުންނަތާ ނުވަ ގަޑިއިރުވީ ފަހުންނެވެ.

"އަހަންނަށް އެހީވި އެންމެނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އޮންލައިންކޮށް މިވާހަކަ ނުލިޔުނު ނަމަ 100 ޕަސެންޓް ޔަގީން އަަހަރެން އަދި ވެސް ހުންނާނީ މިހެން،" އޭނާ މީސްމީޑިއާގައި ލިޔެފައިވެ އެވެ.

ޖޯޖިއާ އިތުރަށް ބުނީ އެފަދަ ހާދިސާއެއް ކުރިމަތިވުމަކީ ވަރަށް ބިރުވެރިކަމެއް ކަމަށާއި މީސް މީޑިއާގައި އޭނާ މަޝްހޫރު ނޫން ނަމަ އޭނާ އިމިގްރޭޝަނުން ދޫނުކުރީސް ކަމަށެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުންނާއި ރާއްޖޭގެ ސަރުކާރުން ޖޯޖިއާ ދޫކޮށްލުމަށް ކުރި މަަސައްކަތަށް އޭނާ ވަނީ ޝުކުރު ވެސް އަދާކޮށްފަ އެވެ.

comment ކޮމެންޓް