އިންގްލެންޑުގެ ފުޓުބޯޅަ ލެޖެންޑް ޕީޓާސް މަރުވެއްޖެ

އިނގިރޭސިވިލާތުގެ ފުޓުބޯޅަ ލެޖެންޑް މާޓިން ޕީޓާސް ---

އިނގިރޭސިވިލާތަށް 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާ ކުރި މިޑްފީލްޑަރު މާޓިން ޕީޓާސް އުމުރުން 76 އަހަރުގައި މަރުވެއްޖެ އެވެ.

"ދަ ގޯސްޓް"ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ޕީޓާރސް ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަން އޭނާގެ އާއިލާއާއި އޭނާ ކުޅުނު ވެސްޓް ހަމް ކުލަބުން ވަނީ ޔަގާންކޮށްދީފަ އެވެ. އަދި އޭނާ މަރުވި އިރު އެއްވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން ނުދާ ކަމަށާއި މަރުވީ ނިދީގައި ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

އިނގިރޭސިވިލާތުގެ ފުޓުބޯޅަ ލެޖެންޑް މާޓިން ޕީޓާސް ---

އަމިއްލަ ގައުމުގައި އިނގިރޭސިން ވޯލްޑް ކަޕުގެ ތަށި އުފުލާލި އިރު ވެސްޓް ޖާމަނީއާ ދެކޮޅަށް ފައިނަލުގައި ކުޅެ ޕީޓާސް ވަނީ ގޯލެއް ޖަހައިފަ އެވެ. އިތުރު ވަގުތަށް ދެމިގެން ދިޔަ އެ މެޗު 2-4ގެ ނަތީޖާއަކުން އިނގިރޭސިން ކާމިޔާބު ކުރި އިރު ޕީޓާސްގެ އިތުރުން ބާކީ ތިން ގޯލު ޖަހައި ވޯލްޑް ކަޕުގެ ފައިނަލެއްގައި ހެޓްރިކް ހެދި ހަމައެކަނި ކުޅުންތެރިޔަކަށް ވެފައި ވަނީ ޖޮފް ހާސްޓް އެވެ.

ވެސްޓް ހަމްގައި ގައިގަނޑަކަށް 300 އަަށް ވުރެން ގިނަ މެޗު ކުޅެދީ އެ ކުލަބު ދުނިޔޭގެ އެންމެ އުހަށް ގެންގޮސްދިނުމަށް ފަހު ޕީޓާސް ޓޮޓެންހަމަށް ބަދަލުވީ 1970 ވަނަ އަހަރު އެވެ. ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ގޮތުގައި އޭރު ހިމެމުނު ޕީޓާސް ޓޮޓެންހަމަށް ބަދަލުވީ އޭރުގެ ރެކޯޑް އަގެއް ކަމަށްވާ ދެ ލައްކަ ޕައުންޑްގެ އަގަކަށެވެ.

ޕީޓާސް ވަނީ ޓޮޓެންހަމާ އެކު ދެފަހަރެއްގެ މަތިން ލީގު ކަޕު ހޯދައި 1972ގެ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ އެއަށް ފަހު ނޯވިޗު ސިޓީއަށާއި ޝެފީލްޑް ޔުނައިޓެޑަށް ވެސް ކުޅެފަ އެވެ. ޕީޓާސް ވަނީ ފުޓުބޯޅައިން ރިޓަޔާ ކުރުމުގެ ކުރިން އިނގިރޭސިވިލާތުގެ ގައުމީ ޓީމަށް 67 މެޗު ކުޅެދީ 20 ގޯލު ޖަހައިފަ އެވެ.

comment ކޮމެންޓް