ފޮޓޯއިން: ފެނުގެ ސަހަރު ކަނޑުގެ އަޑިއަށް!

ވެނިސްގެ އެންމެ މަޝްހޫރު، އެސްޓީ މާކްސް ސްކޮޔާގައި ފެންބޮޑުވެފައި -- ފޮޓޯ/ ގެޓީ އިމޭޖް

ކަނޑުގެ ލޮނުގަނޑަށް ވުރެ ތިން ފޫޓު އުހުގައި އޮންނަ އިޓަލީގެ ވެނިސް މަޝްހޫރުވެފައި ވަނީ ހިތްގައިމު ކެނަލް ތަކާއި ބުރިޖްތައް ހިމެނޭ "ފެނުގެ ސަހަރު"ގެ ގޮތުގަ އެވެ. ދުނިޔެމަތީގައި އޮތް މި ތަފާތު ސިޓީއަށް ޖައްސާލަން ކޮންމެ މީހަކުވެސް ހިތް އެދެ އެވެ. އެކަމަކު، އެ ސިޓީ މިހާރުވެފައި ވަނީ މޫސުމީ ބަދަލުތަކުން އުފުލި ބޮޑުވަމުން އަންނަ ކަނޑުގެ ލޮނުގަނޑުގެ ޝިކާރައަކަށެވެ.

އެޑްރިއެޓިކް ކަނޑުގެ ދިޔަވަރު ބޮޑުވުމާ އެކު، މިދިޔަ ބުދަ ދުވަހުން ފެށިގެން ވެނިސްގައި އާދަޔާ ހިލާފަށް ދިޔަވަރު ބޮޑުވެ ލޮނުގަނޑު ވަނީ ސިޓީތެރެއަށް ވަދެފަ އެވެ. އެ ސިޓީގެ ރީތި މަންޒަރުތައް މިހާރު ވަނީ ލޮނުގަނޑުގެ ތެރެއަށް ދަމައިގެން ގޮސްފަ އެވެ.

ވެނިސްގެ ޕިއާޒޯ ސެންމާކޯގައި ފެންބޮޑުވެފައި: ޓޫރިސްޓުންގެ މެދުގައި މަގުބޫލު ހުރިހާ ތަނެއްހެން އޮތީ ފެނު އަޑީގައި -- ފޮޓޯ/ ގެޓީ އިމޭޖަސް

މިއީ، 1966 ވަނަ އަހަރަށް ފަހު ވެނިސްގެ މިހާ ބޮޑަށް ދިޔަވަރު ބޮޑުވި ފުރަތަމަ ފަހަރެވެ. ފިނި މޫސުމުގައި ވެނިސްގެ ދިޔަވަރު އާންމުކޮށް ބޮޑުވާ ނަމަވެސް، މިފަހަރު ދިޔަވަރު ވަނީ 187 ސެންޓިމީޓަރަށް އުފުލިފަ އެވެ. ވެނިސްގައި އެންމެ ބޮޑަށް ދިޔަވަރު ބޮޑުވި ކަމަށް ރިޕޯޓްތަކުން ދައްކަނީ 194 ސެންޓިމީޓަރަށެވެ.

ވެނިސްގެ މަގުމަތީގައި އަންހެނަކު އޭނާގެ ޕެޓާ އެކު: ވެނިސްގެ އާންމު ދިރިއުޅުން ވަނީ އެކީ ހުއްޓިފައި -- ފޮޓޯ/ ގެޓީ އިމޭޖަސް

ވެނިސްގައި ފެންބޮޑުވެފައިވާއިރު، ޓޫރިސްޓުންތަކެއް ސަލާމަތް ހިސާބުތަކަށް ދެވޭތޯ މަސައްކަތް ކުރަނީ: މިއީ، 1966 ވަނަ އަހަރަށް ފަހު ވެނިސްގެ ދިޔަވަރު އެންމެ ބޮޑުވި ފަހަރު -- ފޮޓޯ/ ގެޓީ އިމޭޖަސް

"ވެނިސްގައި ދިޔަވަރު ބޮޑުވާ މައްސަލަ ގޯސްވަމުން މި އަންނަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން. މިއީ، މޫސުމީ ބަދަލުތަކާ އެކު އަހަރުމެން ސީރިއަސްކޮށް ވިސްނަންވީ ވަގުތު. މި ގެއްލުމުގެ ސަބަބުން، ފަސް ބިލިއަން ޔޫރޯގެ ގެއްލުން މި ވަނީ ކުރިމަތިވެފައި،" ވެނިސްގެ މޭޔަރު ލުއިޖީ ބްރަގްނާރޯ ވިދާޅުވި އެވެ. "ވެނިސް ހަލާކުވެ ދިޔުމަށް ދޫކޮށެއް ނުލެވޭނެ."

ވެނިސްގެ އައިކޮންއެއްގެ ގޮތުގައި ފެންނަ، ކެނަލްތަކުގެ ދެ ފަރާތުގައި ހަދާފައިވާ ގެތައް: މިތަންތަނުގައި ދުއްވަމުން ދިޔަ ބޯޓްތަކުގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފައި -- ފޮޓޯ/ ސީއެންއެން

ވެނިސްގައި ބޮޑުވެފައިވާ ފެންގަނޑުގައި ޓޫރިސްޓަކު އޭނާގެ ލަގެޖް ހިފައިގެން -- ފޮޓޯ/ ގާޑިއަން

ވެނިސްއަށް އަހަރެއްގެ މައްޗަށް 20 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާއިރު މި ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެ ސިޓީގައި ތިބި ޓޫރިސްޓުންނަށެވެ. އެގޮތުން ކެނަލްތަކުގެ ދެ ފަރާތުގައު ހުންނަ ހޮޓާތަކުން ޓޫރިސްޓުން ވަނީ ހުސްކުރަން ޖެހިފަ އެވެ. އަދި ޓޫރިސްޓުން ދޭ ބޯޓް ދުއްވާލުމުގެ ހިދުމަތާއި ގެސްޓް ޝޮޕްތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ވެސް ވަނީ އެކީހެން ބަންދުކޮށްފަ އެވެ. ވެނިސްގައި 50،000 މީހުން ދިރިއުޅޭ އިރު، ޓޫރިޒަމްއަށް ބިނާވެފައިވާ އެ މީހުންގެ އާމްދަނީ ވެސް ވަނީ އެކީހެން ހުއްޓިފަ އެވެ.

މީގެ ކުރިން ހިތްހަމަ ޖެހުމާ އުފާވެރިކަން ފެންނަމުން ދިޔަ މި ސިޓީގެ ކުލަ ބޮކިތަކުގެ އަލިފަޑުވެ މިހާރު ފެންނަނީ މާޔޫސް ކަމާއި ނުތަނަވަސްކަމެވެ. އަދި ބިރުވެރި ކަމެވެ.

ޓޫރިސްޓުންތަކެއް އެ މީހުން ތިބި ހޮޓަލުން ނިކުންނަނީ: މުޅި ސިޓީއަށް ލިބުނު ގެއްލުން އެއް ބިލިއަން ޔޫރޯއަށް އަރާ -- ފޮޓޯ/ ގާޑިއަން

ވެނިސްގެ ފިހާރައެއްގައި ފެންބޮޑުވެ މުދަލަށް ގެއްލުންވެފައި: ދިޔަވަރު ބޮޑުވާކަމުގެ ސައިރަންއާ އެކު، އިމާރާތްތަކަށް ފެން ނުވަންނާނެ ގޮތަށް ހުރަސްތައް ބޭނުންކުރި ނަމަވެސް ދިޔަވަރު މާބޮޑުވެ އެތަކެތީގެ ބޭނުންވެސް ވަނީ ކެނޑިފައި-- ފޮޓޯ/ ސީއެންއެން

ވެނިސް ފެންބޮޑުވެފައިވާއިރު ޓޫރިސްޓުން މަގުތަކުގައި ފޯރިމަރަނީ: އާންމުންނާއި ޓޫރިސްޓުންނަށް އެހީތެރިވުމަށް ގިނަ އަދަދެއްގެ އެމަޖެންސީ ވޯކަރުން ވަނީ ނެރެފައި -- ފޮޓޯ/ ގާޑިއަން

ބުރާސްފަތި ދުވަހުން ފެށިގެން ވެނިސްގައި ސްޓޭޓް އޮފް އެމެޖެންސީ އިއުލާންކޮށްފައިވާއިރު ގެއްލުން ލިބުނު ކޮންމެ ގޭބިސީއަކަށް 5،000 ޔޫރޯ ވަގުތުން ދިނުމަށް މައި ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ގެއްލުން ލިބުނު ކޮންމެ ވިޔަފާރިއަކަށް 20،000 ޔޫރޯއާ ހަމަޔަށް ބަދަލު ދިނުމަށް ވެސް އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.

ވެނިސްގައި ދިޔަވަރު ބޮޑުވެ ފެންބޮޑުވެފައިވާއިރު، ވާރޭވެސް އަންނަނީ ވެހެމުން: ވެނިސްގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައި -- ފޮޓޯ/ ސީއެންއެން

ފެންބޮޑުވެފައިވާ ވެނިސް: މިއީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު ކަމަށް އެ ސިޓީގެ މޭޔަރު ވަނީ ވިދާޅުވެ، އެހީއަށް ވަނީ ހާއްސަ ފަންޑެއް ހުޅުވާފައި -- ފޮޓޯ/ ސީއެންއެން

ވެނިސްގެ ހުރިހާ މުހިންމު ޓޫރިސްޓުތަންތަން ވަނީ ފެނު އަޑީގައި -- ފޮޓޯ/ އޭޕީ

ވެނިސް ފެންބޮޑުވުމާ އެކު އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ސިޓީގެ ތާރީހީ އަދި ގަދީމީ ތަންތަނަށް ވަމުން އަންނަ ގެއްލުން -- ފޮޓޯ/ އޭޕީ

ވެނިސްއަކީ ޔުނެސްކޯގެ ތަރިކައިގެ ލިސްޓްގައި ހިމެނޭ ގިނަ ތަންތަން ހިމެނޭ ސިޓީއަކަށްވާއިރު މި ފެންބޮޑުވުމުގެ ސަބަބުން އެފަދަ ގިނަ ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތައް ވެފަ އެވެ. އަދި އެއީ ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް ވެސް އެ ސިޓީގެ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ. އެ ތަންތަން ހިމާޔަތް ކުރުމަށް ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ވެނިސްގެ ބައެއް އާސާރީ ތަންތަނަށް ކުރިމަތިވެފައި ހުރި ގެއްލުންތައް: ވެނިސްއަކީ، ޔުނެސްކޯގެ ތަރިކައިގެ ލިސްޓްގައި ހިމެނޭ ގިނަ ތަންތަން ހިމެނޭ ސިޓީއެއް -- ފޮޓޯ/ އޭޕީ

ވެނިސްގެ އާސާރީތަންތަނަށް ވަނީ ފޫނުބެއްދޭނެ ވަރުގެ ބޮޑެތި ގެއްލުންތައް ވެފައި -- ފޮޓޯ/ އޭޕީ

ވެނިސްގެ އާސާރީ ތަންތަން ހިމާޔަތް ކުރަން އަންނަނީ ފިޔަވަޅުތައް އަޅަމުން -- ފޮޓޯ/ އޭޕީ

ވެނިސްގެ އާސާރީ ތަންތަނަށް ލިބިފައިވާ ގެއްލުންތައް ވަރަށް ބޮޑު -- ފޮޓޯ/ އޭޕީ

ވެނިސްގެ އާސާރީ ތަންތަނަށް ފެންބޮޑުވުމުގައި ބޮޑެތި ގެއްލުންތައް ވެފައި -- ފޮޓޯ/ އަލްޖަޒީރާ

ވެނިސްގެ އާސާރީ ތަންތަން ވަނީ ފެންބޮޑުވުމުގެ ސަބަބުން ބަންދުކޮށްފައި -- ފޮޓޯ/ އޭޕީ

އެޑްރިއެޓިކް ކަނޑުގައި ދިޔަވަރު ބޮޑުވާ ދުވަސްވަރު ވެނިސްގައި ފެންބޮޑުވުން ހުއްޓުވުމުގެ މަޝްރޫއެއް 1984ގައި ޑިޒައިންކުރި އެވެ. "މޮސް މަޝްރޫއު"ގެ ނަމުން މަޝްހޫރުވެފައިވާ އެ ޕްރޮޖެކްޓް ފެށީ 2003 ވަނަ އަހަރު، ނަމަވެސް އެމަޝްރޫއަށް ހިޔާނާތުގެ ހިޔަނި އެޅި ވަނީ މަޑުޖެހިފަ އެވެ. މިދިޔަ އަހަރު ވެނިސްގެ ކަމާ ބެހޭ ފަރާތްތަކުން ބުނި ގޮތުގައި އެމަޝްރޫއު ނިމޭނެ ކަމަށް މިހާރު ބެލެވެނީ 2022 ވަނަ އަހަރު އެވެ.

ދިޔަވަރު ބޮޑުވުމުން ޖެޓީގައި އަޅާފައިވާ ބައެއް ބޯޓްފަހަރުވެސް ވަނީ އެއްގަމަށް އަރާފައި -- ފޮޓޯ/ އަލްޖާޒީރާ

ވެނިސްގައި ފެންބޮޑުވެފައިވާއިރު ރިލީފް ވޯކަރުން ހަރަކާތްތެރިވަނީ: ގެއްލުންވި ކޮންމެ ގޭބިސީއަކަށް 5،000 ޔޫރޯ އަދި ވިޔަފާރިއަކަށް 20،000 ޔޫރޯއާ ހަމަޔަށް ބަދަލު ލިބޭނެ -- ފޮޓޯ/ އަލްޖަޒީރާ

ވެނިސްގައި ތިބި ޓޫރިސްޓުން: ވެނިސްއަށް އަހަރަކު 20 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރޭ -- ފޮޓޯ/ އަލްޖަޒީރާ

މިފެންބޮޑުވުމުގައި 11 މީހަކު ވަނީ މަރުވެފަ އެވެ.

ވެނިސްގެ ކޯސްޓު ގާޑުން ވަނީ ހާލުގައި ޖެހޭ މީހުންނަށް އެހީވުމަށް އެމްބިއުލާންސްގެ ގޮތުގައި އިތުރު ބޯޓުތައް ބޭނުން ކުރަން ފަށާފަ އެވެ. އަދި ގެއްލުންވި މީހުންނަށް އެހީވާން އެ ގައުމުގެ ސަރުކާރުން 20 މިލިއަން ޔޫރޯ ދޭން ވަނީ ނިންމައިފަ އެވެ.

ވެނިސްގައި ފެންބޮޑުވެ ގެއްލުންތައް ވެފައި -- ފޮޓޯ/ ގެޓީ އިމޭޖަސް

ވެނިސްގައި ފެންބޮޑުވެ ގެއްލުންވެފައި -- ފޮޓޯ/ ގެޓީ އިމޭޖަސް

ވެނިސްގައި ފެންބޮޑުވެފައި: 50،000 މީހުންނަށް އަސަރުކޮށްފައިވޭ -- ފޮޓޯ/ ގެޓީ އިމޭޖަސް

ވެނިސްގެ އާސާރީތަންތަނުގައި ވެސް ވަނީ ފެންބޮޑުވެފައި -- ފޮޓޯ/ ގެޓީ އިމޭޖަސް

ވެނީސްގައި ފެންބޮޑުވެ، މުޅި ވެނިސް ވަނީ ހުއްޓުމެއްގައި -- ފޮޓޯ/ ގެޓީ އިމޭޖަސް

ވެނިސް ފެނުގެ އަޑީގައިވާއިރު ގެއްލުންތައް އެއް ބިލިއަން ޔޫރޯއަށް އަރާ. -- ފޮޓޯ/ ގެޓީ އިމޭޖަސް

ވެނިސްގެ ފެންބޮޑުވުމުގެ އެހީއަށް 20 މިލިއަން ޔޫރޯ އެ ގައުމުގެ ސަރުކާރުން ވަނީ ދޫކޮށްފައި: 80 ޕަސެންޓް ވަނީ ފެނު އަޑީގައި -- ފޮޓޯ/ ގެޓީ އިމޭޖަސް

ވެނިސް ފެނުއަޑީގައި: 11 މީހަކު ވަނީ މަރުވެފައި -- ފޮޓޯ/ ގެޓީ އިމޭޖަސް

ވެނިސްގެ ސަލާމަތަށް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ، ވެނިސްގައި މިދަރަޖައަށް ފެންބޮޑުވުން އާންމުކަމަކަށް ވެދާނެ ކަމަށް މޫސުމީ ތަޖުރިބާކާރުން ލަފާކުރައްވަ އެވެ. ވެނިސް ބަލައިލަން ދާން ބޭނުންވެފައި ތިބި ކޮންމެ މީހެއްގެ ހިތް މި ފޮޓޯތަކުން ކުދިކުދި ވެގެންދާނެ އެވެ.

comment ކޮމެންޓް