ބަތަލާ ކާމިޔާ ދެވަނަ ކައިވެންޏެއް ކުރަނީ!

ކާމިޔާ އާ އޭނާގެ ލޯބިވެރިޔާ ޝަލަބް--

ޓީވީ އެކްޓްރެސް ކާމިޔާ ޕަންޖާބީ ދެވަނަ ކައިވެންޏަކަށް ތައްޔާރުކަމަށް އޭނާ ބުނެފިއެވެ.

އޭނާ ބުނީ އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޝަލަބް ދަންގް އަކީ ރަނގަޅު މީހެއްކަމަށާއި އޭނާ އާއެކު ދިރިއުޅުމަށް އާދަވެއްޖެކަމަށެވެ. އަދި ޝަލަބްގެ ސަބަބުން އޭނާގެ ދިރިއުޅުން އުފާވެރިވެއްޖެ ކަމަށާއި މިހާރު ކައިވެންޏަކަށް ތައްޔާރުކަމަށެވެ.

ކައިވެންޏަށް ތައްޔާރުވަމުން އައި ނަމަވެސް ތާރީހް އަކީ ސަޕްރައިޒެއް ކަމަށާއި އަވަސްމުސްތަގްބަލެއްގައި ކައިވެނިކުރާނެކަމަށްވެސް އޭނާ ބުނެފިއެވެ.

ކާމިޔާ ކުރިން ކުރި ކައިވެންޏަށް ވަނީ ދަރިއަކު ވެސް ލިބިފައެވެ. އަދި ޝަލަބް ވެސް ވަނީ މީގެ ކުރިން ކައިވެންޏެއްކޮށްފައެވެ. އޭނާގެ ވެސް ދަރިއެއް ހުރެއެވެ.

ކާމިޔާ ކުރިން ކައިވެނިކުރީ މުމްބާއީގެ ވިޔަފާވެރިޔާ ބަންޓީ ނެގީއާ އެވެ. އެ ދެމީހުންގެ 10 އަހަރުވީ ކައިވެނި ރޫޅުނީ 2013 ގައެވެ.

comment ކޮމެންޓް