އައްޑޫ ކަރަންޓްގެ ބޮޑު މަޝްރޫއު ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

އައްޑޫ ކަރަންޓްގެ މަޝްރޫއުގައި ސޮއިކުރުމުގެ މަޝްރޫއު -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

އައްޑޫ ރައްޔިތުންގެ ޝަކުވާއަކަށް ވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ޗައިނާގެ ކުންފުންޏަކާ އެކު 37.5 މިލިއަން ޑޮލަރުގެ މަޝްރޫއުއެއްގައި ސޮއިކޮށްފި އެވެ.

މިއަދު މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ކުރިއަށް ގެންދަން ހަވާލު ކުރީ، ޗައިނާގެ ޑޯން ފަންފޭންގް އިލެކްޓްރިކް އިންޓަނޭޝަލް ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުންޏަށް އެ މަޝްރޫއު ހަވާލުކުރީ، 37.5 މިލިއަން ޑޮލަރު ( 578.25 މިލިއަން ރުފިޔާ) އަށެވެ.

އެއީ ޗައިނާ ލޯނު އެހީގެ މަޝްރޫއެކެވެ. މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، ބޭރުގެ ލޯނު އެހީގައި ހިންގާ މަޝްރޫއެއް ކެބިނެޓުން ނޫނީ ކެބިނެޓްގެ ކޮމިޓީއަކުން ނިންމައިގެން ރައީސްގެ ހުއްދައާ އެކު، ބިޑަކަށް ނުގޮސް ކުންފުންޏަކާ ހަވާލު ކުރެވިދާނެ އެވެ.

އައްޑު އަތޮޅުގެ ކަރަންޓް މަޝްރޫއު ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިއަދުގެ މަޝްރޫއު ހަވާލުކުރީ އެ އުސޫލުގެ ދަށުން ބީލަމަށް ނުލައި ކަމަށް އެކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.

މިއަދު ސޮއިކުރި ފްރޭމްވޯކް އެގްރިމަންޓްގެ ދަށުން އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް އަންނަ ނޮވެމްބަރު މަހު ފެށޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ. އެ މަޝްރޫއުގެ ދަށުން އައްޑޫގެ ކަރަންޓް ކެޕޭސިޓީ އިތުރުުކުރުމުގެ މަސައްކަތް 15 މަސް ދުވަސް ތެރޭގައި ނިންމާނެ އެވެ.

comment ކޮމެންޓް