އެމްއައިބީގެ ހިއްސާ އެލޮކޭޓް ކުރާ ތާރީހު ބަދަލުވެއްޖެ

އިސްލާމިކް ބޭންކުގެ ހެޑްއޮފީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާ އެލޮކޭޓް ކުރާ ތާރީހަށް ބަދަލު ގެނެސްފި އެވެ.

އެމްއައިބީ އިން މިއަދު ބުނީ އެ ބޭންކުގެ އައިޕީއޯގައި ހިއްސާ އެކަށައެޅުމުގެ ތާރީހަށް ބަދަލު ގެނައީ ހިއްސާ ވިއްކުމަށް ކަނޑައެޅި މުއްދަތު އިތުރު ކުރުމުން ކަމަށެވެ.

މީގެ ކުރިން ނިންމާފައޮވާގޮތުން އެމްއައިބީގެ ހިއްސާ އެކަށައަޅަން ހަމަޖައްސާފައި އޮތީ މިމަހުގެ އަށްވަނަ ދުވަހު އެވެ. ނަމަވެސް އެ ތާރީހު ވަނީ މިމަހުގެ 10 އަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

އެމްއައިބީގެ ހިއްސާ ވިއްކަން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 22ގެ ނިޔަލަށް އެބޭންކުގެ ހިއްސާ ވިއްކާފައިވާއިރު އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

އެ ބޭންކުވަ ވަނީ ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކައިފައެވެ. އެއީ އެމްއައިބީގައި ހިއްސާ އޮންނަ އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ 2.4 މިލިއަން ހިއްސާއާއި އާންމު ހިއްސާގެ 69.10 މިލިއަން ހިއްސާއެވެ. ހިއްސާ ވިއްކަނީ، ހިއްސާއެއް 35 ރުފިޔާގެ މަގުންނެވެ. މިއީ އެމްއައިބީގެ ހިއްސާގެ 31 ޕަސެންޓެވެ.

އެމްއައިބީ އިން ހިއްސާ ވިއްކާފައިވަނީ ހިއްސާއެއް 35 ރުފިޔާގެ މަގުންނެވެ. ކޮންމެ ފަރާތަކަށްވެސް މަދުވެގެން ވިއްކާފައިވަނީ 20 ހިއްސާއެވެ. ބޭނުންނަމަ މި އަދަދު 10 އިން އިތުރު ކުރެވުނެވެ. އެ ބޭންކުން ވިއްކަން ކަނޑައެޅި ހުރިހާ ހިއްސާ އެއް ވަނީ ވިކިފައެވެ.

-ވިއްކަން ހަމަޖެހިފައިވާ ހިއްސާގެ އަދަދަށްވުރެ އިތުރުވާ ފައިސާ އަނބުރާ ރައްދު ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 28 އޮކްޓޯބަރު 2019
- އެލޮކޭޓުކުރެވޭ ހިއްސާ އެމްއެސްޑީގައި ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 06 ނޮވެމްބަރު 2019
- ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރަން ފެށޭނެކަމަށް ލަފާކުރާ ތާރީހު: 06 ނޮވެމްބަރު 2019

comment ކޮމެންޓް