ކޯމާގައި އޮތް ހައްޖުވެރިޔާގެ ހާލަތަށް ބަދަލެއް ނާދޭ

ސްޓެރޯކެއްޖެހި، ކޯމާ އަކަށް ދިޔަ ދިވެހި ހައްޖާޖީގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.

ހައްޖަށް ދިޔަ މީހުންގެ ތެރެއިން ހާލު ސީރިއަސްވެ ކޯމާއެއްގައި މިހާރު އޮތީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ 38 އަހަރުގެ ފ. ދަރަނބޫދޫ ސީމާ މޫސާ، އެވެ. އޭނާއަށް މިހާރު މިނާ އަލްވާދީ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުނެވެ.

ސީމާއަށް ސްޓްރޯކެއް ޖެހުނީ މިނާގެ ޓެންޓެއްގައި ހުއްޓައެވެެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު އިއްޔެ "ސަން" އަށް ވިދާޅުވީ ހާލު ސީރިއަސްވި ހައްޖާޖީ ފިޔަވައި ދެން ތިބި ހުރިހާ ދިވެހި ހައްޖާޖީންގެ ހާލު ރަނގަޅުކަމަށެވެ.

އަދި ދިވެހި ހައްޖާޖީންގެ ހާލު ހައްޖު މިޝަންއިން ވަރަށް ގާތުން މިހާރު ބަލަމުންދާ ކަމަށެވެ. ހައްޖާޖީން މާލެ އަންނަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.

comment ކޮމެންޓް