ޑިއުޓީ ފްރީގައި ދިވެހި އުފެއްދުން ވިއްކަން ހުޅުވާލައިފި

ވެލާނާ އިންޓަނޭޝަނަލް އެޕޯޓުގެ ޑިއުޓީ ފްރީގައި ދިވެހި އުފެއްދުންތައް ވިއްކަން ކުދި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.

ދިވެހި އުފެއްދުންތައް ވިއްކަން ނިންމާފައި ވަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އެއާޕޯޓުގައި ހުޅުވަން ނިންމާފައިވާ ސުވެނިއާ ޑިއުޓީ ފްރީ ފިހާރައިގައެވެ.

ބީސީސީ އިން ބުނީ އެއީ ދިވެހި އަތްތެރި މަސައްކަތް ކުރާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.

ހަމައެއާއެކު މިއީ ދިވެހި އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރުދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ކަމަށް ވެސް ބީސީސީ އިން ބުނެއެވެ.

އެހެންކަމުން ޑިއުޓީ ފްރީގައި ދިވެހި އުފެއްދުންތައް ވިއްކަން ބޭނުންވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ މިކަމަށް 15:00 ގެ ކުރިން އެކަމަށް އެދި ޕްރޮޕޯސަލްއާއި އެހެނިހެން ލިޔެކިއުންތައް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

comment ކޮމެންޓް