އައިފާ އެވޯޑްސް މިފަހަރު އިންޑިއާގައި

މިދިޔަ އަހަރު ބެންގްކޮކްގައި ބޭއްވި 19 ވަނަ އައިފާ އެވޯޑްސްގެ ތެރެއިން --

މިއަހަރުގެ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކެޑަމީ (އައިފާ) އެވޯޑްސް، އިންޑިއާގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

މިއީ އައިފާ އެވޯޑު ކުރިއަށް ގެންދާތާ 20 ވަނަ އަހަރެވެ. އެކި ގައުމުތަކުގައި ބާއްވަމުން އެ އެވޯޑް ހަފްލާއަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ތަފާތު ގިނަ އެވޯޑްތަކެއް ދޭ ހަފްލާއެވެ.

އިންޑިއާގެ މުމްބާއީގައި އެވޯޑް ހަފްލާ ބާއްވާނެކަން ވިޒް ކްރާފްޓުން އިއުލާން ކުރި ނަމަވެސް އައިފާ އެވޯޑް ބާއްވާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.

އައިފާ އެވޯޑުގެ މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޑިއަން ސިނަމާ ޕްރޮމޯޓު ކުރުން ކަމުގައި ވީނަމަވެސް، ހޮލީވުޑު ފިލްމުތަކުގެ އަގު ވަޒަންކޮށް، އިންޑިއާގައި އެއާ ކުރާ ވެބް ސީރީޒް ތަކުގެ އަގު ވަޒަން ކުރުމަކީ އައިފާ އެވޯޑުގެ ބައެއް އިތުރު މަގުސަދުތައް ކަމަށް ވެސް އައިފާ އިންތިޒާމް ކުރާ ފަރާތުން ވަނީ މީގެ ކުރިން ބުނެފައެވެ.

އިންޑިއާގައި އައިފާ އެވޯޑްސް ބާއްވަން ނިންމުމާ ގުޅިގެން ބޮލީވުޑް ގިނަ ތަރިންތަކެއް އަންނަނީ އުފާފާޅުކުރަމުންނެވެ.

މިދިޔަ އަހަރުގެ އައިފާ އެވޯޑް ބޭއްވީ ތައިލެންޑްގެ ބެންކޮކްގައެވެ.

މިދިޔަ އަހަރުގެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ ފިލްމު "މޮމް" އިން ސްރީދޭވީއަށެވެ. އަދި އެންމެ މޮޅު ބަތަލަކަށް ފިލްމު "ހިންދީ މީޑިއަމް" އިން އިރުފާން ހާން ހޮވުނެވެއެވެ.

މިދިޔަ އަހަރު ބޭއްވި އެވޯޑުގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނީ ވިދްޔާ ބާލަން ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު "ތުމްހާރީ ސުއްލޫ"އެވެ.

comment ކޮމެންޓް