އެފްއެންޑްބީ ޝޯގެ ނަސީބުވެރިޔަކަށް ޕިރަމިޑުން ހަދިޔާ ދީފި

އެފްއެންޑްބީ ޝޯގެ ނަސީބުވެރިއަކަށް ހަދިޔާ ހަވާލު ކުރުން -- ސަން ފޮޓޯ

ހައިރައިޒް އިން އިންތިޒާމުކޮށްގެ މި މަހުގެ ދޭކުން ހަތަރަކަށް ބޭއްވި ފުޑް އެންޑް ބެވަރޭޖް ޝޯ (އެފްއެންބީ) އަށް ޒިޔާރަތްކުރި މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު ނަސީބުވެރިޔަކަށް ޕިރަމިޑުގެ ގިފްޓް ހެމްޕާ ހަދިޔާކޮށްފި އެވެ.

ޕިރަމިޑުން ބުނީ އެފްއެންޑްބީ ޝޯ ކުރިއަށް ދިޔަ ތިން ދުވަހު އެތަނަށް ޒިޔާރަތްކުރި މީހުންގެ ތެރެއިން ގުރުއަތުން ނެގި ތިން ފަރާތަކަށް ގިފްޓް ހެމްޕާ ދޭނެ ކަމަށެވެ. އިއްޔެ އެއް ނަސީބުވެރިއަކަށް ގިފްޓް ހެމްޕާ ހަވާލުކުރި އިރު މިއަދުވެސް ވަނީ ގިފްޓް ހެމްޕަރެއް ހަވާލުކޮށްފަ އެވެ. މާދަމާ އެންމެ ފަހު ނަސީބުވެރިޔާ އަށް ގިފްޓް ހެމްޕާ ހަވާލު ކުރާނެ ކަމަށް ޕިރަމިޑުން ބުންޏެވެ.

އެފްއެންޑްބީ ޝޯގެ ނަސީބުވެރިންނަށް ޕިރަމިޑުން ދޭ ގިފްޓް ޕެކްގައި ހުންނަނީ އެ ފިހާރައިން އެތެރެކޮށް މާކެޓްކުރާ ނުވަ ބްރޭންޑެއްގެ 36 އައިޓަމެވެ.

އޭގެ ތެރޭގައި ގޯ ބްރޭންޑުގެ ޗީޒާއި ބަދާމް މިލްކް، ޓުޑޭސް ޓޭސްޓުގެ ސައިފަތް، ޒީބާ ބާސްމަތީ ރައިސް، މަންޗީ ބިސްކޯދު، ސަންއަޕް، މާރިއޯ ރަސްކް އަދި ނޫޑްލްސްގެ އިތުރުން ގާޑެން ފްރެޝް ބޭކެޑް ބީންސް އާއި ރިޓްސް ބަރީ ޗޮކްލެޓް ފިންގާސް ހިމެނެ އެވެ.

މިއަދު އިނާމު ހަވާލުކުރި ނަސީބުވެރިޔަކީ ޗަމަތް ޕްރާސަނާ އެވެ.

comment ކޮމެންޓް