ޕިރަމިޑުން މަންޗީ މާރީ ބިސްކޯދުގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއީ ކޮންމެ އަހަރަކު ވެސް ރޯދައާ ދިމާކޮށް ޕިރަމިޑުން ކުރިއަށްގެންދާ ރޯދަ ޕްރޮމޯޝަނުގެ ދަށުން މި އަހަރު ކުރިއަށްހެންދާ ޕްރޮމޯޝަނެވެ.
މި ޕްރޮމޯޝަނުގެ ދަށުން މަންޗީ މާރީގެ 400 ގްރާމު ޕެކެޓާ އެކު ރިޓްޒްބަރީ ޗޮކްލެޓު ހިމެނޭ ޕެކޭޖު 60 ރުފިޔާ އަށް ގަންނަން ލިބެ އެވެ. މި ޕެކޭޖުގައި މާރީ ބިސްކޯދާއި ޗޮކްލެޓު ބޭނުންކޮށްގެން ތައްޔާރުކުރެވޭނެ ތިން ރެސިޕީ ވެސް ހިމެނެ އެވެ.
ޕިރަމިޑުން ބުނީ ރީޓެއިލް ވިޔަފާރިތަކަށް ހާއްސަ އަގެއް ވެސް މި ޕްރޮމޯޝަނުގެ ދަށުން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ބިސްކޯދާއި ޗޮކްލެޓް ހިމެނޭ ޕެކޭޖު ކާޓޫންއެއް 318 ރުފިޔާ އަށް ލިބޭނެ ކަމަށް ޕިރަމިޑުން ބުންޏެވެ.
މާރީ ބިސްކޯދަކީ ދިވެހިންގެ މެދުގައި މަގުބޫލު ބިސްކޯދެކެވެ. މަންޗީ މާރީ ބިސްކޯދަކީ ޕިރަމިޑުން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުމެކެވެ.