ހަވެލި ފެއާއަށް ރައީސް ސޯލިހް ޒިޔާރަތްކުރައްވައިފި

ރައީސް ސޯލިހް ހަވެލި ފެއާގައި-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްގެން 'ހަވެލި' ނަމުގައި މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ފެއާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޒިޔާރަތްކުރައްވައިފިއެވެ.

މިއީ ހޯމް މިނިސްޓްރީއާއި، ޔޫތު މިނިސްޓްރީ ގުޅިގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ ފެއާއެކެވެ. އެ ފެއާ ފަށައިފައިވަނީ މިދޔަ ހޮނިހިރު ދުވަހުއެވެ.

އެ ފެއަރގައި 100 އަށް ވުރެ ގިނަ ޖަމްޢިއްޔާއިން ވަނީ ބައިވެރިވެފައެވެ

ހަވަލި ފެއާ ބޭއްވުމަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެއްވެސް މެއެވެ.

އެ ފެެއާގެ މަގުސަދުތަކުގެ ތެރޭގައި ހުރިހާ ޖަމިއްޔާތައް ގުޅުވާލަދޭނެ ނެޓްވޯކެއް ގާއިމް ކުރުމާއި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާ ގުޅުވައިދޭނެ ޕްލެޓްފޯމެއް ގާއިމް ކޮށް މަދަނީ މުޖުތަމައުތަކުގައި ރައްޔިތުން ބައިވެރި ކުރުވުން ހިމެނެއެވެ.

ހަވެލި ފެއާއަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް އިންތިޒާމްކޮށްފައިވާ ފެއާއެކެެވެ. އެ ފެއާގައި ވީލް ޗެއާގައި އުޅުއްވާ ބޭފުޅުންނަށް ވެސް އެކްސެސްވެވޭނެ ގޮތަށް ހަދައި އަދި އަޑުއިވުމުން މަހުރޫވެފައިވާ ފަރާތްތަކާއި ލޯ އަނދިރި ފަރާތްތަކަށް ވެސް ހާސްކޮށްގެން ބައިވެރިވެވޭ ގޮތަށް ފެއާ ވަނީ އިންތިޒާމުކޮށްފައެވެ.

comment ކޮމެންޓް