ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަނބިކަނބަލުން އާއިޝަތު ލީޝާ، ފޮރިން މިނިސްޓްރީގެ ލީގަލް ކައުންސިލްގެ މަގާމަށް އައްުޔަން ކުރައްވައިފި އެވެ.
ލީޝާ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގަ އެވެ.
ލީޝާގެ އިތުރުން އެ މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ހަ ބޭފުޅުން ތިއްބަވަ އެވެ.
ލީޝާ އަކީ މީގެ ކުރިން އެމްޑީޕީގެ ޓިކެޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރެއްވި ބޭފުޅެކެވެ. އެ އިންތިހާބުން ލީޝާ އަށް ނާކާމިޔާބު ވީ އެވެ.