ދިރާގު ޕޭއިން ކުރާ ކޮންމެ ރީލޯޑަކާއެކު 20 ޕަސަންޓު އިތުރު ކްރެޑިޓް

ދިރާގުގެ ޑިޖިޓަލް ވޮލެޓް ހިދުމަތް "ދިރާގު ޕޭ" މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަކަށް 20 ޕަސަންޓު ކްރެޑިޓު އިތުރަށް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނި ގޮތުގައި މި ޕްރޮމޯޝަނުގައި ދިރާގު ޕޭގެ އެޕް ނުވަތަ ޔޫއެސްއެސްޑީ ބޭނުންކޮށްގެން ރީލޯޑުކުރާ ކޮންމެ ޕްރީޕެއިޑް ކަސްޓަމަރަކަށް އިތުރު 20 ޕަސަންޓު ކްރެޑިޓު އިތުރަށް ލިބޭނެ ކަމަށެވެ.

މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ދާނެއެވެ.

ދިރާގު ޕޭއަކީ 2017 ވަނަ އަހަރު ދިރާގުން ތައްޔާރުކުރި ކޭޝްލެސް، ޑިޖިޓަލް ވޮލެޓެކެވެ. ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑު ނުގެންގުޅެ، ދިރާގު ޕޭ މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތައް ހިންގޭނެއެވެ.

ރާއްޖޭގައި ނިއަ ފީލްޑް ކޮމިއުނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިން ފޯނަކުންވެސް މުދަލާއި ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ގޮތާއި ފައިސާ ޖަމާކުރުމާއި ފއިސާ ނެގޭނެ ގޮތްތައް ތައާރަފުކުރި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގޭނެއެވެ.

comment ކޮމެންޓް