"މިކާ......" ހަޔާތީގެ ދުލުން އެ ނަން ކިޔައިލެވުނީ ކިރިޔާ އިވޭވަރަށެވެ.
"ޔޫ ޝުޑުންޓް ބީ ހިއާ ހަޔާތީ....." މިކާލްގެ އަޑުގައިވަނީ ކޮންކަހަލަ އިހުސާސްތަކެއްކަން ހަޔާތީއަކަށް ނޭގުނެވެ. ސަޖަލް ސިފަކުރިފަދައިން އިސްތަށިގަނޑު އޮތީ ކުޑަކޮށް ދިގުކޮށްލާފައި ހައިލައިޓްކޮށްލާފައެވެ. ތުނިކޮށް ފަޅާފައިވާ ތުނބުޅީގެ ސަބަބުން ފިރިހެންކަން އިތުރުވެފައިވާއިރު އެދެލޮލުން ފެންނަނީ ނޭގޭ ރިހުމެވެ.
އެހިނދުކޮޅު ހަޔާތީއަށް އިހުސާސްކުރެވުނީ އަނެއްކާވެސް އޭނަގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އަނެއްކާ އަންނާނެކަމެވެ. ފާރަށް ލެގެވުނުގޮތަށް ވަރުނެތް ހަށިގަނޑު ހިފަހައްޓަން އޭނަ މަސައްކަތްކުރިއެވެ.
"މިކާ. ކޮންތާކު އުޅެފައި ތިއައީ؟ ކީއްވެ ސުއިސައިޑްވިކަމަށް އެންމެން ކީ. ގަބޫލުނުކުރަން ހުރީ. އެކަމަކު އެ ވީޑިއޯ........" ހަޔާތީގެ ދެލޯ ކަރުނުން ފުރުނެވެ. މިކާލްއަށްޓަކާ އޭނަގެ ލޮލުން ހާދަ ކަރުނައެއް އޮހުނެވެ. މިއަދު މިކާލް އަންނަންވީ ކީއްވެހެއްޔެވެ؟ ސަޖަލް ބުނީ ތެދެކެވެ. ސަޖަލްއަށް ފެނުނީ ހަމަ މިކާލްއެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައޭ ބުންޏަސް ތަންކޮޅެއް ދިގީއެވެ. އާމީކަޓަކަށްވުރެ ދިގެވެ.
"ގޯ ބެކް....އަހަރެން ފެނުނުކަން ހަދާން ނައްތާލާ..." މިކާލް އެތެރެއަށް ވަދެ ދޮރު ލައްޕާލުމުން ހަޔާތީ ސިހި ހިތުގައި ޖެހުނެވެ. އެތައް އަހަރެއްފަހުން ފެނުމުން އެއަތުގެ ހިމާޔަތަށް ގެންނާނެކަމުގައި ހީކުރެވުނެވެ. ނަމަވެސް މިކާލްގެ ލޮލުން ފެނުނީ އެހެން ކުލައެކެވެ. ބީރައްޓެހިކަމެވެ. ހަޔާތީއަށްޓަކާ އެ ލޮލުން ފެނުނު ލޯބީގެ ކުލައެއް ނުފެނުނެވެ. އިރުކޮޅެއްވާންދެން ގަނޑުވެފައިވާ ބުދެއްހެން ހުރެފައި މީހާ ހަމަޔަކަށް އެޅުނެވެ. ދެން ދޮރުގައި ދެއަތުން ތަޅަންފެށިއެވެ. ހުޅުވަން އެދި އާދޭސްކުރިއެވެ.
"ޕްލީޒް މިކާ ހުޅުވަބަލަ. ޔޫ ހޭވް އެ ލޮޓް ޓު އެކްސްޕްލެއިން. ޕްލީޒް........މިކާ.. މިކާ....." ހަޔާތީ ރުޅިއައިސް ރަތްވެފައި ތަންކޮޅެއް ބާރަށް ޖެހުމުން އަތަށް ތަދުވެގެން އަތުގައި ހިފައިގެން ރޮއިގަނެވުނެވެ. "އައުޗް އައުޗް މަގޭ އަތް..." ދެން ދޮރުގައި ފައިން އެތިފަހަރެއް ވީއްލާލިތަނާ ފަހަތުން މީހެއްގެ ހިލަންވެގެން ބަލައިލިއިރު އަޒިކިއަލް ފެނުމުން ވަގުތުން ދެލޯ ފޮހެލާފައި ހަމަޖެހެން މަސައްކަތްކުރިއެވެ.
"އަޒިކިއަލް......ކީއްވެ އަހަރެންގެ ފަހަތުން އަންނަނީ......ހިޔަނިހެން އެބައުޅޭ އަދި......" ހަޔާތީ އެހާ ގަދަޔަށް ރުޅިއައުމުން ވާހަކަދެއްކުނީ ތަންކޮޅެއް ބަރުއަޑަކުންނެވެ. ފަހުން ލަދު ގަންނަގޮތްވެސް ވިއެވެ. އަޒިކިއަލް މެންނަށް އޭނަގެ އެ ސިފަތައް ދައްކާކަށް ނުޖެހޭނެއެވެ. މިޒާޖުގައިވާހާ އެއްޗެއް ހާމަކުރަން ޖެހެނީ ގާތް މީހުންނަށެވެ. ނަމަވެސް އަޒިކިއަލްއާއިމެދު ދެކެވެނީ ގާތް މީހެއްގެ ހައިސިއްޔަތުންނެވެ. އެކީ އުޅެވޭލެއް ގިނަވީމަކަމަށް ވެދާނެއެވެ.
ކޮންމެގޮތެއް ވިޔަސް މިކާލްގެ ވާހަކަ ދެއްކޭނެ ގޮތެއް ނެތެވެ. މިކާލްގެ އެންމެ ފަހު ލަފުޒުތަކަށް އިހުތިރާމް ކުރަންޖެހޭނެއެވެ. މިކާލް ފިލައިގެން ނޫޅެންވީ ސަބަބެއްނެތެވެ. ޖިހާދީއަކު އެގޮތަށް މާލެ އަންނައިރަށް ގެންގޮސް ޖަލަށް ލާނެއެވެ. އައިއެސް މީހުންނާއި އެލްޑީޕީ ސަރުކާރު ދެކޮޅުވަރު އެއީ މުޅި ރާއްޖެ ދަންނަ ހަގީގަތެކެވެ. އެމީހުން ވަނީ ޓެރަރިޒަމްއާއިމެދު ނިކަން ހަރުކަށި ގާނޫނެއް ހަދާނެކަމަށް ވައުދުވެފައެވެ. މިކާލް މުޅި އުމުރަށް ޖަލަށް ލާފާނެއެވެ. އޭނައަށް ވީގޮތް އެނގޭ ހަމައެކަނި ބަޔަކަށް ތިބޭނީ އާއިލާއެވެ.
"ހޫޒް މިކާ...." ހަޔާތީއާއިއެކު ލިފްޓަށް އަރާފައި އަޒިކިއަލް ސީރިޔަސް ސުވާލެއް ކުރިމަތިކުރިއެވެ.
"މިކާއެއް ނޫން. މިޝާ... މިޝާ...އޯކޭ؟ " ހަޔާތީގެ ރުޅި ފިނިވާގޮތެއްނުވިއެވެ. ކުރިމަތިވެގެން އުޅޭ ކަންތަކުގެ ބޮޑުކަމުން އޭނަގެ ސިކުނޑި ފަޅައިގެން ގޮސްދާނެފަދައެވެ. އޭނަ ލޯބިވާ މިކާލް އެނބުރި އައުމުން އެންމެ ސިކުންތުކޮޅަކަށްވެސް އަމްރާންއާއިއެކު އުޅޭކަށް ބޭނުމެއްނުވެއެވެ. ނަމަވެސް މިކާލް މުޅިން ބަދަލުވެއްޖެއެވެ.
"ރީތިކޮށް އިވުނު. ހަޔާތީ ކޮންކަމެއް ފޮރުވަނީ؟ "
"އޯކޭ...ހީޒް މައި ފްރެންޑް. ނޫސްތަކުގައި އޮތީ އޭނައާއިއެކު އަހަރެން އެޗްއެމްއަށް ދާ ވާހަކަ. ހީޒް ބެކް އިން މާލެ. މިވާހަކަ ފަޅާއަރައިފިއްޔާ އަމްރާންގެ އަގުވެސް ވެއްޓޭނީ. ސޯ ލެޓްސް ކީޕް ދިސް ބިޓްވީން އަސް އޯކޭ؟ ޕޮލިޓިކްސް ސަކްސް. އަޒިކިއަލް ވަންޏާ އަހަރެން މިގެއިން ފެނުނުކަން ހަދާން ނައްތާލާ...." ހަޔާތީ މިކާލް ބުނި ރާގަށް ފަހު ޖުމްލަ ބުނެލިއިރު ހިތަށް ތަދުވެއްޖެއެވެ. އޭނަ ތެމިފައިވާ އެސްފިޔަތައް ޓިޝޫއަކުން ފޮހެލުމަށްފަހު ފައުންޑޭޝަންކޮޅެއް ހާކާލިއެވެ.
އަޒިކިއަލް ބޯ ޖަހައިލިއެވެ.
ގެއަށް ވަދެފައި ހަޔާތީ ބޭނުންވި އެކަނިވެރިކަމެވެ. އެކަމަށް އެންމެ އެކަށީގެންވަނީ ގޭގެ ފަހަތު ފެންޑާއެވެ. އެތާ ހައްދާފައިވާ ފެހިދޫލައެއްފަދަ ވިނަގަނޑުމައްޗަށް ތިރިވިގޮތަށް ދެކަކުލުގައި މޫނު ފޮރުވައިލެވިއްޖެއެވެ. މިކާލްއާއި ދިމާވުމުން ކުރެވުނު މަސްހުނި އިހުސާސްތައް ބަދަލުވަމުންގޮސް އެންމެފަހުން އުފާވެރިކަމެއްވެސް ލިބި ހިނިތުންވެލެވިއްޖެއެވެ. އޭނަ ކުރި ދުޢާ އިޖާބަކުރައްވައިފިއެވެ. އެންމެފަހު ވަގުތުވެސް އުއްމިދު ކަނޑާނުލާ އޭނަ ދުޢާކުރީ މިކާލް ސަލާމަތުން އޭނަގެ ލޮލަށް ފެނުމަށެވެ. މިރެކްލްއަކުން ނަމަވެސް ސަލާމަތްވުމަށެވެ. މިކާލް އަމިއްލައަށް މަރުނުވެ ސަލާމަތްވި ގޮތާއިމެދު ހިތުގައި ހާސް ސުވާލު އުފެދިފައިވިއެވެ. ކިތަންމެހާވެސް ޖަވާބު ބޭނުމެވެ. ނަމަވެސް މިކާލްގެ ރައްކާތެރިކަމާއިމެދުވެސް ވިސްނަން އެބަޖެހެވެ. މިކާލް އޭނައާއި ދުރުގައި އުޅެން ނިންމީ ސަލާމަތީ ސަބަބުތަކަށްޓަކައިބާވައެވެ. އާއެކެވެ.ވާނީ އެހެންނެވެ. އެހެންނޫންނަމަ މިކާލް އެހާ އަނިޔާވެރިއެއް ނުވާނެއެވެ. އޭނަގެ މިކާލް އޭނަދެކެ އިންތިހާއަށް ލޯބިވެއެވެ. މިކާލް އަދި އެނބުރި އަންނާނެއެވެ. ނަމަވެސް އެލްޑީޕީގެ ސަރުކާރު އޮތްހާ ހިނދަކު މިކާލްއަށް ރައްކާތެރިކަމެއް ނެތެވެ. ލޯބިވާ ފަރާތަށްޓަކާ އޭނަ ފިރިމީހާއާއި ދެކޮޅަށް ސިޔާސީ ހަގުރާމަކުރަން އެބަޖެހެއެވެ. އެޗްއެމް މެދުވެރިކޮށް ކުރީފަހަރު ފަދައިން އެލްޑީޕީގެ ސަރުކާރުގެ ކުށްތައް ދައްކާ ސަރުކާރު ވައްޓާލަން މަސައްކަތްކުރަން ވީހެއްޔެވެ؟
"ތެންކް ގޯޑް. މިކާ މަރެއް ނުވޭ. ހީޒް ބެކް. އެކަމަކު ދެން ވާނީ ކިހިނެއްކަމެއް ލަފާކޮށްލާކަށް ނޭގޭ. އެނގޭހާވެސް އެއްޗަކީ މިހިތުން މިކާއަށް ދެވިފައިވާ ލޯތްބަށް ބަދަލެއް ނާންނަކަމާއި އިންތިޒާރު ކުރާނެކަން....." ހަޔާތީ ތެދުވެފައި ލޮލުން ކަރުނަ ފޮހެލަމުން ހިނިތުންވެލިއެވެ. ދުނިޔޭގައި އުޅެން އިތުރު ހިތްވަރެއް ލިބިއްޖެއެވެ. އުއްމީދު އާވެއްޖެއެވެ.
ހަޔާތީ އެޕާޓްމެންޓުން ގެނެސްފާ ހުރި ހުރިހާ ފޮތްތަކެއް ލައިބްރަރީގެ ހަރުގަނޑުގައި ޖަހަންފެށިއެވެ. ހަރުގަނޑުގައި ފޮތްތައް ގިނަޔަސް ބައެއް ހަރުތައް ހުހަށް ހުރުމުން ދީނީ ފޮތްތައް ވަކިން ބަހައްޓާނެ ޖާގަ ކޮޅެއްހެދިއެވެ. ތައުހީދު އަދި ޖިހާދާއި ބެހޭގޮތުން ހުރި ފޮތްތަކެއްވެސް ހުއްޓެވެ. ޑިމޮކްރެސީއަކީ ޝިކުރުކަމަށް ބުނެ ލިޔެފައިވާ ފޮތް އަމްރާންއަށްވެސް ދައްކަން ޖެހޭނެއެވެ. ވެރިކަމާއިހެދި ބޫތު ކާފައި ތިބޭއިރު ޝިރުކުކަން އެނގުނަސް އެނގޭކަމަކަށް ނަހަދާނެއޭވެސް ހަޔާތީ ހިތަށް އެރިއެވެ. ޝިރުކުކުރަން ފުރަތަމަ އަމްރާންއަކީ މުސްލިމެއްކަމާއިމެދު ޝައްކެވެ. އޭނަ ބޭނުންވާފަދަ މެދުމިނުގެ އިސްލާމީ ސިޔާސަތެއް އަމްރާންވެސް ގެންގުޅޭނެނަމައެވެ. އޭނަ ހުއްޓާލާނީ އެކަން ކާމިޔާބުކޮށްފައެވެ.
ފްރެންޗް ދޮރުގެ ފުޅާ ބިއްލޫރިތަކުން ވާރޭވެހޭ މަންޒަރުފެންނަލެއް ނިކަން ހިތްގައިމެވެ. ފިނިފެންމާގަސްތަކާއި ވިނަގަނޑުގައި ބޮޑެތި ވާރޭތިކިތައް ލޯތްބާއިއެކު ބޮސްދޭއިރު ފުރިހަމައެވެ. ހަޔާތީ ޖިހާދާއިބެހޭ ފޮތެއް ހިފައިގެންގޮސް ސޯފާގައި އޮށޯވެލައިގެން އޮތަސް ލޯ ހުއްޓުފައިވަނީ ވާރެއަށެވެ. ކޮފީގެ މަސްތުކުރުވާފަދަ އަރާމް ވަހާއިއެކު އަމްރާންގެ ފިޔަވަޅުތަކުގެ އަޑު އިވުމާއިއެކު ހަޔާތީގެ ހިތް އަވަސްވެލިއެވެ. ބޭނުން ނުވިޔަސް ހިތް އަވަސްވުން އަމްރާންއާއި ގުޅިފައިނުވާ ފަހަރެއް ނާދެއެވެ. ހަށިގަނޑު ސީދާކޮށްލެވުނެވެ.
"ހެލޯ...." އަމްރާން އިށީނީ ހަޔާތީގެ ފައިލާކޮޅުގައެވެ. ސޯފާގެ އެހާ ޖާގައެއް ނެތްނަމަވެސް އެގޮތަށް އިށީނުމުން ހަޔާތީގެ ފައި ހައްޔަރުވެ ތެދުވެވޭނެ ގޮތެއްނުވިއެވެ.
"ޖިހާދަށް ދާންތަ؟ " އަމްރާން އެފޮތް އަތުލިއެވެ.
"އައި ޑޯންޓް ސަޕޯޓް ދެމް. އައި މީން ޖިހާދަށް ތާއީދު. ލައިކް ފަލަސްތީނު އަފްޣާން އަދި ކަޝްމީރުގައި ކުރާ ހަގުރާމައަށް ތާއީދުކުރިޔަސް ސީރިޔާގައި އޮތް އަހުލީ ހަގުރާމައަކަށް ސަޕޯޓެއްނެތް. އަދި ދިވެހިން އެތަނަށް ދިޔުމާއި މުޅިން ދެކޮޅު. އެކަމަކު އެކުދިން ދަނީ ބްރެއިންވޮޝްކޮށްގެން ބަޔަކު ފަންޑުކޮށްގެން ފައިސާދީގެން އެތަނުގައި އުޅުނީމަ ލިބޭނެ ފައިސާތަކާއި އުޅޭނެ އަރާމުކަން ހިތަށް ވައްދާދީގެން......" ހަޔާތީ ކުޝަން މޭގައި ޖައްސާ ބާރުކޮށްލައިގެން އޮވެ ވާހަކަދެއްކިއެވެ.
"ބައެއްކުދިން ޝަހީދުންގެ ލަގަބު ލިބެން ބޭނުންވާތީވެސް. ލައިކް އެމީހުން ވީޑިއޯތައް އެބަދައްކާ. ފޮޓޯތަކުން ދައްކާ ޝަހީދުވާއިރު ސްމައިލް ކުރާތަން. ޝަހީދުންނަށް ފެންނަ މަންޒަރުތައް އުފާވެރިކަމުން މަރަށް އެމީހުން ލޯބިކުރަނީ. ހިއުމަން ނޭޗާއާއި އަރައިރުންވާ ތަންކޮޅެއް އެއީ. މަރަކީ ގުދުރަތީގޮތުން އިންސާނާ ނުރުހެވޭ އެއްޗަކަށް ވިޔަސް މިބުނާ ޝަހީދުން ސުއިސައިޑް މިޝަންތަކުގައިވެސް ދަނީ ބިރެއްނެތި. ސަބަބަކީ މިބުނާހެން ބްރެއިންވޮޝްކޮށްފައިވާތީ. އައި ހޭވް އެ ރިކުއެސްޓް......މިސްޓަރ ޕްރެޒިޑެންޓް....." ހަޔާތީ ސިކުންތުކޮޅަކަށް އަމްރާންގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. ލޮލަށް ބެލުމުން ދުރުވިއެވެ.
"ޓެލް މީ...." އަމްރާން އިނީ އެތެރެ އެތެރެއިން ހީލަ ހީލާކަން ޔަގީނެވެ. އޭނަ މިއިން އެއްވެސް ވާހަކައެއް ގަބޫލުކުރާނީއެއް ނޫނެވެ.
"ގާނޫންގައި އެބައޮތް އެތަނުން އަންނަ މީހުންނަށް ހަރުކަށި އަދަބުދޭން. އުމުރަށް ޖަލަށް ލާން. މިސާލަކަށް ޑްރަގް އެތެރެކުރާ މީހުންނާއި މީހުން މަރާ މީހުންނަށް ލުއި އަދަބުތައް ލިބި ޖަލުން ނެރޭތަން ފެނޭ. މުރުތައްދުވީމީހުންނަށް ފިޔަވަޅެއް ނާޅާ. އެއާއިއެކު ސީރިޔާއަށް ދާ ދިވެހިންނަށް މާ ހަރުކަށިވާކަމަށް ފެނޭ. ކެން ޔޫ ޗޭންޖު އިޓް؟ "
"ސޮރީ ހަޔާތީ. އަހަންނަށް ވަންޏާ ދުއިސައްތަ އަހަރަށް ޖަލަށް ލާނީ. އެއީ ޓެރަރިސްޓުން. އަހަރެމެންނަށް ތާގޫތުންނޭ ކިޔާ ކާފަރުކޮށްފައި އުޅޭއިރު ކޮންމެ އިރެއްގައި އަހަރެމެންނަށްވެސް އެޓޭކް ކޮށްފާނެ. އެމީހުންނަށް ވަންޏާ. ކިރިޔާވެސް ފުރުސަތެއް ލިބެންޏާ އަމިއްލަ ފަސްގަނޑުގައިވެސް އެފަދަ ހަރަކާތްތައް ހިންގާނެކަން ހަޔާތީކަހަލަ ޅަ އަންހެންކުއްޖަކަށް ނުވިސްނޭނެ. ސިޔާސީ ނޫން ވާހަކައެއް ހަޔާތީ ދައްކަބަލަ. ނޫނީ ކާކު ޑިފެންޑް ކުރަން އުޅެނީ؟ ޔޯ ބްދަރާ؟ ހީ ސީމްސް ޓު ބީ ޓްވީޓިން އެލޮޓް އެބައުޓް ތާއޫތު އެންޑް ރިލިޖަސް ސްޓަފް ދީސް ޑޭސް؟ " އަމްރާން ބުމަ އަރުވައިލިއެވެ.
"އިޝްކަން ޖިހާދަކަށް ނުދާނެ. އޭނަ އައިޓީއިން ޑިގްރީ ހަދަން އިންޑިއާގައި ވީ....." ހަޔާތީ ވަގުތުން ކޮއްކޮ ދިފާއުކުރިއެވެ.
"އަޅުގަނޑަށް ވެރިކަން ލިބިއްޖެއްޔާ މެދުމިނުގެ ސިޔާސަތެއް ގެންގުޅޭނީ އެކަމަކު ދީނީ ޝަރީއަތް އޮންނާނެ...އިސްލާމިކް ޝަރީއަތް. އެންމެ ފުރަތަމަ ދީން އޭގެ ފަހުން ގައުމު........" ހަޔާތީ އިތުރަށް ބުނެލިއެވެ.
"ދީނާއި ސިޔާސަތު ވަކިކޮށްފައި އޮންނަން ޖެހޭނީ. ސެކިއުލާ ސަރުކާރަކަށް އަހަރެން ޓާގެޓްކުރީ...." އަމްރާން ކާމިޔާބީގޮތަކަށް ހިނިތުންވެލިއެވެ. ހަޔާތީގެ ހިތަށް ނޭގޭ އުދަގޫތަކެއްވިއެވެ. އޭނަ ބޭނުންވާފަދަ ސިފައެއް އަމްރާންގެ ފަރާތުން ނުފެންނާނީހެއްޔެވެ؟ އަމިއްލައަށް ދިމާލަށް އެބުނަނީ ސެކިއުލާ މީހެއްކަމަށެވެ. ހިތާމަހުއްޓެވެ. މިގައުމްވެސް އަނދަވަޅަކަށް ވެއްޓެނީކަން ނޭގެއެވެ.
ހަޔާތ ފައި އައްސިވާގޮތްވުމުން ފައި ނެއްޓޭތޯ ކުޑަކޮށް ހަލުވައިލަން އުޅުނެވެ.
"ޑިޑް އައި މޭކް ޔޫ ނަމްބް؟ " އަމްރާން ހީލާފައި ހަޔާތީގެ ފައި ނަގާ އުނގުގައި ބޭއްވިއެވެ. ހަޔާތީ ދެލޯބޮޑުކޮށްލަމުން ތެދުވާން އުޅުނުއިރު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އަމްރާން މިފަދަ ގާތްކަމެއް ބަހައްޓަންވީ އެއްވެސް ސަބަބެއް ނޭގެއެވެ. އޭނަ ކައިވެނިކުރީ ޑީލަކުން ނޫންހެއްޔެވެ؟ އެލީންއާއި ކައިވެނިކުރުމުން ސަލާމަތްވާށެވެ. އަމްރާންގެ މާޒީވަނީ ފޮރުވާފައެވެ. ލޯބީގެ ސަފުހާތައް ދުނިޔެއަށްވެސް އޭނަވަނީ ފޮރުވާފައެވެ. ހަޔާތީ އަނެއް ފަރާތަށް މޫނު އަނބުރާލީ ހާސްކަމާއިއެކުގައެވެ. ބިއްލޫރިދޮރާއި ދިމާލަށް ވާރެއާއި ދިމާލަށެވެ. އަމްރާން މޫނުގައި ހިފާ އޭނައާއި ދިމާލަށް އަނބުރައިލިއެވެ.
"މިހާރު ރީއްޗަށް ލިބެން އޮތްވާ ބޭނުމެއްނުވޭތަ؟ ކުރިން އެހާވަރުން ސިޓީ ލިޔެފައި؟ " އަމްރާން ހީލިއެވެ.
"އެކުއްޖާ އެންމެންގެތެރޭ ސިޓީއާއި ޕޮއެމްތައް ކިޔާފައި ހަޖޫ ޖަހާފައި އަޅުގަނޑުގެ އިސްތަށިގަނޑަށް މަލާމާތްކުރީ. ދެފަރާތަށް އައްސާފައި ހުރީމަ އެކަމަށް ޖޯކު..ސަންތި މަރިޔަބު ނޫން ނަމަކުން ނުކިޔޭ. ކުރިން ކިތަންމެ ލޯތްބެއް ވިޔަސް ސިކުންތުކޮޅެއްގެ ތެރޭ ހިތް ބަދަލުވެދާނެ. ކިތަންމެ ނަފްރަތުކުރާ މީހަކަށް ހިތް ލެނބިދާނެ. އަދި ލޯބިވާ މީހެއްދެކެ ފޫހިވެދާނެ. އޭރު ވަރަށް ލޯބިވިން އެކަމަކު ކުރެވުނީ އުފާވެރި ތަޖުރިބާއެއް ނޫން. މީހުން ނޫސްތަކުގައި އެޖެހީ ރަގަޅު ވާހަކައެއް. މިކާލްދެކެ ލޯބިވަން. އެގޭގައި ދިރިއުޅުނިން. އޭނަ ޑްރޮޕް ކޮށްދޭ ވޯކްޕްލޭސްއަށް.....ހީޒް ދަ ސްވީޓެސްޓް ބޯއި އެވާ.........." ހަޔާތީ ހިތުގައިވާ ހާ އެއްޗެއް ނެރެލިއެވެ. ނޫނީ އޭނަ ގެ ބޯ ފަޅައިގެން ހިގައިދާނެއެވެ. މިގޮތަށް ވާހަކަދެއްކުމުން ފޫހިވެގެން އަމްރާން އޭނަ ދޫކޮށްފިއްޔާ ކިތަންމެހާވެސް ރަގަޅެވެ. މިކާލްއާއި އޭނަގެ އޮތީ ކިހާވަރެއްގެ ގުޅުމެއްކަން އަދި ބުނެދޭކަށް ނުކެރޭނެއެވެ. މިކާލްއަކީ އައިއެސް މެމްބަރެއްކަން އެނގިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ ރައީސްގެ އަންހެނުން ކުރިން މުޖާހިދަކާއި ކައިވެނިކުރިކަން އެގިއްޖެއްޔާ ވާނީ ކިހާ ބޮޑު "ސްކެންޑަލް"އަކަށް ހެއްޔެވެ. ހިތަށް ނުގެނެވޭފަދަ ލޮޅުމެއް އަންނާނެއެވެ. އަމްރާންގެ އަގު މުޅިން ވެއްޓި ނޫސްވެރިންނަށް މިގަރުނުގައި ލިބޭނެ އެންމެ ބޮޑު ޚަބަރަށް ވާނެކަމާއިމެދު އޭނަ ޝައްކެއްނުކުރެއެވެ.
"ލޯޔަލްޓީ ޗޭންޖުވީ ކޮންއިރަކު؟ ތިބުނާ މިކާލް ކޮބާ؟ "
އަމްރާންގެ ސުވާލުން ހަޔާތީގެ ހާސްކަން އިތުރުވިއެވެ.
"އެބްރޯޑް. ހީޒް ގޮޓް އެ ޖޮބް.. އިން....ލަންޑަން......" ދޮގަކަށް ނުވާނެ ނޫންހެއްޔެވެ؟ މިކާލް ޔޫކޭއަށްވެސް ރަސްމީ ދަތުރެއްގައި ދިޔައެވެ. ބޮމް ގޮއްވުމަކީ އޭނަގެ ވަޒީފާއެވެ. އޭނަ ދާހާތަނަކުން ބޮމް ގޮއްވާލާނެއެވެ.
"އޯ އައި ސީ......" އަމްރާން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުނީކަން ނޭގެއެވެ. ނޫނީ އެކަމުން އޭނަގެ ހިތަށް އަސަރުތަކެއްކުރީ ބާވައެވެ. އަމްރާން ދެން ބުނާނެ އެއްޗެއް ނޫނީ ކޮށްލާނެކަމެއްގެ އިންތިޒާރުގައި ނޭވާ ހިފަހައްޓާލެވުނުތަނުން "އެލީން" ކިޔާ ތޫފާނެއް އަރާފާނެކަމަކަށް ހަޔާތީ ހިޔެއްނުކުރެއެވެ. ކުއްލިއަކަށް އެލީން ދޮރުމަތިން ފެނުނުކަމެވެ. ދެވަނަ ސިކުންތުކޮޅުގައި އޭނަގެ ގަޔަށް ބޮލަށް އަރައިގެންފާ އޭނަ އަޅައިގެން ހުރި ބުރުގާ ނަގާ އެއްލާލައިފިއެވެ. އަދި އެ ދިގު އިސްތަށިގަނޑު އަތަށް އޮޅައިގަތްގޮތަށް އަނެއް އަތުން ތަޅައިގަންނަން އުޅުނުއިރަށް އަމްރާން އެލީންގެ އަތުގައި ހިފިއެވެ. އެލީންއަށް އައްދިއްޔޯތް ކިޔާފައި ކަރުބުޑުން ހަޅޭއްލަވައިގަނެވުނެވެ.
"ތަދުވެއޭ....."
"ތަދުވަންޏާ ހަމަ މިހާރު ހަޔާތީގެ އިސްތަށިގަނޑުން ދޫކޮށްލާ.....ނޫނީ އެސައިލަމްއަކުން ޖާގަ ހޯދަންތަ؟ ތީ ސިވިލައިޒް މީހުން އުޅޭ ވައްތަރެއްނޫނޭ އެލީން..." އަމްރާންގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނަސް އެލީން ކުރިކަންތަކުން ނުރުހުނުކަން އޭނަގެ ވާހަކަތަކުން ހާމަވިއެވެ. ހަޔާތީ ސަލާމަތްވުމާއިއެކު ފުންމައިގެން ތެދުވެ ބުރުގާ ބޮލަށް މަހައިލިއެވެ.
"އައި ވޯޒް ސްލީޕިން ހޭލެވުނީ ނައިޓްމެއާއަކުން އެންޑް މިތަނަށް އައީމަ އެނައިޓްމެއާ ކޮންޓިނިއުވީ. ވީއިރު ކޮންމެމީހަކުވެސް އިންސޭންވާނެ. ރެން ވަޓް ހެޕެންޑް ޓު ޔޫ. މީދަ ކަޓުމުއްލާ އަންހެނާ ފަސްޓްލޭޑީއަކަށް ހަދައިގެން މީހުންގެތެރެއަށް ނިކުންނަން ޔޫ ޝުޑް ބީ ޝޭމްފުލް..."ކުއްލިއަކަށް އެލީން ކުރިކަމެއް ކުރީ ހަޔާތިއަށް ދައްކާށެވެ. އެމަންޒަރުން ހަޔާތީގެ ހިތަށް ތަދުވެ ދެރަވާނެކަން ޔަގީންވެފައެވެ. އަމްރާންއަށްވެސް ޝޮކެއް ލިބޭނެކަމަށް އޭނަ ހީކުރިއެވެ.
ހަޔާތީ ބާރު ބާރަށް ހިނގާފައި އެތަނުން ދަމުން އޭނަވެސް ކުއްލި ހަމަލާއެއް ދިނެވެ. އެލީންގެ ބުޅި އިސްތަށިގަނޑުގައި ހިފާ ލުއްކިއެއްޖެހިއެވެ. އެލީންގެ ލޮލަށް ކަރުނައައެވެ.
"ރެން ފެނިއްޖެއެއްނު. ކާކު މިތަނުން މޮޔައީ؟ އެދިޔައީ އޭނަގެ ހުރި ޗައިލްޑިޝްކަން ދައްކާފައި. އެކަހަލަ މީހެއް ފަސްޓްލޭޑީއަކަށް ބަހައްޓަން ސުއިޓަބްލްއެއް ނޫން....."
"ހުރިހާކަމެއް ފެށި މީހަކީ ތީ."
"އޭނަ މިގެއަށް ވަދެ އެންމެންގެ އުފާތައް ފޭރިގަތީ. އެކަކުވެސް ހެޕީއެއްނޫން. ރެންގެ ޑޭޑްވެސް.....އެންމެން އުފާވާނީ ދެން ރެން އޭނަ ޑިވޯސްކުރާ ދުވަހަކުން....." އެލީން ތުން ފިތާލަމުން ނުކުމެގެން ހިގައިގަތެވެ. އެލީން ރުޅިގަދަވެފައި ހުރެ މުށް ބާރުކޮށްލަމުން ހަޔާތީ ފަހަތުން ދުއްވައިގަތެވެ. އަމްރާން އަޒިކިއަލްއަށް ލޮލުން އިޝާރާތްކޮށްލުމުން އަޒިކިއަލް ވިދުވަރެއްހާ ހަލުވިކޮށް ދެތިން ފިޔަވަޅު އެޅިގޮތަށް އެލީން ހިފެހެއްޓިއެވެ. ގަދަހަދަ ހަދާ ހަޅޭއްލަވަނިކޮށް ނަގައިގެން ގޮސް ކޮޓަރިއަކަށް ލާފައި ބޭރުން ތަޅުލުމަށްފަހު ތަޅުދަނޑި އަމްރާންއާއި ދިމާލަށް އެއްލައިލަމުން އެއްލޯ މަރައިލިއެވެ. ހަޔާތީ އެ މަންޒަރު ބަލަން ހުރެފައި އަނގަމަތީ އަތްއަޅައިގެން ހުނެވެ.
"އެންޑް އައި ވޯޒް ތިންކިން ޝީޒް މެޗުއާ.. ޑޭމް.." އަމްރާންއަށް ބުނެވުނެވެ.
އޭރު ވާރޭވެސް ބޯކޮށްލައިފިއެވެ. އަމްރާން ކޮފީތަށީ ހުސްކޮށްލުމަށްފަހު އަތުކުރީގައިވާ ގަޑިއަށް ބަލާލާފައި ކޮންމެވެސް މީހަކަށް ގުޅިއެވެ. އޭނަ އެދުނީ މިކާލްއާއި ބެހޭގޮތުން ހުރިހާ މައުލޫމާތެއް ހޯދުމަށެވެ. ވީހާ އަވަހަކަށް އޭނަގެ ފުރިހަމަ ފައިލް ހޯދާފައި އޮފީހަށް ގެނެސްދޭން އެދުނެވެ. ބުމަކައިރިކޮށްލައިގެން އިރުކޮޅަކު ހުރުމަށްފަހު މޫނުމަތިން ހަމަޖެހޭގޮތް ދެއްކިނަމަވެސް ހަޔާތީ މިކާލްއާއި ބެހޭގޮތުން ދެއްކި ވާހަކަތަކުން ހިތަށް ލޮޅުމެއް ގެނުވައިފިއެވެ.
އެންމެ އަޖައިބުވީ އިރުކޮޅެއްފަހުން އެލީން އެފްބީ ސްޓޭޓަސް އެކުވެރިއަކު ސްކްރީންޝޮޓެއް ނަގާފައި އޭނައަށް ފޮނުވުމުންނެވެ. އެލީންއާއި ހަޔާތީގެ ފިނި ހަގުރާމައެއް ފެށުނަސް ހަގީގަތާއި ޚިލާފު ވާހަކަތއް ފެތުރުމާއި އޭނަ ދެކޮޅެވެ. ނަމަވެސް މިޒަމާނުގައި މީޑިއާ ނުހުއްޓުވޭނެއެވެ. ހަޑި އެއްޗެހި ކިޔާނެއެވެ. ދޮގުތައްވެސް ފަތުރާނެއެވެ. އެންމެ ރަގަޅުވާނީ އެކަމާއި އަޅާނުލުމެވެ. ހަޔާތީއާއި އޭނަގެ ގުޅުން ހަގީގަތުގައިވެސް "ފޭކް"އެވެ. އެގުޅުން ރަގަޅުވެއްޖެއްޔާ އެލީންއަށް އެކަހަލަ ދޮގުހަދައިގެން މީހުންނަށް އޮޅުވައެއް ނުލެވޭނެއެވެ. އެލީން މިހާރު ދޮގު ހެދިޔަދޭށެވެ. އޭނަގެ ފަރުވާލެއްނެތެވެ.
"އައި ކިސްޑް މިސްޓަރ ޕްރެޒިޑެންޓް ޓުޑޭ. ފަސްޓްވައިފް ފްލިޕްޑް އައުޓް އެންޑް ޓްރައިޑް ޓު ޕުލް އައުޓް އޯލް މައި ހެއާ......މިސްޓަ ޕްރެޒިޑެންޓް ފައުންޑް ދަ އަންބިލީވަބްލީ ރިޑިކިއުލަސް އެންޓިކްސް އޮފް ދެޓް ވުމަން ހިލޭރިއަސް. ސޯ ޑިޑް އައި.. ކައިންޑް އޮފް."
ސަޖަލް މެސެޖްކުރުމުން ހަޔާތީ އެފްބީ ހުޅުވިއެވެ. އެލީން ޖެހި ސްޓޭޓަސްއަށްވުރެ ދެރަވީ މީހުން ކިޔާފައި ހުރި ހުތުރު އެއްޗެހިންނެވެ. އެތަނަށް ކޮމެންޓްކުރާނީ އެލީންގެ އެކުވެރިންތާއެވެ. ހަޔާތީއަކީ އަމްރާންގެ ކޮންމެވެސް ސިއްރެއް ފޮރުވަން ބޭނުންކުރާ ޓޫލްއެކޭ ކިޔާފައި މަލާމާތްކޮށްފައެވެ. އޭނަ ލާ ކަޅުހެދުމާއި ބުރުގާއަށްވެސް މަލާމާތާއި ހަޖޫ ޖެހުމެވެ. ދީނަށް ކިރިޔާވެސް ލޯބިކުރާ މީހެއްނަމަ މިގޮތަށް ހަޖޫ ޖަހާކަށް ނުކެރޭނެއެވެ. ފަސްޓްލޭޑީގެ ނުފޫޒްގައި ދުވަސްކޮޅަކުން ރާއްޖޭގައި ރަޖަމްކުރަންވެސް ފަށާފާނެކަމަށާއި ސާދަ ވަނަ ގަރުނަށް ގެންގޮސްދާނެކަމަށް ބުނެފައި އޮތެވެ. އަމްރާން އޭނަދެކެ ލޯބިނުވާކަމީ ނަސީބެކޭ ކިޔާފައި އެކަމަށްވެސް މަލާމާތްކޮށްފައެވެ. އެހުރިހާ އަންހެންކުދިންވެސް ތިބީ ވަރަށް ސްޓައިލިޝްކޮށެވެ. ގިނަކުދިންގެ ޕްރޮފައިލްއިން ދައްކަނީ އެކުދިން އިނދެގެން އުޅެނީ ދޮންމީހުންނާއިކަމެވެ. މުޅިންވެސް މުއްސަދި އާއިލާތަކަށް ނިސްބަތްވާ ސްޓައިލިޝް ރީތި އަންހެންކުދިންނެވެ. ފިރިހެންކުދިންވެސް އެކުދިންނާއި ބައިވެގެން އޭނަގެ ހެދުމަށް ޖޯކުޖަހާފައެވެ.
އަމިއްލައަށް ރޮވޭކަން އެނގުނީ ސްކްރީން ފުސްވާން ފެށުމުންނެވެ.
"އައި ޑޯންޓް ބިލޯންގް ޓު ދިސް ސޮސައިޓީ. މިއީ ތަހުޒީބުކަމަށްވަންޏާ އެބުނާހެން މި މުޖުތަމައަ އާއި ނުގުޅޭ. މިކާމެންގެ ފިކުރާއި މާ ގުޅޭ. އެމީހުން ބުރުގާއަކަށް މަލާމާތްނުކުރޭ ދީނަށް ކުޑަނަމަވެސް މީސްބަހެއް ނުބުނޭ. " ހަޔާތީ ވިސްނައިލިއެވެ. އޭނަވެސް ބުރުގާ އެޅީ އެހެން މަގުސަދެއްގައެވެ. ގިނަމީހުން އަޅަނީ އެހެން ކަމުގައި އޭނަ ދެކުނެވެ. އެހެން މީހުން އަޅާތީއެވެ. ދިވެހިން އަޅާތީ ފެޝަނަކަށެވެ. ދީނުގައި އަންގަވާފައިވާތީ އައުރަ ނިވާކުރަން ނޫނީ ދީން ރަގަޅަށް އުގެނިގެން ދީނީ ކަންތައްތަކަށް ތަބާވަނީ ކިތައް މީހުން ހެއްޔެވެ؟ މިހާރު އޭނައަށްވެސް އެއްޗެއް ވިސްނެން ފަށައިފިއެވެ. އެތީސްޓުންނަށް މިވަނީވެސް ރަގަޅަށް ދީން ނޭގޭތީ ނޫނީ ޖަޒުބާތުގައި ޖެހިގެންނެވެ. އިހުމާލުވަނީ މައިންބަފައިން ބާވައެވެ. ނޫނީ ޓީޗަރުންހެއްޔެވެ؟ ނޫނީ ރަގަޅަށް އިސްލާމްދީން އުގަންނައި ނުދެވޭތީހެއްޔެވެ؟ އެމެރިކާ ތަންތާ އާ މުސްލިމުން ގިނަވާއިރު މުސްލިމް އާއިލާތަކަށް އުފަންވާކުދިން ދީނާއި ދުރުވަނީއެވެ. ދުރުވުމަށްފަހުވެސް އިސްލާމްދީނާއިމެދު "އޮބްސެސް"ވަނީ ކޮންމެވެސް ސަބަބަކާހެދިއެވެ. އެކަން ދެނެގަންނާނީ ކިހިނެއްހެއްޔެވެ
އަލީ ދާވާ އަދި މުހައްމަދު ހިޖާބު ފަދައިން އެފަދަ ޑިބޭޓް ޕްރޮގްރާމެއް ގެނެސްދޭން އޭނަ ނިންމިއެވެ. މިކާލްމެން ބޭނުންވާފަދަ ޖިހާދީ އިލްމުވެރިންނެއް ނޫނެވެ. ދައުވަތުދޭ މީހުންނެވެ. ދައުވަތު ދިނުމުން އިސްލާމްދީނަށް ވަންނަ މީހުން ގިނަވާނެއެވެ. ހަޔާތީ ފަދައިން އެމީހުންވެސް ވިސްނަނީ މެދުމިނުގެ ފިކުރުގައެވެ. އެފަދަ ޒުވާނުންގެ އެ ޕްރޮގްރާމްތަކުގެ ސަބަބުން ހުޅަގުގައި އިސްލާމްދީން ބާރު ސްޕީޑެއްގައި ފެތުރެމުންދާއިރު މި ދިވެހި މުޖުތަމައުގައި އޭގެ ދިމާ އިދިކޮޅެވެ. މުސްލިމުންގެ ގޮތުގައި ދުނިޔެއަށް އައިސް ލިބިފައިވާ އެ ބޮޑު ނިއުމަތަށް ފުރަގަސްދީ ދީނަށް ފުރައްސާރަކުރާކަން ހާދަ ދެރައެވެ. ކްރިސްޓިއަން މުސްލިމުންގެ ޑިބޭޓްތައް އަދި އެތީސްޓުންނާއި މުސްލިމުންގެ ޑިބޭޓް އެއްޗެހި ލައިވްކޮށް ގެނެސްދޭންފެށުމުން ދީން ގަބޫލުނުކުރާ މީހުންނަށް ނޭގި ހުރި އެއްޗެހި އޮޅުން ފިލާ އަލުން ދީން ގަބޫލުކޮށްފާނެއެވެ. އެމީހުންނަށް އޮޅުން ނުފިލަނީއެވެ.
"ގިނަފަހަރަށް ޝޭޚުންވެސް އުޅެނީ ސިޔާސީ ކަންތައްތަކާއިގެން. މިފަދަ ޕްރޮގްރާމްތައް ބާއްވައިގެން މީހުން ހޭލުންތެރިކުރުވާކަށް ނޫޅޭ. މުހައްމަދު ހިޖާބުފަދައިން އެހާ ކިޔަވައިގެން ތިބި މީހުން ނެތީބާ. ދައުވަތު ދޭ އެފަދަ މީހުން ދީން ގަބޫލުނުކުރާ މީހުންނާއި ވާހަކަދައްކާ އެމީހުންނާ އަޅާލެވޭނަމަ. މައިންބަފައިންވެސް އަޅާނުލަނީ. ހުޅަގު ސްޓައިލަށް ދަރިން ބޮޑުކޮށްފައި ވަރިހަމަ ކޮންމެ ގޮތެއްވިޔަސް. ދަރިންދެކެ ލޯބިވާނަމަ ދުނިޔެއަށްވުރެ ބޮޑަށް އާޚިރަތް ހޯދަދޭން މަސައްކަތްކުރާނީ. އިސްލާމީ މާހައުލެއް ގޭތެރެއިންވެސް ދައްކާނެ. އެކަމަކު ތާލިބާނުން ނޫނީ އައިއެސްފަދަ ހަރުކަށި ފިކުރެއްނޫން. މެދުމިނުގެ އިސްލާމީ ސިޔާސަތަކަށް ލޯބިކުރަންވާނީ."
ކަރުނަތައް ފޮހެލާފައި ހަޔާތީ އަވަސްވެގަތީ އެޗްއެމްއަށް ދިޔުމަށެވެ. އެޗްއެމްއަށް ގޮސްފާ އޭނަ ސަޖަލްއަށްވެސް ގުޅާ ގެނައެވެ. ސަޖަލް ފެނުމުން ހަޔާތީ ގޮސް ބާރަކަށް ބައްދައިލިއިރު ޖަޒުބާތުގައި ޖެހި ރޮވުނެވެ.
"އައިމް ސޮރީ ސަޖް..އެނގޭ މިހެން ބުންޏަސް ފޮގިވް ކުރަން ފަސޭހަ ނުވާނެކަން. ސަޖްކަހަލަ ބެސްޓީއެއް އެއްވެސް މީހަކަށް ނުލިބޭނެ. ތީ އެންމެ ރަގަޅު ފްރެންޑް. ރުޅިއައުމުންވެސް ދެގޮތެއްނުވެ އެންމެ ގާތުގައި ހުންނަން ބޭނުންވީ. އައިމް ލަކީ ޓު ހޭވް ޔޫ އިންމައި ލައިފް....އައި ލަވް ޔޫ ގާލް " ހަޔާތީ ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ. ސަޖަލް ބުނީ އެންމެ ކުރިންވެސް މާފުކޮށްފިކަމުގައެވެ. ހަޔާތީގެ އިހުސާސްތައް އޭނައަށް އެނގޭކަމުގައެވެ. ދެކުދިން ދެން ވާހަކަދެއްކީ އެޗްއެމްނިއުސް މިހާރަށްވުރެ ކުރި އަރުވާ ދީނީކަންތައް ހޭލުންތެރިކުރުވުމަށް ގިނަ ޕްރޮގްރާމްތައް ޝައުގުވެރިގޮތަކަށް ގެނެސްދެވޭނެ ގޮތަކާއިމެދުގައެވެ. އަދި އެޗްއެމްއިން ޗެރިޓީ ތަކާއި އަޅާލާނެ މީހެއްނެތް މުސްކުޅިންނާއި ކުޑަކުދިންނަށް ހިޔާވަހިކަން ގެނެސްދޭނެ ތަނެއް އެޅުމާއި ބެހޭގޮތުން އަމްރާން ވާހަކަދައްކާފައިވާތީ އެކަމާއި ގުޅޭ ވާހަކަތައްވެސް ދެއްކިއެވެ. ބޭނުން ނުވިޔަސް ފަސްޓްލޭޑީއަކަށް ވުމުގެ ޗާންސް ލިބުމުން އޭނައަށްވެސް ކުރެވިދާނެ ކަންތައްތައް އެބަހުރިކަން އެނގުނެވެ. ފަހުން ދާން ޖެހުނަސް މިކަންތައް ފަށާފައި ދިޔައްޔާ އެހެން މީހުންނަށް އެކަން ކުރިއަށް ގެންދެވޭނެއެވެ.
"މީ ހަޔާތަ؟ " ކުއްލިއަކަށް ސަޖަލް ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯއެއް ދެއްކިއެވެ. އޯޓަމްބްލޭޒުން ނުކުމެންގެން ދިޔަ އަންހެންކުއްޖާ މޫނުނިވާކޮށްގެން ހުރުމުން ހަޔާތީއާއި ތަފާތެއްނެތެވެ. އެކުއްޖާ ދެން ފެންނަނީ ރިޒޯޓުގައި ނަށާލަން ހުއްޓައެވެ. ޓޫރިސްޓުންނާއެކުގައެވެ. މޫނު އަޅައިގެން ހުރެއެވެ.
"އެއީ ގޭގައި ހުންނަ ސައިކޯ ހަނދު ބޮޑުވާ މޫސުމަށް މޮޔަބޮޑުވެގެން އަހަރެން ކަމަށް ހެދިގެން. އެހެންވެތާ ކަޅު ޝޯލެއް ހޯދީ. ކަޅުހެދުމެއްވެސް ވަގަށް ގެންދިޔައީ..ނުލަފާ ކަމެއް ދެއްވާފައި ހުރި ކުއްޖެއް. މިހުރިހާ ދުވަހު އެއްޗެއް ނުބުނަން ހުރީ. އައި ވިލް ސްމޭޝްހާ ފޭސް. އައި ވިލް ކިލް ހާ..." ހަޔާތީ ދަތްތައް ވިކައިގަތެވެ. އޭނަ ދާއިމަށް އެގޭގައި ހުރުމުގެ ނިޔަތެއް ނެތްނަމަވެސް ހުރި ދުވަސްކޮޅު އެގޭގެ ވެރިކަން ކުރާނެއެވެ. އެލީން ހެދިހާ ގޮތެއް ހައްދައިގެން ހުންނާނެކަމަށް ހީކޮށްގެން ނުވާނެއެވެ.
މިނާއާއި ޒީކްއަށް އެލީންގެ އެފްބީ ޕޯސްޓާއި ފޮޓޯތައް ފެނުމުން އީދެއްއައިހެން ހީވިއެވެ. އަމްރާންއާއި އެލީންގެ ގުޅުން ކުރިއަށް ދިޔުމަށް އެދި ދުޢާކުރެވުނެވެ. އެކުދިންގެ ހިތުގައި ހަސަދައާއި ރުޅިވެރިކަން އޮތީ ހަޔާތީއަށެވެ. ހަޔާތީގެ އަގު ވައްޓާލާ ބަދުނާމުވާ ކޮންމެ ކަމަކަށް އެކުދިން ގެ ފުރިހަމަ ތާއީދު އޮންނާނެއެވެ. އެވަރުން ނުފުދިގެން ވަގު އައިޑީ ހަދައިގެން ކިތަންމެ ކޮމެންޓެއްކުރެއެވެ. ފިރިހެންކުދިންގެ ފޮޓޯތައް ލައިގެން ހަޔާތީއަށް ޖޯކު ޖަހާ ހަދާފަހަރުވެސް މަދެއްނޫނެވެ. އެހެންނޫނަސް އެލީންގެ ކިތަންމެ ގިނަ އެކުވެރިންނެއްވެސް ހަޔާތީއާއި ޖައްސާލާފައި މަލާމާތްކޮށް އެއްޗެހި ކިޔާހަދައެވެ.
އޯޓަމްބްލޭޒަށް ވަނުމުން ހިމޭން ދުނިޔެއަކަށް ވަދެވުނުފަދައެވެ. ގޭގެ ދޮރު ހުޅުވާލާފައި ލެއްޕުމާއެކު ފިނިކަމާއިއެކު ދުވާ މީރުވަސް އަދި ހިމޭންކަމުން ސިކުނޑިއަށް ލިބެނީ ބަޔާން ނުކުރެވޭފަދަ ތަސައްލީއެކެވެ. ކޮޓަރިއަށް ވަދެފާ ހަޔާތީ އިރުކޮޅެއްވާންދެން ވިސްނާލަން އިނެވެ. މިކާލްގެ ފޯނެއްގެ އިންތިޒާރުގައި ވަގުތުތައް ގުނަމުންދާއިރު މިކާލްގެ ޚަބަރެއްނުވެއެވެ. އެކަމާ ހާދަ ހިތްދަތިއެބަވެއެވެ. ވުޟޫކޮށްލައިގެން އައިސް ނަމާދުކުރަންފެށީ ތަންކޮޅެއް ވިސްނައިގެންނެވެ. ނަމާދުގައި ކިޔަވާ އެއްޗެހީގެ މާނަ ދަސްކުރުމުން ކުރާ އަސަރު ތަފާތެވެ. ނަމާދުން ނިމިގެން އިރުކޮޅެއްވާންދެން ގުރުއާން ކިޔަވަން އިނދެފައި ނުކުތްއިރު މިހިމޭންގޭގެ ހިމޭންކަން މުގުރާލާވަރަށް ލަވައެއްގެ އަޑު ގޭތެރޭގައި ހިފާލާފައި އޮތެވެ. ހަޔާތީ އަވަސްވެލާފައި ނުކުތްއިރު އެލީން ކައުޗްގައި އޮށޯވެލައިގެން ޓީވީ ހުޅުވާލައިގެން ލަވަޗެނެލްއެއް ބަލަން އޮތެވެ. ހާމަޔަށް އޮތް ދެފައި ހަލުވާލަހަލުވާލާ އޮތްއިރު އެއްފަރާތުގައި ހުރި ޗިޕްސްދަޅުން ޗިޕްސްކަމުން ދިޔައެވެ. ކްރިސްޓަލް މޭޒުމަތީ އެނާޖީ ޑްރިންކް ދަޅެކެވެ.
ހަޔާތީ އެދިޔަގޮތަށްގޮސް ރިމޯޓް ނަގާފައި ޓީވީ އޮފްކޮށްލައިފިއެވެ.
"އެޓްލީސްޓް ނަމާދު ގަޑީގައި ކަންފަތް ފަޅައިގެންދާވަރަށް ލަވަ ނުޖަހާ ނަމާދުކުރިއްޔާ ކީއްތަވާނީ....." ހަޔާތީ ހަށަން ބަދެލިއެވެ.
"ވޯ.......އެބަހުރި ދޯ ގަޓް.."
"އިފް ޔޫ ކާންޓް ބިހޭވް ދެން މިގެއިން ދޭ. އޭޒް ލޯންގް އޭޒް އައިމް ލިވިން ދިސް ހޯމް އޭޒް ދަ ފަސްޓް ލޭޑީ ދިސް އިޒް މައި ހޯމް...."ހަޔާތީ ތުން ފިތައިލިއެވެ.
"ހޯލީ ޝި.........ހަމައިގަތަ ތިހިރީ..........ބި.." އެލީން ރުޅިން ފަޅަފަޅައިގެންދާ ވަރުވެފައި ހަޑި އެއްޗެހިތަކެއް ކިޔާލިއެވެ. ހަޔާތީ ފަދަ އަންހެންކުއްޖަކު މި އާއިލާގެ ނުރުހުމުގައި މިގެއަށްވަދެ ގަދަކޮށްލައިގެން އަމިއްލަ ގެކަމުގައި ހަދައިފިއެވެ. އެލީން އުދުހިފައި ކަހަލަގޮތަކަށް އައިސް ހަޔާތީ ކޮށްޕާލަން އުޅުނެވެ. ދެކުދިން އެއްކޮށް ގޮސް ޖެހުނީ ސޯފާއެއްގެ މައްޗަށެވެ. އަމްރާންއާއި އަޒިކިއަލް އަދި ލާވީއަށް ވަދެވުނީ އެންމެ ހޫނުވި ގަޑިއަށެވެ. އަމްރާން ގޮސް އެލީން ދުރުކޮށްލުމާއިއެކު އެލީން ރޯންފެށިއެވެ. އޭނަ ޓީވީބަލަން އޮތްވާ ހަޔާތީ ގަސްތުގައި ޓީވީ ނިވާލިކަމަށާއި ކުށްވެރިޔަކީ ހަޔާތީ ކަމުގައި ބުނެލީ ކުޑަކުއްޖެއްހެން ތުން ފިތަމުންނެވެ. ހަޔާތީ އޭނަ ގެއިން ނެރެލާނެކަމުގައި ބުނެ އިންޒާރުކުރި ވާހަކަވެސް ބުނުމުން އަމްރާން ސުވާލުގެ ނަޒަރަކުން ބަލައިލީ ހަޔާތީއަށެވެ. އޭރު ހަޔާތީ ތެދުވެ ބުރުގާ ރީތިކޮށްލައިފިއެވެ.
"މިސްޓަ ޕްރެޒިޑެންޓް އައިމް ދަ ފަސްޓްލޭޑީ އިން ދިސް ހައުސް. ސޯ މިގޭގައި އަޅުގަނޑުގެ ރޫލްތައް ނުހިގަންޏާ ރޫލް ބްރޭކްކުރަންޏާ އެލީންއަށް ވިޔަސް މިގެއިން ދާން ޖެހޭނީ. ތީ އަދި މީހަކު މާ ވަރަކުން ރޯންވީކަމެއްނޫން. އެލީން ކުރާ ކަންތައްތަކުން ލިބޭ ގެއްލުން ވަކި ކުޑައެއްނޫން. ފިއުނެރަލްއަކަށޭ ކިޔާފައި ބުރުގާއާއި ހެދުން ނަގައިގެން ރިޒޯޓަށްގޮސް ޑާންސްކޮށްފައި ފަސްޓްލޭޑީއޯ ކިޔާފައި މާ މަޖާވެގެން އުޅޭއިރު އެހެން މީހުންވެސް ހިމޭނުން ނުތިބޭނެ. އެލީން ޑޯންޓް އެކްޓް........" ހަޔާތީ ލޯ ހަނިކޮށްލާފައި ރިމޯޓް ނުދީ ބާރަށްގޮސް ސިޑިން އަރައިގެން ހިގައްޖެއެވެ.
މިކާލްދެކޭ ހިތުން ކެތްތެރިކަން ކޮޅުންލައިގެން ދިޔުމުން މިޝާއަށް ޒިޔާރަތްކުރުމުގެ ނަމުގައި އެގެއަށް ދާން ނިންމިއެވެ. ކުދިންނަށް ދޭން ޗޮކްލެޓް ގަނެލައިގެން ގޮސް މަގު ހުރަސްކުރަން އުޅުނީ ވެދާނެގޮތަކާއިމެދު މާ ބޮޑު ވިސްނުމެއްނެތިއެވެ.
(ނުނިމޭ...)