މާލެ ހިޔާ ފްލެޓުގައި ހުރި ފުޅަތައް ސާފުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ކައުންސިލް

މާލޭ ހިޔާ ފްލެޓްގައި ފުޅަ އަޅާފައި---

މާލެ ހިޔާ ފްލެޓުގައި ހުރި ފުޅަތައް ސާފުކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް މާލޭ ސިޓީ ކައުންސިލް އިން ބުނެފިއެވެ.

މާލޭ ހިޔާ ފްލެޓްގެ ޑަސްބިން ހުންނަ ސަރަހައްދު ކައިރީގައި ފުޅައަޅާފައިވާ މަންޒަރު ހިމެނޭ ވީޑިއޯއެއްވެސް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި އެތަން ސާފުކުރަން އެއްވެސް ބަޔަކު މަސައްކަތް ނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔާރު ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ އެ ފްލެޓާ އެ ކައުންސިލްއިން ހަވާލުވީ ވަރަށް ފަހުން ކަމަށެވެ.

" އަޅުގަނޑުމެން އެތަނަށް މީހުން ލައިގެން އެތަން މެއިންޓެނިންސް ކަންތައް ބަޔަކާ ހަވާލުކުރުމަށް މިދަނީ މަސައްކަތް ކުރަމުން" ޝަމާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެތަން ކުރިން ބަލަހައްޓަމުން ގޮސްފައިވަނީ ހައުސިން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްގެން ކަމަށެވެ. އެހެން ނަމަވެސް ފަހުން އޭގެ އެގްރިމަންޓް ހަމަވުމުން އެތަން ބެލެހެއްޓީ ހައުސިންގެ މުވައްޒިފުން ކަމަށްވެސް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ އެތަން ފުޅައަޅައި އެހެން ދިމާވީ އެތަނުގައި އުޅޭ ބަޔަކު އެއްވެސް ހަމައެއް ލަމައެއް ނެތި އެތަނަށް ކުނި އެޅުމުން ކަމަށެވެ.

" ކުނި އަޅާއިރު އޮންނާނެ ބުނެފައި ކޮތަޅަށް އަޅައި ބަންދުކޮށްފައޭ ކުނި އަޅަން ޖެހޭނީ. ނަމަވެސް އެބަހުރި ބަތް އެއްޗެތިހުރި ގޮތަށް އަޅާފަވެސް." އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް