ސޭންޑްވިޗްއެއް ވަގަށްނެގި ސްލޮވީނިއާގެ ޕާލެމެންޓް މެމްބަރު އެންމެފަހުން އިސްތިއުފާދީފި

އިސްތިއުފާ ދެއްވި ސްލޮވީނިއާގެ ޕާލެމެންޓް މެމްބަރު ދަރީ ކްރައިކްސިކް--

ސޭންޑްވިޗްއެއް ވަގަށް ނެގި ސްލޮވީނިއާގެ ޕާލެމެންޓް މެމްބަރު ދަރީ ކްރައިކްސިކްއަށް ފާޑުކިޔުންތައް މާ ބޮޑަށް އަމާޒުވެ އޭނާ އެންމެފަހުން އިސްތިއުފާދެއްވައިފި އެވެ.

ދަރީ ކުރިން ވިދާޅުވީ އެ ސޭންޑްވިޗް ވަގަށް ނެގީ ނޫން ކަމަށާއި އެކަން ކުރީ "ސޯޝަލް އެކްސްޕެރިމަންޓް" އެއްގެ ގޮތުގައި ކަަމަށެވެ.

އޭނާ ބުނީ ފިހާރައަށް ދިޔަ އިރު ސޭލްސް އެސިސްޓެންޓުން ތިބީ އެއްވެސް ކަމަކާ އަޅާނުލައި ވާހަކަ ދައްކަން ކަމަށެވެ. އަދި އެހެން ކަންތައް ހުރުމުން އެތަނުގައި ހުރި ވީޑިއޯ ކެމެރާ ސިސްޓަމްގެ އަޖުމަ ބަލާލަން ޓެސްޓަކަށް ސޭންޑްވިޗްއެއް ވަގަށް ނެގީ ކަަމަށް ދާރީ ވިދާޅުވި އެވެ.

ދާރީ ޕާލިމަންޓްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ މީގެ ކުރިން ދުވަހަކު ވެސް އެފަދަ ކަމެއް ކޮއްފައިނުވާނެ ކަމަށެވެ. އޭނާގެ ވާހަކަތަކަަށް ޕާލިމަންޓްގެ އެހެން މެމްބަރުން ވަނީ ވަރަށް ބޮޑަށް ހީ ހައްދަވައިފަ އެވެ.

ދާރީ އަކީ ސިޔާސީ ދާއިރާއަށް މުޅިން އާ ބޭފުޅެކެވެ. އޭނާ ނިސްބަތްވާ ޕާޓީ މަރުޖަން ސަރެކް ލިސްޓުގެ ޑެޕިއުޓީ ފެކްޝަން ލީޑަރު ބްރޭން ގޮލުބޮވިކް ވިދާޅުވީ ދާރީގެ އެ އަމަލު އެއްގޮތަކަށް ވެސް ބަލައި ނުގަނެވޭނެ ކަަމަށެވެ.

ދާރީ ފަހުން ވަނީ ވަގަށް ނެގި ސޭންޑްވިޗްއަށް ފައިސާ ވެސް ދައްކަވައިފަ އެވެ.

ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް