މިފްކޯގެ މަސް ފިހާރައާއި ހެޑްއޮފީސް ފަޅާލައިފި

މިފްކޯ، މިފްކޯ މަސްފިހާރަ-- ސަން ފައިލް ފޮޓޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ހެޑް އޮފީހާއި މަސް ފިހާރަ ފަޅާލައިފި އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ

މިފްކޯގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ މިއަދު ސަން އަށް ވިދާޅުވީ އެ ދެ ތަން ވެސް ފަޅާލައިފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށެވެ.

ފައުޒީ ވިދާޅުވީ މަސް ފިހާރައިގެ ބިއްލޫރިގަނޑު ފަޅައިލައިފައިވާ ކަމަށެވެ. އެހެންނަމަވެސް އެތަނުން އެއްވެސް ފައިސާއެއް ގެއްލިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައަކަނި ގެއްލިފައި ވަނީ އެމްޑީގެ ސެކެޓްރީ ގެންގުޅުއްވި ލެޕްޓޮޕްއެއް،" ފައުޒީ ވިދާޅުވި އެވެ.

ފައުޒީ ވިދާޅުވީ އެ ތަނުގައި މިހާރުވެސް ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް