މާލޭގައި ގްރޫޕަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިފި

ކުރިން މާލޭގައި ހިންގި މާރާމާރީއެއްގެ ތެރެއިން -- ސަން ފޮޓޯ/ ކިޔުންތެރިއެއް

މާލޭގައި ގްރޫޕަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ގްރޫޕް މާރާމާރީއެއް މިރޭ މާލޭގައި ހިންގާފައިވާ ކަމަށާއި އެ މާރާމާރީގައި މީހެއްގެ ގައިގައި ތަޅައި އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އެ މާރާމާރީ ހިންގާފައި ވަނީ ނަލަހިޔާ ކައިރީގައި ކަމަށް ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ، އެ މާރާމާރީ ހިންގާފައި ވަނީ ނަލަހިޔާ ކައިރިން 10:30 ހާއިރު ކަމަށެވެ

ނަމަވެސް މާރާމާރީގެ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ނުދެއްވަ އެވެ.

comment ކޮމެންޓް