ދާއިމީ ހައްލެއް ހޯދުމަށް ތިނަދޫގައި 300 ޓަނުގެ ފެން ޕްލާންޓެއް ބަހައްޓަނީ

ތިނަދޫގައި ފެނުގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަން: ދުމަތް ލިބުމުގައި ދިމަވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް 300 ޓަނުގެ ފެން ޕްލާންޓެއް އެ ރަށުގައި ބެހެއްޓުމަށް އެކުންފުނިން ވަނީ ނިންމަވައިފަ -- ސަން/ފައިލް ފޮޓޯ

ގދ. ތިނަދޫގެ ފެނުގެ ހިދުމަތް ލިބުމުގައި ދިމަވާ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް 300 ޓަނުގެ ފެން ޕްލާންޓެއް އެ ރަށުގައި ބެހެއްޓުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.

ތިނަދޫގައި މިހާރު ހުރި 150 ޓަނުގެ ފެނުގެ ޕްލާންޓަށް އިއްޔެއިން ފެށިގެން މައްސަލައެއް ދިމާވެ، ރައްޔިތުންނަށް ހިދުމަތް ފޯކޮށްދެމުން ގެންދަނީ ގަނޑި ބަހާލާއިގެން ވަކިވަކި ގަނޑި ތަކުގައެވެ.

އެކަމާ ގުޅިގެން ތިނަދޫގައި ފެނުގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިނީ، ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހަފްތާއެއްހާ ދުވަސްތެރޭ އެރަށުގައި 300 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

https://sun.mv/113191

އަަދި މިހާރު ހުރި ފެން ޕްލާންޓް މަރާމާތު ކުރެވެންދެން ވަކި ވަގުތުތަކެއްގައި ފެނުގެ ހިދުމަތް މެދުކެނޑެމުން ދާނޭ ކަމަށާއި އެކަމަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު މިއަދު "ސަން" އަށް ކިޔައިދިން ގޮތުގައި ދޭތެރެ ދޭތެރެއިން ފެން ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށާއި ނަމަވެސް އިއްޔެ ފެން ލިބޭނެ ވަކި ވަގުތުތަކެއް ބަޔާންކޮށް ފެނަކައިން އިއުލާންއެއް ކޮށްފައިވާ ކަމަށެވެ.

އިއްޔެ އެކުންފުނިން ނެރެފައިވާ ބަޔާނުގައިވާގޮތުން އެކި ގަނޑިތަކަށް ބަހާލައި ހުކުރު ދުވަހުގައި 10 ގަނޑިއިރަށް އަދި އެނޫން ދުވަސްތަކުގައި ފެން ދޫކުރަނީ 11 ގަނޑިއިރަށެވެ.

comment ކޮމެންޓް