ތިން މިނިސްޓްރީއަކަށް ނާއިބުން ހަމަޖައްސައިފި

އަބްދުލް ހުމައިދު، ހިދާޔާ ނަސީރު، ޑރ. ނައުޝާދު މުހައްމަދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރުންގެ ނައިބު ފެންވަރުގައި ތިން މަގާމަކަށް ބޭފުޅުން ޢައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރުންގެ ނައިބު ފެންވަރުގައި ޢައްޔަން ކުރައްވާފައި ވަނީ މިނިސްޓަރު އޮފް ޓޫރިޒަމުގެ ނައިބުގެ މަގާމަށް މއ.އަމީނީވިލާ، ޑޮކްޓަރު ނައުޝާދު މުޙައްމަދާއި މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުގެ ނައިބުގެ މަގާމަށް ސ. ހިތަދޫ، ކޯޒްވޭވިލާ ހިދާޔާ ނަޞީރާއި، މިނިސްޓަރު އޮފް ފޮރިން އެފެއާޒުގެ ނައިބުގެ މަގާމަށް ދ.މާއެނބޫދޫ، މޫރިތި ޢަބްދުﷲ ހުމައިދެވެ.

comment ކޮމެންޓް