9/11 ޖަވާބު ނުލިބޭ ސުވާލުތައް: ކެންސަރު ބަލި އާންމުވެފައި!

ޓްވިން ޓަވަރު ބިމާ ހަވަމުގެ ކުރިން "ޑަސްޓަށް" ވެގެން ފައިބަނީ---

ޖޯން މޯމެންޑޯ، އޭނާއަށް އުރަމަތީގެ ކެންސަރު ޖެހިފައިވާ ކަމަށް ޑޮކްޓަރު ބުނުމުން އޭނާއަށް އެކަން ގަބޫލުކުރަން ދަތިވި އެވެ. އުރަމަތީގެ ކެންސަރަކީ އާންމުކޮށް އަންހެނުންނަށް ޖެހޭ ބައްޔަކަށް ވާއިރު، ފިރިހެނުންނަށް އެބަލި ޖެހުމުގެ ފުރުސަތު އޮންނަނީ އެންމެ އެއް ޕަސެންޓެވެ.

ޖޯން އަށް އިތުރު ހައިރާންކަމެއް ލިބުނީ އޭނާއާ އެކު ނިއުޔޯކް މާކެންޓައިލް އެކްސްޗޭންޖްހައި މަސައްކަތް ކުރި އެހެން މުވައްޒިފުންނަށް ވެސް ކެންސަރު ޖެހިފައިވާކަން އެނގުމުންނެވެ. ޖޯން އެކޭ އެއް ފަދައިން އެ މުވައްޒިފުންނަކީ ވެސް ސެޕްޓެމްބަރު 11ގައި ދިން ޓެރަރިސްޓް ހަމަލާގައި އަނދާ ހުލިބި ޓްވިން ޓަވަރު ކައިރީގައި ހުރި އިމާރާތެއްގައި މަސައްކަތް ކުރި ބައެކެވެ. ޓްވިން ޓަވަރު ގޮއްވާލި ދުވަހު ނޫން އަނެއް ދުވަހު އެ މީހުން ވަނީ ވަޒީފާއަށް ނުކުމެފަ އެވެ.

"އަހަރުމެން ހިތަކަށް ވެސް ނާރާ އެ ހާދިސާގެ ސަބަބުން އަހަރުމެންގެ ސިއްހަތަށް އެއްވެސް އަސަރެއް ކުރާނެކަމަކަށް." ޖޯން ބުންޏެވެ.

"އަހަރުމެން އާދައިގެ މަތިން ކޮންމެ ދުވަހަކު ވެސް ވަޒީފާއަށް ދިޔައިން. އެ ދުވަހު ވެސް އެ އިމާރާތް އޮތީ އަނދަ އަނދާ، ވައިގެ ތެރޭގައި ކުނޑިތަކުން އޮތީ ތަގައްޔަރުވެފައި. އަހަރުމެން ކައިރީގައި ބުނި ވައި ތަގައްޔަރު ނޫން ކަމަށް. ހަމައެކަނި މާސްކެއް އެ ދުވަހު ދިނީ. އެއީ ހަމައެކަނި ރައްކާތެރިވެވެން އޮތް ގޮތް އެދުވަހު،" ޖޯން ކިޔައިދިނެވެ.

ޓްވިން ޓަވަރު ގޮއްވާލި ދުވަހު މުޅި އެ ހިސާބު ގަނޑުގެ ވައި ތަގއްަޔރުވެފައި.

ހާދިސާ ހިނގީ 2001 ވަނަ އަހަރު ނަމަވެސް ވަރަށް ފަހަކާ ޖެހެންދެން ވެސް އެ ހާދިސާ އިން ސަލާމަތްވި މީހުންނާއި އަލިފާން ނިއްވުން ފަދަ މަސައްކަތުގައި އުޅުނު މީހުންގެ ސިއްހަތަށް ލިބުނު ގެއްލުމާ މެދު މާބޮޑު ސަމާލުކަމެއް ދީފައެއް ނެތެވެ. ވާލްޑް ޓްރޭޑް ހެލްތު ކެއާ ސެންޓަރުގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާހު ކުރީ ވެސް 2011 ވަނަ އަހަރު އެވެ.

އެ ޕްރޮގާރާމުން ދާދި ފަހުން ޝާއިއުކުރި ރިޕޯޓެއްގައި ބުނީ ޓަވަރު އެނދި ދުވަހު އެތަނުގައި އަލިފާންނިއްވުމުގައި ހަރަކާތްތެރިވި 14474 މީހުންގެ ތެރެއިން 3000 މީހުންނަށް 2031 ވަނަ އަހަރާ ހަމައަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ޖޯން، އޭނާއަށް ކެންސަރު ޖެހުނީ 9/11 ހާދިސާގެ ސަބަބުން ކަމަށް ފުރަތަމަ ނުވިސްނުނެވެ. ނަމަވެސް އޭނާއާ އެކު މަސައްކަތްކުރި އެހެން މީހަކު ވެސް ވާލްޑް ޓްރޭޑް ހެލްތު ކެއާ ސެންޓަރުގެ ޕްރޮގްރާމްގައި ބައިވެރިވެ ބަދަލުހޯދުމަށް އެދުމުން އޭނާ އަށް ވެސް ކަންވީގޮތް ރޭއަކާލި އެވެ.

އެފަދަ މައްސަލަތަކުގައި ގާނޫނީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ލޯޔަރެއް ކަމަށްވާ މައިކަލް ބަރަޝް ބުނީ އެ ހާދިސާގެ ސަބަބުން އުރަމަތީގެ ކެންސަރު ޖެހިފައިވާ 20 މީހުންނަށް އޭނާ ވަކާލަތުކޮށްދެމުންދާ ކަމަށެވެ. ބަރަޝް ބުނީ އޭނާގެ ލޯ ފާމުން މިޙާރު ވެސް 9/11 ހާދިސާގައި ހަރަކާތްތެރިވި މީހުންނަށް ވަކާލާތުކޮށްދެމުން ދާކަމަށެވެ. އޭގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުންނަށް ކެންސަރު ޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ބަރަޝް ވަކާލާތުކޮށްދެމުންދާ އެހެން މީހެއް ކަމަށްވާ ޖެފް ފްލިން އަކީ ވެސް އުރަަމަތީގެ ކެންސަރުގެ ޝިކާރައަކަށް ވެފައިވާ ފިރިހެނެކެެވެ. ޖޯންއެކޭ އެއްފަދައިން ޖެފްވެސް ވަނީ 9/11 ހާދިސާ ހިނގި ދުވަހު އެ ހިސާބުގައި ހަރަކާތްތެރިވެފަ އެވެ.

ވާލްޑް ޓްރޭޑް ހެލްތު ކެއާ ސެންޓަރުގެ ޕްރޮގްރާމްއިން ދަނީ މަދުން ނޫނީ ނުފެންނަ 14 ވައްތަރެެއްގެ ކެންސަރުގެ ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޓްވިން ޓަވަރު ގޮއްވާލި ދުވަހު އެ ހިސާބު ގަނޑުގައި ހުރި ކާރުތައް ވިރިފައި---

ކެންސަރާއި އިތުރު މައްސަލަތައް ކުރިމަތިވެފައިވާ އިރު، ގިނަ ބަޔަކު މިހާރު ވެސް ދަނީ އެކަމާ މެދު ސުވާލު އުފައްދަމުންނެވެ. އަދި 2011 ވަނަ އަހަރު ހިނގި ކަމެއްގެ އަސަރު އެހާ ދުވަސް ފަހުން ފެންނަނީ ކީއްވެގެންތޯ ދަނީ ސުވާލުކުރަމުންނެވެ.

ނަމަވެސް ބައެއް ޑޮކްޓަރުން ބުނާ ގޮތުގައި 9/11 ފަދަ ހާދިސާއެއްގައި ހަށިގަނޑަށް ވަންނަ ވިހަ މާއްދާތައް އެތައް ޒަމާނެއް ވަންދެން ވެސް ހަށިގަނޑުގައި އުޅެފާނެ އެވެ. އޭގެ އިތުރުން އެ ވިހަތައް ހަށިގަނޑުގެ ތެރޭގައި "ރިސައިކަލް" ވުމަކީ ވެސް ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށް ވެސް ޑޮކްޓަރުން ބުނެ އެވެ.

އޭގެ އެންމެ ބޮޑު މިސާލަކީ ވިއެޓްނާމް ހަނގުރާމައެެވެ. އެ ހަނގުރާމާގައި ވިއެޓްނާމްގެ ހަނގުރާމަވެރި ވިއެޓް ކޮންގް ގްރޫޕްތައް ބޯ ޖަންގަލީގައި ހަރަކާތްތެރިވާތީ އެމެރިކާގެ ސިފައިންނަށް ހަނގުރާމަކުރަން އުނދަގޫވުމުން ޕެސްޓިސައިޑް ބޭނުންކުރި އެވެ. "އޭޖެންޓް އޮރެންޖް"ގެ ނަން ދީފައިވާ އެ ކެމިކަލްގެ ސަބަބުން އެތަކެއް ޒަމާނަކަށް އޭގެ އަސަރު ހުއްޓެވެ. އެ ހާދިސާ ތަހައްމަލު ކުރި މީހުންގެ ހަށިގަނޑުގައި އެތަކެއް ޒަމާންތަކެއް ފަހުން ވެސް އެ ކެމިކަލްގެ އަސަރު ހުއްޓެވެެ. އެމީހުނަށް ލިބުނު ކުދިންގެ ގައިގައި "ބާތުޑިފެކްޓްސް" އިންތިހާއަށް ހުއްޓެވެ.

ސެޕްޓެމްބަރު 11ގެ ހާދިސާއަކީ އާދައިގެ ހާދިސާއެއް ނޫނެވެ. ބައެއް ސައިންސްވެރިން ވަނީ އެ ހާދިސާގައި ގަބޫލުނުކުރެވޭ އެތައް ކަަމަށް އުޅޭ ކަމަށް ބުނެ މީޑިއާގެ ސަމާލު ކަމަށް އެކަން ގެނެސްފަ އެވެ.

އެމެރިކާގެ މެކޭނިކަލް އިންޖިނިއަރު އަދި ކުރީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. ޖުޑީ ވުޑް ލިޔުއްވި "ވެއާ ޑިޑް ދަ ޓަވާސް ގޯ"ގައި ވަނީ އެ ހާދިސާ ހިނގި ގޮތާ މެދު ވަރަށް ބޮޑަށް ސުވާލު އުފައްދައިފަ އެވެ.

ޑރ. ޖުޑީ ވަނީ ވާލްޑް ޓްރޭޑް ސެންޓަރު ފަދަ ބޮޑު އިމާރާތެއް އަލިފާން ރޯވެގެން ވެއްޓިދާނެތޯ ސުވާލުކުރައްވައިފަ އެވެ. ހާއްސަކޮށް އެފަދަ އިމާރާތެއްގައި 1.2 މިލިއަން ޓަނުގެ ކޮންކްރިޓް ހިމެނޭއިރު އެ ހުރިހާ ކޮންކްރިޓްތަކެއް ކަހަލަ ގޮތަކަށް "ޑަސްޓް" އަށް ބަދަލުވެެގެން ފޭބީ ކިހިނެއްތޯ ސުވާލުކޮށްފަ އެވެ.

ޓުވިން ޓަވަރު ފަދަ ބޮޑު އިމާރާތެއް ވެއްޓިގެން ދާއިރު އިމާރާތުގެ އެކިއެކި ބައިބައި އެެއްކޮށް ނުފުނޑި ހުންނާނެ އެވެ. އަދި އެފަދަ 110 ބުރީގެ އިމާރާތެއް ވެއްޓިގެންދާ އިރު އަތަން ސާފުކުރަން ވެސް އެތައް ދުވަހެއް ނަގާނެ އެވެ. ނަމަވެސް އެ ހާދިސާ ހިނގިތާ ދެތިން ދުވަސް ނުވެ އެތަން ވަނީ އެއްކޮށް ސާފުކޮށްފަ އެވެ.

ޑރ. ޖުޑީ ވުޑްގެ ނަޒަރުގައި އެ އިމާރާތް ބިމާ ހަމަވީ "ޑަސްޓަށް" ވެގެންނެވެ. އޭނާގެ ނަޒަރުގައި މިއީ އާދައިގެ ކަމެއް ނޫނެވެ. އަދި އެ ހާދިސާގައި ގޮތް ނޭނގޭ ޓެކްނޮލޮޖީއެއް ބޭނުންކޮށްފައިވާ ކަމަށް ވެސް ޑރ. ޖުޑީ ވަނީ ވިދާޅުވެފަ އެވެ. ޑރ. ޖުޑީ އެއަށް ދީފައިވާ ނަމަކީ "ޑައިރެކްޓެޑް ފްރީ އެނާޖީ ޓެކްނޮލޮޖީ" އެވެ.

އެ ހާދިސާ ހިނގި ދުވަހު ޓުވިން ޓަވަރު ކައިރީގައި ހުރި ކާރުތައް ވެސް، އެ ދުވަހު އުފެދުނު ހޫނުން ވިރިގެންދިޔަ އެވެ. އަދި ހާއްސަކޮށް ޓެރެރިސްޓް ހަމަލާ އަމާޒު ނުވާ އިމާރާތެއް ކަމަށްވާ ބިލްޑިންގް 7 ވެއްޓުނު ގޮތާ މެދު ވެސް އެތައް ބަޔަކު ސުވާލު އުފައްދަ އެވެ.

comment ކޮމެންޓް