ދިރާގާ ސްޕާކްހަބް ގުޅިގެން ފުރަތަމަ ސްޓާޓަޕް ގްރައިންޑް އިވެންޓް ފަށައިފި

މިއަދު ބޭއްވި ސްޓާޓަޕް ގްރައިންޑް އިވެންޓްގެ ތެރެއިން--- ފޮޓޯ: ދިރާގު

ދިރާގާ ސްޕާކްހަބް ގުޅިގެން، ޒުވާން ވިޔަފާރިވެރިންނަށް އަމާޒުކޮށް ރާއްޖޭގައި ފުރަތަމަ ސްޓާޓަޕް ގްރައިންޑް އިވެންޓް މިއަދު ފަށައިފިއެވެ.

ސްޓާޓަޕް ގްރައިންޑްއަކީ ސްޓާޓްއަޕް ކޮމިއުނިޓީތަކަށް އެކި ދާއިރާތަކުން އެހީތެރިވެދިނުމަށް އުފައްދާފައިވާ އެންމެ ބޮޑު ސްޓާޓަޕް ކޮމިއުނިޓީއެވެ. ސްޓާޓަޕް ގްރައިންޑުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ކުންފުނިތައް އުފައްދާނެ ގޮތް، ތަޖުރިބާހުރި މީހުންނާއި އިންވެސްޓަރުން މެދުވެރިކޮށް ލޯކަލް ސްޓާޓަޕް ކޮމިއުނިޓީތަކަށް ކިޔައިދީ، އެފަދަ ކޮމިއުނިޓީތައް ގުޅުވައިދިނުން ހިމެނެއެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ސްޓާޓަޕް އިވެންޓްގެ ފުރަތަމަ ސީރީސްގައި މިއަދު ވާހަކަ ދެއްކެވީ ހޮލޮގޯ ވާލްޑް ކުންފުނީގެ ފައުންޑާ އަދި ސީއީއޯ އީދާމް ރަޝީދުއެވެ. އޭނާ ވަނީ އެ ސްޓާޓަޕް ފަށައިގަތުމަގައި އޭނާގެ ތަޖުރިބާއާއ ދަސްވި ކަންތައްތައް ކިޔައިދީފައެވެ. އައުގްމެންޓެޑް ރިއަލިޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ކުންފުނިން ވަނީ ސްކޫލުތަކަށާއި ދަރިވަރުންނަށާއި އަދި ޓީޗަރުންނަށް އަމާޒުކޮށް ކިޔަވައިދިނުމަށް ފަސޭހަކޮށްދިނުމަށް ޕްލެޓްފޯމެއް އުފައްދައިފައެވެ.

މިދިޔަ އޭޕްރީލް މަހު 23 ވަނަ ދުވަހު ބެޓް މިޑްލް އީސްޓް އެންޑް އެފްރިކާ ކޮންފަރެންސްގައި އެ އެޕްލިކޭޝަން ވަނީ ލޯންޗްކޮށްފައެވެ.

އިޖްތިމީއާ ކަންތައްތަކަށާއ އަދި އީޖާދީ އުފެއްދުންތަަަށް ހިތްވަރުދިނުމުގެ ގޮތުން ދިރާގުން މިހާރުވެސް ދަނީ އޭންޖަލް ހެކް ފަދަ ހަރަކާތްތައް ހިންގަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް