ގޮތްނޭނގޭ އެއްޗަކީ އޭލިއަން އުޅަނދަކަށް ވެދާނެ ކަމަށް ބުނެފި

"އޮއުމުއަމުއަ"ގެ ނަމުން ނަން ދީފައިވާ ގޮތްނޭނގޭ އެތި

ޖައްވުން ފެނުނު ގޮތްނޭނގޭ އެއްޗަކީ އޭލިއަންގެ އުޅަނދަކަށް ވެދާނެ ކަމަށް ހާވާޑްގެ ދެ ނުޖޫމީ އިލްމުވެރިއަކު ބުނެފި އެވެ.

ގޮތް ނޭނގޭ އެ ގާގަނޑު އެންމެ ފުރަތަމަ ސަމާލުކަމަށް އައީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ސޯލާ ސިސްޓަމްއިން ފަހަނައަޅާ އެއެތި ދިޔަ އިރު އޭގެ ސްޕީޑް ވަނީ މަތިވެފަ އެވެ. ނަމަވެސް ސައިންސްވެރިން އުއްމީދު ކުރީ އޭގެ ސްޕީޑް ދަށްވާނެ ކަމަށެވެ.

"އޮއުމުއަމުއަ"ގެ ނަމުން ނަން ދީފައިވާ އެ އެތީގެ ސްޕީޑް މަތިވީ އޭގެން ނިކުތް ގޭސްގަނޑަކުން ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ.

ނަމަވެސް ދެ ނުޖޫމީ އިލްމުވެރިން ކަމަށްވާ ޝުމެލް ބިއެލީ އަދި އަބްރަހަމް ލިއޮބް މިހާރު އެ އާ މެދު އާ ވިސްނުމެއް ދަނީ ގެންގުޅެމުންނެވެ. އެ ދެ ސައިންސްވެރިން ބުނީ އޭތީގެ ސްޕީޑް މަތިވީ ގޭހުގެ ސަބަބުން ނަމަ އެ އެއެތި ދާނީ އެނބުރެމުން ކަމަށެވެ. އެހެންނަމަވެސް އެ އެތި ދަތުރުުކޮށްފައި ވަނީ ސީދަލަށެވެ. އެެހެންކަމުން މިއީ ވަކި ބައްޓަމަކަށް ހަދާފައި ހުރި އުޅަނދެއް ކަމަށް ވަނީ ބެލެވިފަ އެވެ.

އެ ދެ ސައިންސްވެރިން އިތުރަށް ބުނީ އެ އުޅަނދުން އިރުގެ އަލިން ހަކަތަ ބޭނުންކުރަމުންގެންދާ ކަމަށް ވެދާނެ ކަމަށެވެ. އޭރުން އެއަށް މުޅި ކާއިނާތުގެ ވަރަށް ދުރަށް ހަމައެކަނި އިރުގެ އަލި ބޭނުންކޮށްގެން ދަތުރުކުރެވޭނެ ކަަމަށެވެ.

ޝުމެލް އަލި ލިއޮބް ވިދާޅުވީ އެ އުޅަނދަކީ އޭލިއަނުން ބަނދެފައިވާ އުޅަނދެކަމަށް ވެދާނެ ކަމަށާއި އަދި އޭގެ އެތައް ސަތޭކެ މިލިއަން އުޅަނދު ސޯލާ ސިސްޓަމްގެ ތެރޭގައި އުޅުމަކީ ވެދާނެ ކަމެެއް ކަމަށެވެ.

ޖައްވީ އުޅަނދުތަކާއި އަދި އެންމެ ޒަމާނީ ރޮކެޓްތައް ޑިޒައިންކުރައްވާ އަދި ސްޕޭސް އެކްސްގެ ވެރިޔާ އެލަން މަސްކު ވަނީ އެ ދެ ސައިންސްވެރިންގެ ވާހަކަތަކަށް ވަރަށް ބޮޑަށް ޖޯކު ޖައްސަވައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު