ކޮފީ ވިތު ކަރަން: ފުރަތަމަ ފަހަރަށް ކާޖަލް އާއި އަޖޭ އެކުގައި

ކޮފީ ވިތު ކަރަން: ފުރަތަމަ ފަހަރަށް އަޖޭ އާއި ކާޖަލް އެކުގައި ބައިވެރިވަނީ---

ޓީވީ ޝޯ "ކޮފީ ވިތު ކަރަން" ގެ އެޕިސޯޑެއްގައި ބަތަލާ ކާޖަލް އަދި އޭނާގެ ފިރިމީހާ ބަތަލު އަޖޭ ދޭވްގަން އެކުގައި ފުރަތަމަ ފަހަރަށް ބައިވެރިވާން ނިންމައިފިއެވެ.

މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށަހަޅައިދޭ އެ ޝޯ އަކީ މުނިފޫހިފިލުވުމުގެ ގިނަ ކަންތައްތަކެއް ފެނިގެންދާ އަދި ތަރީންގެ ނުފެންނަ ފަރާތް އަދި ބެލުންތެރިންނަށް ނޭނގޭ ބައެއް ސިއްރުތައް ހާމަވެގެންދާ ޝޯ އެކެވެ.

އެ ޝޯގެ ހަ ވަނަ ސީޒަން ފެށިގެން ކުރިއަށް ގެންދާއިރު، އަޖޭ އާއި ކާޖަލް ފެނިގެންދާ އެޕިސޯޑް ޝޫޓް ކުރާނީ ކުރިއަށް އޮތް ދިވާލީ ނިންމުމަށްފަހު ކަމަށް ޚަބަރުތައް ބުނެއެވެ. މި ދެ ތަރީން މީގެ ކުރިން ވެސް ވަނީ ވަކި ވަކިން އެ ޝޯގައި ބައިވެރިވެފައެވެ. މި ދެ ތަރީން އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރަށް ވުމާއެކު ދެ ތަރީންގެ ފޭނުން ވަނީ މި އެޕިސޯޑު ބެލުމަށް ކެތްމަދުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައެވެ.

ކޮފީ ވިތު ކަރަން އަކީ 2014 ވަނަ އަހަރު ފަށާފައިވާ ޝޯއެކެވެ. "ކޮފީ ވިތު ކަރަން" ގިނަ ބަޔަކަށް ކަމުދާ ސަބަބަކީ ތަރީންގެ ޒާތީ ކަންކަމުގެ ވާހަކަ ދައްކައި ކޮނެގެން ނަމަވެސް ކަރަން އެތަރީންގެ ފަރާތުން ވާހަކަތައް ހޯދާތީއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު