އިލްޔާސް އިބްރާހިމް ޕީޕީއެމްއާ ގުޅިވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމްގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވެވި އިލްޔާސް އިބުރާހިމް، ނިޝާން އިއްޒުއްދީންގެ އިތްޒަތްތެރި ވެރިޔާ (ނޢޢވ) ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިވަޑައިގެންފި އެވެ.

މައުމޫން އިސްކޮށް ހުންނަވައިގެން އުފައްދާ ޕީޕީއެމްގެ ވަގުތީ ތަރުޖަމާނު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލުފު ވިދާޅުވީ އިލްޔާސް ޕީޕީއެމްއަށް ސޮއި ކުރެއްވެވީ އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވެވި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގެން ކަމަށެވެ.

"އިލްޔާސަކީ އަޅުގަނޑުމެންގެ ބޭފުޅެއް. އެންމެން ކުރިން ސޮއިކުރެއްވެވި ބޭފުޅުންގެ ތެރޭގައި އިލްޔާސް ވެސް ވަނީ ސޮއި ކުރައްވާފައި،" މަހުލޫފު ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ވެރިން ނިމުމަށް ފަހު މިހާތަނަށް ސިޔާސީ ދާއިރާއާ ދުރުގައި އުޅުއްވެވި އިލްޔާސަކީ މައުމޫންގެ އަނބިނކަނބަލުން މ. އެންދެރިމާގޭ ނަސްރީނާ އިބްރާހީމާ އެއްބަނޑު އެއްބަފާ ބޭފުޅެކެވެ.

އިލްޔާސަކީ ރައްޔިތުން މަޖުލީހުގެ މެންބަރުކަމާއި މިނިސްޓާ އޮފް ޓްރޭޑް މިނިސްްޓަރު ކަމާއި ޑިފެންސްގެ ސްޓޭޓް މިނިސްޓަރު ކަމާއި ޑިފެންސްގެ ނާއިބު ކަމާއި ސިފައިންގެ ވެރިޔާގެ ނާއިބުކަމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި އެޓޯލްސް މިނިސްޓަރު ކަމާއި ޓްރާންސްޕޯޓް މިނިސްޓަރު ކަމާއި ހެލްތް މިނިސްޓަރުކަން ކުރެއްވެވި ބޭފުޅެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު