Deprecated: json_decode(): Passing null to parameter #1 ($json) of type string is deprecated in /var/www/sun.mv-new-2026/application/libs/SunMeta.php on line 7

Warning: Trying to access array offset on value of type null in /var/www/sun.mv-new-2026/application/libs/SunMeta.php on line 8

Warning: Trying to access array offset on value of type null in /var/www/sun.mv-new-2026/application/libs/SunMeta.php on line 8
SunOnline: ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ރީނދޫކުލަ ލައިފި

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ރީނދޫކުލަ ލައިފި


Deprecated: json_decode(): Passing null to parameter #1 ($json) of type string is deprecated in /var/www/sun.mv-new-2026/application/views/article/index-normal-ifscroll.php on line 290

Warning: Trying to access array offset on value of type null in /var/www/sun.mv-new-2026/application/views/article/index-normal-ifscroll.php on line 290

Warning: Trying to access array offset on value of type null in /var/www/sun.mv-new-2026/application/views/article/index-normal-ifscroll.php on line 290
ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ހަދަމުންދާ އައިސީޔޫގައި ރީނދޫ ކުލަ ލުމާ ގުޅިގެން އެކަމާ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންނާއި އަދި އާއްމުން ޝަކުވާ ކުރުމުން ކުލަ ބަދަލު ކުރަން ނިންމައިފި އެވެ.

ސާކް ސަމިޓް ބަޖެޓުގެ ދަށުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަލަށް ހެދި ހަތަރު އެނދުގެ އައިސީޔޫގައި ރީނދޫ ކުލަ ލުމުން ހޮސްޕިޓަލުން ހިދުމަތް ހޯދައި ފަރާތްތަކުން ވަނީ ވަރަަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

އެގޮތުން ސަން އާ ވާހަކަދެއްކި ހިތަދޫ މީހަކު ބުނީ، "ހޮސްޕިޓަލަކީ ވަކި ކުލައެއްގެ ބަޔަކަށް" ހިދުމަތް ދޭން ޖެހޭ ތަނެއް ނޫން ކަމަށެވެ. އަދި އެކަހަލަ ސިޔާސީ ކުލައެއް ހޮސްޕިޓަލުގެ އައިސީޔޫގައި ލާން ނުޖެހޭނެ ކަމަށާއި އެ ކުލަ އަކީ އޭގެ ޒާތުގައިވެސް ހޮސްޕިޓަލުތަކުގައި ލާން ރަނގަޅު ކުލައެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

"ބަލިމީހުންނަށާއި ހޮސްޕިޓަލަށް ދާ މީހުންނަށް ކިހާ އުނދަގޫވާނެ. އައިސީޔޫގައި ވެސް ޔެލޯ ކުލަ ލައިގެން ސިޔާސީ ބޭނުމެއް ފުއްދޭތޯ މިއުޅެނީ،" އޭނާ ބުންޏެވެ.

ސަދަން ހެލްތު ސާވިސް ކޯޕަރޭޝަން )އެސްއެޗްއެސްސީ( މެނެޖިން ޑިރެކްޓަރު ނޫރުﷲ ސައީދު މިއަދު ވިދާޅުވީ، އައިސީޔޫގައި ރީނދޫ ކުލަ ލުމަކީ ސިޔާސީ ގޮތުން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ކުލަ ހޮވުމުގައި އޮޅުމަކުން ދިމާވި ކަމެކެވެ.

"އޮވޭ ނުންތޯ ކަލާ ބުކްލެޓެއް. އޭގަ ކަލާ ކޯޑް ދިން އިރުގައި އެ ކޯޑާ ދިމާނުވެ އިނީ. ކޮންމެހެން ޔެލޯ ކުލަ ލާކަށްނޫން. ދެން އޭގައި ނުބައި ގޮތަކަށް މާނަ ނެގިގެން އުޅެނީ. އެއީ އަސްލު ހޮސްޕިޓަލުތަކުގައި ލާކުލައެއްވެސް ނޫން. ވީގޮތަކީ މަސައްކަތްކުރާއިރު ބޭރަށް ލީކުވާނެ ނުންތޯ ވަހާއި ސްޕްރޭއާއި އެއްޗެހި، އެހެންވެ ލައްޕައިގެން އެބޭފުޅުން ފުރަތަމަ މަސައްކަތް ކުރީ. ދެން ހުޅުވިއިރުގައި މިތަންތަން މިފެނުނީ،" ނޫރުﷲ ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ކުލަ ބަދަލުކުރުމަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި ދެން ލާނެ ކުލައެއް ނިންމާނީ ހޮސްޕިޓަލުގެ ނަރުހުންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް ވެސް ވިދާޅުވި އެވެ.

ނޫރުﷲ ސައީދު ވިދާޅުވީ، އައިސީޔޫގައި މިހާރު ކުރިއަށްދަނީ ވައަރިންގެ މަސައްކަތް ކަމަށާއި ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭ އެ މަސައްކަތް ނިމޭނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު