ސެލެބްރިޓީ ޝެފް އެންތޮނީ މަރުވެއްޖެ

އެމެރިކާގެ މަޝްރޫރު ސެލެބްރިޓީ ޝެގް އެންތޮނީ ބޯޑެއިން އުމުރުން 61 އަހަރުގައި މަރުވެއްޖެ އެވެ.

ގިނަ ޓީވީ ޝޯތަކަކުން ފެނި، މަގުބޫލުކަން ހޯދާފައިވާ އެންތޮނީ އަކީ އެކި ގައުމުތަކުގެ ކާބޯތަކެތީގެ ދިރާސާތައް ކޮށް، އޭގެ ވާހަކަތައް އާންމުންނަށް ގެނެސްދިން މީހެކެވެ.

ޚާޢްސަކޮށް ސީއެންއެންގެ ބެލުންތެރިންގެ މެދުގައި އެންތޮނީ އަކީ މަގުބޫލު މޫނެކެވެ.

ކާއެއްޗެހި ތައްޔާރުކުރާނެ ރެސިޕީ ފޮތްތަކުގެ އިތުރުން އޭނާގެ ދަތުރުތަކުގެ ތަޖުރިބާ އާއި އެހެން ގައުމުތަކުގެ ކާއެއްޗެހީގެ ވާހަކަތައް ފޮތްތަކުގެ ސިފާގައި އެންތޮނީ ވަނީ ގެނެސްދީފަ އެވެ. ކަލިނަރީގެ ދާއިރާ އިން މަތީ ތައުލީމު ހާސިލްކޮށްފައިވާ އެންތޮނީ އެންމެ ޚާޢްސަވީ ފްރެންޗް ކުސީން އަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިއެޓްނާމަށް ކުރެއްވި ދަތުރުފުޅުގައި ހޮޓަލަކަށް ވަދެ ކޭންބެއްލެވީ އެންތޮނީ އާ އެކު އެވެ. އޭރުގެ ހަނދާންތައް އާކުރައްވައި އޮބާމާ ވަނީ އެންތޮނީގެ މަރުގެ ހަބަރާ އެކު ޓްވީޓެއް ކުރައްވައިފަ އެވެ.

އެންތޮނީ ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ އިއްޔެގެ ވަގުތެއްގަ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު