ސަރުކާރަށް ދޭއް

ރައްޔިތުންގެ ވާހަކަ

ރައީސް އިބްރާހިމް ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރުނީއެވެ. ވައުދުތަކާއެކު އައި މި ސަރުކާރުން ވައުދު ފުއްދާ ރައްޔިތުންނަށް ހޯދައިދިނީ ކޮން މަންފާއެއް ހެއްޔެވެ؟ މި ހާއްސަ އެޑިޝަންގައި މި ބަލައިލަނީ ސަރުކާރަށް ދެއަހަރު ތެރޭ ހޯދުނު ކާމިޔާބީތަކަށެވެ. ސަރުކާރަށް ހާސިލްވީ މިންވަރަށެވެ. ރައްޔިތުން އެކަމާ މެދު ދެކުނު ގޮތަށެވެ. ރައްޔިތުންނަށް ލިބުނު ފޮނި މީރުކަމަށެވެ.

ގަދަ ހަތަރެއް
1
ޝަރުއީ ދާއިރާ އިންގިލާބު
ސިޔާސީ ކުލަ ޖެހިފައި ތިބި ފަނޑިޔާރުން ބޭރުކޮށް، ފަނޑިޔާރުގެ ސާފުކޮށްލި. ފަނޑިޔާރެއްގެ ޝަކުވާއެއް ހުށަހެޅިއްޖެނަމަ، އެކަން ބެލި، ފިޔަވަޅުު އަޅަން ފެށި. ޝަރުއީ ދާއިރާގައި އަންހެނުންގެ ދައުރުވެސް ފުޅާވެގެން ދިޔަ. ކޯޓުތަކުގައި ޒަމާންވަންދެން ފުނި ޖެހިފައިވާ މައްސަލަތައް މަދުވެ، ޝަރީއަތްތައް ދެފުށް ފެންނަ ގޮތަށް ހިނގަން ފެށި. މަތީ ކޯޓުތަކުުގެ ޝަރީއަތްތައް ލައިވްކުރަން ފެށި.
2
ސިއްހީ ދާއިރާގެ "ލާމަރުކަޒީ" ބަދަލު
އަތޮޅު ތެރޭ ހޮސްޕިޓަލްތަކަށް ކުރާ ހަރަދު ދެގުނަ ކުރި. ފަސް ސަރަހައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލު އެޅުމުގެ ބޮޑު އަމާޒަށް މަސައްކަތް ފެށި. ކޮވިޑަށް ފަރުވާ ދިނުމަށް އަތޮޅު ތެރޭ ފަސް ސަރަހައްދެއްގައި ފެސިލިޓީތައް ގާއިމްކުރި. ސިއްހީ ފަރުވާއަށް މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކާ ދިމާލަށް މިސްރާބު ޖެހި. ކުޅުދުއްފުށީ، އުނގޫފާރު ހޮސްޕިޓަލުގެ ފަރުވާގެ ހިދުމަތް ރަނގަޅުވެ އިތުބާރު ބޮޑުވި.
3
ބާރުތައް ދޫކޮށްލުން
ހަގީގީ ލާމަރުކަޒީ ނިޒާމަކަށް، މާލެ ސަރުކާރަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަމަކަށް ގެނައި. ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްލި. އެއާއެކު މާލީ މިނިވަންކަން ދިން. ހިފެހެއްޓިފައި އޮތް ހިޔާލުފާޅުކުުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ނޫސްވެރިކަން ކުރުމުގެ މިނިވަންކަން ދޫކޮށްލި.
4
އިންސާނީ ވަސީލަތުގެ ތަރައްގީ
ޑިގްރީއާ ހަމައަށް ހިލޭ ތައުލީމް ސިޔާސަތުގެ ދަށުން އެތައް ދަރިވަރުންނަކަށް ބޮޑު ލުއެއް ލިބިގެން ދިޔަ. އެގޮތުން ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 7،800 ދަރިވަރުންގެ ކިޔެވުމަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވޭ.
ނޫ އިގްތިސާދު
އަޅުގަނޑުމެން މިތަން ބޭރަށް އިސްތިހާރު ކުރާ އިރު، އަޅުގަނޑުމެންގެ އެސްޓެބްލިޝްމެންޓު ހުންނަނީ ބަޔޮސްފިއާ ރިޒާވެއްގައޭ ބުނީމަ އޭގެ ވެލިއު އިތުރުވެގެންދާނެ
އައްޑޫގައި ޓޫރިޒަމް ވިޔަފާރި ކުރާ ޒުވާނެއް
ހިމާޔަތްކުރި ތަންތަން
އައްޑޫ، ފުވައްމުލައް ސިޓީ/ ހދ. ކޭލަކުނު، ހދ. ނޭކުރެންދޫ، ހއ. ބާރަށު ކުޅި/ ޅ. އަތޮޅުގެ ފަސް ސަރަހައްދު/ ހއ. އަދި ހދ. އަތޮޅުގެ މުއްސަނދި ސަރަހައްދު
ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުން
2023ގެ ކުރިން އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން އެކީ ހުއްޓާލުމަކީ މި ސަރުކާރުގެ އަމާޒެއް. މި ޕްލޭންގެ ދަށުން ޕްލާސްޓިކްގެ ބައެއް ބާވަތްތައް އެތެރެކުރުން އަންނަ އަހަރުން ފެށިގެން ރާއްޖެއަށް އެތެރެކުން ހުއްޓާލާނެ.
24 ސަރަހައްދެއް ހިމާޔަތްކުރި
މި ސަރުކާރު އައިފަހުން ތިމާވެއްޓަށް ދޭ އިސްކަމުގެ ދަށުން ގުދުރަތީ ތަންތަން ހިމާޔަތްކޮށް އެތަންތަނުން ނަފާ ހޯދޭނޭ ޕްރޮގްރާމްތަކެއް އަންނަނީ ރާވަމުން. އެގޮތުން ފުވައްމުލަކާއި އައްޑޫގައި ވަނީ ނޭޗާ ޕާކް ގާއިމްކޮށްފައި. އެތަންތަނުން އަންނަނީ ނަފާ ހޯދަމުން.
ކުދި ވިޔަފާރިތައް އުފުލައިލަ ދީފި
މި ސަރުކާރުން އުފެއްދި، އެސްޑީއެފްސީން އަންނަނީ އަހަރެއްގެ މައްޗަށް 450 މިލިއަން ރުފިޔާގެ ލޯނު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރަމުން. އެއީ، އަހަރެއްގެ މައްޗަށް 300 އަށް ވުރެ ގިނަ ވިޔަފާރިއަށް އެހީ. އަދި ކޮވިޑާ ގުޅިގެން އެ ބޭންކުން ވަނީ އެހީގެ ގޮތުގައި ވިޔަފާރިތަކަށް 968.16 ރުފިޔާ ދޫކޮށްފައި.
އޯގާތެރި ސަރުކާރު
އެތައް ހާސްކުދިންނަށް އުފާވެރިކަން
މިހާތަނަށް 6،250 އަށް ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ މަގު ފަހިކޮށްދީފައިވޭ. އެއީ 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ.
ގާނޫނީ ވަކީލުންނަށް އަލި މަގެއް
ގާނޫނީ ފަންނުގެ ބިލެއް އެކުލަވާލައި، ގާނޫނީ ވަކީލުން އަމިއްލައަށް އެމީހުން ރެގިއުލޭޓް ކުރުން.
ހިޔާލުފާޅު ކުރުމުގެ މިިނިވަންކަމަށް އުންމީދެއް
އަބުރުގެ ގާނޫނު އުވާލައި، މީޑިއާތައް އެޅުވިފައިވާ ކަސްތޮޅުން މިނިވަން ކުރި. ހިޔާލުފާޅުކޮށްގެން މީހުން ޖަލަށްލުމާ ފިޔަވަޅު އެޅުން ހުއްޓިގެން ދިޔަ. ވިސުލް ބުލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިން.
ކުޅިވަރު ދާއިރާއަށް އިންގިލާބީ ބަދަލު
ގައުމީ ޓީމު ކުޅުންތެރިންނަށް މަހު މުސާރަ ދެވި، އެއްވެސް ކުޅިވަރެއް، ޖިންސެއް ތަފާތު ކުރުމެއްނެތި ބޮޑު ހޭދައެއް ކުރި. ޒުވާނުންނަށް ގިނަ ކުޅިވަރުގެ ފުރުސަތުތަކެއް ފަހިވި. ބޮޑު ފުޓުބޯޅަ ދަނޑާއި ފުޓްސަލް އަދި ގިނަ އަދަދަކަށް ޖިމްތައް ގާއިމްކުރެވުނު. ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު.
ކުޑަ ކުދިންނަށް އަމާން ވެއްޓެއްގެ ކަށަވަރުކަން
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް ގިނަ ބަދަލުތަކެއް ގެނެސް ތަންފީޒުކުރަން ފެށުނު. ކުޑަކުދިންގެ އަދުލުގެ ގާނޫނެއް ވުޖޫދުކޮށް، ޖިނާއީ އަދުލުގެ ނިޒާމް ކުޑަކުދިންގެ މައްޗަށް ހިންގޭއިރު، ކުޑަ ކުދިންގެ މަސްލަހަތަށް އިސްކަން ދިނުން.
މާރާމާރީއާއި ގޭންގް ކުށްތައް މަދުވުން
ގުރޫޕް މާރާމާރީއާއި ބޮޑެތި ކުށްތައް ނިސްބަތުން މަދުވި.
ޖަޒީރާ ދިރިއުޅުން

ހަގީގީ ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ހޯދައިދިނުމަކީ މި ސަރުކާރުން ދެ އަހަރު ތެރޭ ހޯދުނު ބޮޑު ކާމިޔާބެއް.

○ ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއްދީ، މާލީ މިނިވަންކަން ދިން.
○ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލު ތަރައްގީކުރުން.
○ ދެމެހެއްޓެނިވި ހަރުދަނާ އުސޫލުތަކަކާއެކު ގައުމީ ތަރިކަ ހިމާޔަތްކުރުން.
މީގެ ކުރީގައި މަގުހަދަން ޖެހޭނީ ކައުންސިލުން ރިކުއެސްޓް ކުރީމާ މަގު ހަދާ ކުންފުނިން، އެމީހުން އައިސް ހެދި ދުވަހަކުން ހެދޭނީ. އެކަމަކު މިހާރު ސަރުކާރުން އެހެރީ ތަކެއްޗާ މުވައްޒަފުންނާ އަޅުގަނޑުމެންނާ ހަވާލުކޮށްފައި. އަޅުގަނޑުމެންނަށް މަސައްކަތް ކުރަން ދޫކޮށްފައި އޮތީ
އަބްދުﷲ ސޯދިގު، އައްޑޫގެ މޭޔަރު
ހެޔޮވެރިކަން

ސަރުކާރާއި އިދިކޮޅުގެ ވިސްނުން އުޑާ ބިމާހާ ތަފާތު ނަމަވެސް، މި ޑިމްކޮރަސީގައި ގޮތް ނިންމަންޖެހޭނީ ރައްޔިތުންނެވެ. މުހިންމީ ރައީސް ސޯލިހުގެ މާލިމީކަމުގެ ދަށުން އިންސާފުގެ ކަނޑަށް ނުކުތް އޮޑީގެ މިސްރާބާއި، އޮޑީގެ ދުވެއްޔާމެދު ރައްޔިތުން ދެކޭގޮތެވެ. ސަރުކާރަށް ދެ އަހަރު ފުރި ތިން ވަނަ އަހަރެއް ފެށުނު އިރު ސަރުކާރުން ބުނާ އިންސާފުގެ އިހްސާސް ރައްޔިތުންނަށް ކުރެވޭ ހެއްޔެވެ؟

ސަޅި
1777
އުފާ
512
ވައު
828
ލޯބި
4138
ހެޔޮ
3833