މިޕޭޖުގައި ކެނޑިޑޭޓުން އިސްތިހާރު ކުރެއްވުމަށް 7970076 ގުޅުއްވާ

އަނާރާ ނައީމް

އެޑްރެސް: ހ. ގުރުސް، މާލެ

ކުރިމަތިލާ ދާއިރާ: މަކުނުދޫ ދާއިރާ

ކެނޑިޑޭޓު ނަމްބަރު: 3

ޤާބިލިއްޔަތު

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މިހާރުގެވެސް މެމްބަރު އަނާރާ ނައީމު ވަނީ ގާނޫނީ ދާއިރާއާއި ޝަރުއީ ދާއިރާއިން މަތީ ތައުލީމު ހޯއްދަވާފައެވެ. އަދި މިހާރު ގެންދަވަނީ ޝަރުއީ ސިޔާސަތުގެ ރޮނގުން ޕީއެޗްޑީ ހައްދަވަމުންނެވެ. އަނާރާ ދެކެވަޑައިގަންނަވާ ގޮތުގައި ތައުލީމުގެ އިތުރުން އޭނާގެ ތަޖުރިބާވެސް ވަރުގަދައެވެ. މަޖިލީހުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވި އިރު ގާނޫނު ހެދުމާއި މަޖިލީހުގެ ތަޅުމުގައި ވަކާލާތުކުރުމުގައިވެސް އަނާރާ ގާބިލުވެފައި ކުޅަދާނައެވެ.

ކުރިމަތިލަނީ ކީއްވެ؟

މަކުނުދޫ ދާއިރާއަށް ދެވަނަ ދައުރަކަށް އަނާރާ ކުރިމަތިލައްވަނީ ދާއިރާއަށް ތަރައްގީގެ އެކި މަޝްރޫއުތައް ސަރުކާރާ ގުޅިގެން ކުރިއަށް ގެންދެއްވުމަށެވެ. އަނާރާ ވިދާޅުވި ގޮތުގައި އޭނާއަކީ ރައްޔިތުންނާ ގާތުން ހިދުމަތްކުރަން ބޭނުންވާ މީހެކެވެ. އަނާރާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރެވޭނެއެވެ. އަނާރާ އެދެނީ ރައްޔިތުންނަށް އެ މަސައްކަތް ކޮށްދިނުމަށެވެ. ގާނޫނީ އޮނިގަނޑުގެ ތެރެއިން ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ކޮށްދިނުމުގެ ވަރުގަދަ އަދި ސާބިތު އަޒުމުގައެވެ.

ކެނޑިޑޭޓުގެ ޚުލާސާ

އަނާރާ ކިޔަވާ ވިދާޅުވި ދާއިރާ ކަމުގައިވާ ގާނޫނީ އަދި ޝަރުއީ ދާއިރާއިން އޭނާ ވަނީ ރާއްޖެއަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. ދީނީ ރޮނގުން ކޮށްދެއްވި ހިދުމަތްތައް ބައިވަރެވެ. އެގޮތުން ދީނީ ދަރުސް ދިނުމާއި، ވޯކްޝޮޕްތައް ހިންގުމާއި ދީނީ މައުލޫމާތު ފަތުރާ ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމުތައް ފޮނުވުން ހިމެނެއެވެ. ގާނޫނީ ވަކީލާކަން ކުރައްވާ އަނާރާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މަޖިލީހުގައި ވަކާލާތުކުރައްވާފައެވެ. އަދި ވަކިން ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި އަނާރާ މަޖިލީހުގައި މަސައްކަތްކުރެއްވިއެވެ. އަނާރާގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ ލާބައާ މަންފާ ހުރި ގާނޫނުތައް ހަދައި، ރައްޔިތުންނާ ގާތުން ހިދުމަތް ކުރުމެވެ.

ވަޢުދު ނުވަތަ ކޮށްދޭނެ ކަންކަން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ހޮބިއްޖެނަމަ އަނާރާ ހުންނެވީ ދާއިރާގެ ތިން ރަށް ކަމުގައިވާ މަކުނުދޫ، ނޭކުރެންދޫ އަދި ކުމުންދޫއަށް ތަރައްގީގެ މަޝްރޫއުތައް ގެނެސްދިނުމުގެ އަޒުމުގައެވެ. އެގޮތުން މަކުނުދޫއަށް ލުއި ފަސޭހަކަމާއެކު ދަތުރުފަތުުރކުރެވޭނެ ގޮތް ހެދުމާއި، ނޭކުރެންދޫގައި ޖަލު ބިނާކުރުމުގެ މަޝްރޫއާއި، އަދި ދާއިރާގެ ތިން ރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއަށް މަގުފަހިކޮށްދިނުމަކީ އަނާރާ މުހިންމު އިސްކަމެއް ދެއްވާނެ ކަންކަމެވެ. މީގެ އިތުރުން ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެ ގާނޫނުތައް ހެދުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް އަނާރާ ވައުދުވެވަޑައިގަންނަވައެވެ.