މިޕޭޖުގައި ކެނޑިޑޭޓުން އިސްތިހާރު ކުރެއްވުމަށް 7970076 ގުޅުއްވާ

އިބްރާހިމް ޒާހިދު

އެޑްރެސް: ލިލީީމާގެ، ގދ. ވާދޫ

ކުރިމަތިލާ ދާއިރާ: ގައްދޫ ދާއިރާ

ކެނޑިޑޭޓު ނަމްބަރު: 2

ޤާބިލިއްޔަތު

ޒާހިދަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި ކްރިމިނަލް ކޯޓުގައި ވަޒީފާ އަދާކުރައްވާފައިވާ ބޭފުޅެކެވެ. ރަށުގެ ތަރައްގީއަށް އަބަދުވެސް އިސްކަން ދެއްވާ ޒާހިދު މަތީ ތައުލީމު ހާސިލުކުރެއްވީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީގެ ފެކަލްޓީ އޮފް އުސޫލުއްދީނުންނާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އަދި ވިލާ ކޮލެޖުންނެވެ. ޒާހިދު ވަނީ ޝަރީއާ އިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. ތަފާތު އެކިއެކި ޖަމިއްޔާތަކުގައި އިސް ދައުރެއް އަދާކޮށް، އެ ޖަމިއްޔާތައް މެދުވެރިކޮށް ރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ޒާހިދު ދަނީ ކުރައްވަމުންނެވެ.

ކުރިމަތިލަނީ ކީއްވެ؟

ޒާހިދު ގައްދޫ ދާއިރާއަށް ކުރިމަތިލައްވަނީ މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ދާއިރާއަށް ތަރައްގީއާއި ކުރިއެރުން ހޯދައިދިނުމަށް މަސައްކަތް ކުރުމަށެވެ. ޔުނިވާސިޓީ އަދި ކޮލެޖްތަކުގެ ކޯސްތައް ރަށުގައި ތިބެގެން ކިޔެވޭނެ ފުރުސަތުތައް ދާއިރާގެ ރައްޔިތުންނަށް ހޯދައިދީ، ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ފުރުސަތުތަކާއި ކުރިއަށްދާނެ މަގު ފަހިކޮށްދީ، އިގްތިސޯދީ ގޮތުން ގައްދޫ ދާއިރާ އިތުރަށް ތަރައްގީކުރުމަކީ މަޖިލީހުގައި އިންނަވައިގެން ޒާހިދު ދާއިރާއަށް ކޮށްދެއްވާނެ ކަންތައްތަކެވެ.

ކެނޑިޑޭޓުގެ ޚުލާސާ

ޒާހިދު މަތީ ތައުލީމުގެ ދަތުރު ފެށީ މިސްރުންނެވެ. ގާނޫނީ ދާއިރާއަށް އަބަދުވެސް ޝައުގުވެރިކަން ހުންނަ ޒާހިދު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއިން ދެވަނަ ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި ވިލާ ކޮލެޖުން 2014 ވަނަ އަހަރު ޒާހިދު ވަނީ ޝަރީޢާއިން މާސްޓާސް ޑިގްރީވެސް ހާސިލުކުރައްވާފައެވެ. ފުރަތަމަ ޑިގްރީއަށްފަހު ސަރުކާރުގައި ވަޒީފާ އަދާކުރަން ފެށީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިންނެވެ. އޭގެ ފަހުން 2015 ވަނަ އަހަރުން ފެށިގެން ވަޒީފާ އަދާކުރަމުން އަންނަނީ ކުރިމިނަލް ކޯޓުގައެވެ.

ވަޢުދު ނުވަތަ ކޮށްދޭނެ ކަންކަން

ޒާހިދުގެ އިންތިހާބީ އެޖެންޑާގައި ހިމެނޭ އެންމެ މުހިއްމު ކަންތައްތަކަކީ ދާއިރާގައި ތައުލީމުގެ ފުރުސަތުތައް ފުޅާކޮށް، ޒުވާނުންނަށް ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. މީގެ އިތުރުން ދާއިރާގެ ރަށްރަށުގައި ގެސްޓުހައުސް ޓޫރިޒަމް ފުޅާކޮށް ދާއިރާގެ ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކުރުމާއި، މަސްވެރިކަން ކުރިއަރުވައި އަދު ބާނާ މަހުން އެންމެ އެކަށީގެންވާ ނަފާ އެއް މަސްވެރިންނަށް ލިބޭނެ މަގު ތަނަވަސް ކުރުމުގެ އިތުރުން ޒުވާނުންނަށް އަމާޒުކޮށް ތަފާތު އެކި ހުނަރުތައް ދަސްކޮށްދީ އެފަދަ ހުނަރުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ކަންތައްތަކެވެ.