މިޕޭޖުގައި ކެނޑިޑޭޓުން އިސްތިހާރު ކުރެއްވުމަށް 7970076 ގުޅުއްވާ

މުހައްމަދު ސިޔާމް

އެޑްރެސް: އަސުރުުމާގެ، ގއ. ދާންދޫ

ކުރިމަތިލާ ދާއިރާ: ދާންދޫ ދާއިރާ

ކެނޑިޑޭޓު ނަމްބަރު: 4

ޤާބިލިއްޔަތު

ސިޔާމްއަކީ 2009 އިން ފެށިގެން ޑިސެމްބަރު 2010 ގެ ނިޔަލަށް ދާންދޫއަށް ސަރުކާރުން އައްޔަނުކުރެއްވި ކައުންސިލަރެވެ. އިލްމީ ގޮތުން ގާބިލު އަދި ޒުވާން ވިޔަފާރިވެރިޔާ ސިޔާމް 2011 ވަނަ އަހަރު ގއ. އަތޮޅު ކައުންސިލަށް ވަރަށް ފުރިހަމަ އަގުލަބިއްޔަތަކާއެކު އިންތިހާބުވިއެވެ. ދެ މަގާމުގައިވެސް ދެމިހުންނެވި ދުވަސްވަރު އޭނާ ވަނީ އަތޮޅާއި ރަށުގެ ތަރައްގީއަށް ތަފާތު ދާއިރާތަކުން މަސައްކަތްކުރެއްވިއެވެ. މަޑުމައިތިރި މިޒާޖުގެ ސިޔާމްއާ މެދު މީހުން އެންމެ ހިތްހަމަޖެހެނީ އޭނާއަކީ ސިޔާމަކީ މީހުން ދައްކާ ވާހަކަ އަޑުއެހުމާއި މީހުންނާ މުއާމަލާތްކުރުމުގައި ގެންގުޅޭ ހިތްތިރި ސިފައިގެ ސަބަބުންނެވެ. ތަފާތު ފިކުރުގެ ޒުވާނުން ގޮވައިގެން ސިޔާސީ ހަރަކާތް ހިންގަން އޭނާ ދަނެއެވެ. އަދި އޭނާއަކީ ގާނޫނުތަކާއި ގަވައިދުތަކަށް ފަރިތަ، އަދި މަޝްވަރާގެ ރިވެތި އުސޫލުން ކަންކަން ކުރުމަށް ލޯބިކުރައްވާ ބޭފުޅެކެވެ.

ކުރިމަތިލަނީ ކީއްވެ؟

ސިޔާމް މަޖިލީހަށް ކުރިމަތިލައްވަނީސަރުކާރާ ގުޅިގެން ދާއިރާއަށް ތަރައްގީގެ އެކި މަޝްރޫއުތައް ގެނެސް، އަދި ގާނޫނު ހެދުމާއި މަޖިލިސް މެމްބަރުކަމުގެ ފުރިހަމަ ދައުރު އަދާކުރުމަށެވެ. ސިޔާމަކީ ރައްޔިތުނންާ ގާތުން ހިދުމަތްކުރަން ބޭނުންވާ، އަދި މިހާރުވެސް ނުހަނު ގާތުން މަސައްކަތްކުރައްވާ ބޭފުޅެކެވެ. އަދި މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުތައް ހޯދުމަށް އޭނާ މަސައްކަތްކުރައްވާނެއެވެ. ސިޔާމް އެދެނީ އެ މަސައްކަތްކުރުމުގެ ފުރުސަތު މަޖިލިސް ތެރެއިންވެސް ލިބިގެން ދިއުމަށެވެ. ގާނޫނީ އޮނިގަނޑުގެ ތެރެއިން ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ކޮށްދެއްވުމުގެ ވަރުގަދަ އަޒުމާއި ސާބިތުކަމާއެކު ދެމިހުރުމުގެ ފުރިހަމަ ޔަގީންކަން ސިޔާމް ދެއްވައެވެ. އަދި ފާއިތުވެ ދިޔަ ތަނުގައި އެކަން އޭނާ ސާބިތުކޮށްދެއްވާފައި ވެއެވެ.

ކެނޑިޑޭޓުގެ ޚުލާސާ

ރާއްޖޭގައި އެންމެ ފުރަތަމަ ކަނޑައެޅި ކައުންސިލަރުންގެ ތެރޭގައި ހިމެނުނު ސިޔާމް ސިޔާސީ މައިދާނަށް ނުކުތީ ދާންދޫގެ ކައުންސިލަރެއްގެ ގޮތުންނެވެ. އެއަށްފަހު ގއ. އަތޮޅު ކައުންސިލަރެއްގެ ގޮތުން ދާއިރާއަށް ނުހަނު ގިނަ ގިނަ ހިދުމަތްތަކެއް ކޮށްދެއްވިއެވެ. ސިޔާސީ މައިދާނަށް ނުކުތުމުގެ ކުރިންވެސް ސިޔާމްއަކީ ދާންދޫގެ އިތުރުން މުޅި ދާއިރާގައިވެސް އިޖުތިމާއީ ހަރަކާތްތަކާއި ޒުވާނުން ބިނާކޮށް ބާރުވެރިކުރުވުމުގެ އެކިއެކި ހަރަކާތްތަކާއި، ދަރުމަވެރި މަސައްކަތްތައް ރާވައި ހީވާގި، ހުނަރުވެރި އަދި ރައްޔިތުންގެ ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި މަލްޓިޕާޓީ ޑިމޮކްރަސީ ފައްކާކުރުމަށް ރައްޔިތުންނާ ގުޅިގެން އެނާ ލީޑަޝިޕް ދައްކަވައެވެ.

ވަޢުދު ނުވަތަ ކޮށްދޭނެ ކަންކަން

19 ވަނަ މަޖިލީހަށް ހޮވިވަޑައިގެންފިނަމަ ސިޔާމް ހުންނެވީ ދާއިރާގެ ތިން ރަށަށް ތަރައްގީގެ މަޝްރޫއުތައް ގެނައުމުގެ ވަރުގަދަ އަޒުމުގައެވެ. އަދި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެ ގާނޫނުތައް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެއެވެ. ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށާއި ސަރުކާރުގެ ވައުދުތައް ފުއްދުމުގައި މަޖިލިސް ތެރެއިން އެއްބާރުލުން ދިނުމާއި، ރައްޔިތުންނަށް ލާބައާއި ފައިދާ ހުރި ކޮންމެ ކަމެއް ކުރުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް ވަކާލާތުކޮށް، ގައުމަށް ކުރިއެރުން ގެނައުމަށް މަސައްކަތް ކޮށް، އަދި ދާންދޫ ދާއިރާގެ މެމްބަރުގެ ގޮތުން ނަމޫނާ ދައްކައި، ރައްޔިތުންނަކީ އުފާ ފާހަގަތި ބަޔަކަށް ހެދުމަށް މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ސިޔާމް ދެއްވައެވެ. މީގެ އިތުރުން ރަށު ކައުންސިލުތަކުން ހުށަހަޅާ ތަރައްގީގެ ޕްލޭންތައް ކާމިޔާބުކުރުމަށް މަސައްކަތްކުރުމާއި، ރައްޔިތުންނަށް އަލަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވައެވެ.