ކުރިއަށް އޮތް ތިން އަހަރު ދުވަހަށް އިންތިޚާބުކުރާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހާއްސަ ކަވަރޭޖަށް، ސަންގެ ކިޔުންތެރީންނަށް މަރުހަބާ. މި ކަވަރޭޖުގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މި އިންތިޚާބުގެ ކަންކަން ކުރިއަށް ދާގޮތުގެ އެންމެ ފަހުގެ ތާޒާ ޚަބަރާއި މައުލޫމާތުތައް ކިޔުންތެރީންނާ ހަމައަށް ގެންސްދިނުމަށް ސަންގެ ޓީމުން މަސައްކަތްކުރަމުން ދާނެ.

މިފަހަރުގެ އިންތިޚާބުގައި:

  • މިފަހަރުގެ އިންތިޚާބުގައި 1483 ކެނޑިޑޭޓުން ވާދަކުރާނެ.
  • މި ކެންޑިޑޭޓުންގެ ތެރޭން އިންތިޚާބުކުރާނީ ޖުމުލަ 664 ކައުންސިލަރުން.
  • ވޯޓުލުމުގެ ހައްގު ލިބިފައިވާ 255987 މީހުން.
  • ހައްގު ލިބިފައިވާ މީހުންގެ ތެރޭގައި 16،000އަށް ވުރެ ގިނަ ޒުވާނުން އަލަށް ވޯޓުލާނެ.
  • މިފަހަރު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ޖުމްލަ 420، އަދި ލަންކާގައި 2 ފޮށި ބަހައްޓާނެ.
  • ސިނާއީ ރައްތަކުގެ ތެރޭން ވޯޓުފޮށި ބަހައްޓާނީ ހަމައެކަނި ތިލަފުށީގައި.