ރާނީ އެލިޒަބެތު ސެޕްޓެމްބަރު 1933ގައި، ސްކޮޓްލޭންޑުގައި ހުންނަ ބަލްމޯރަލް ގަނޑުވަރަށް ވަޑައިގެންނެވި އިރު ބޮޑުބޭބޭފުޅު އެޑްވާޑް (ޕްރިންސް އޮފް ވޭލްސް)އާ އެއްކޮށް. އޭގެ ފަހުން 1936ގައި ޕްރިންސް އެޑްވާޑް ތަހުތަށް އިސްވެ، ރަސްގެފާނު އެޑްވާޑް (އަށް ވަނަ)އަށް ވެވަޑައިގަންނަވާނެ. ނަމަވެސް އޭގެ އަހަރެއް ފަހުން އެޑްވާޑް ރަސްކަން ދޫކޮށްލެއްވުމުން ރާނީ އެލިޒަބެތުގެ ބައްޕާފުޅު ރަސްކަމާ ހަވާލުވެވަޑައިގަންނަވާނެ. ފޮޓޯ/ އޭޕީ
އޮކްޓޯބަރު 13، 1940ގައި އެލިޒަބެތު (ކ) އުމުރުފުޅުން 14 އަހަރުގައި ކޮއްކޯފުޅާއެކު ފުރަތަމަ ފަހަރަށް ރޭޑިއޯ ބްރޯޑްކާސްޓެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އެ ބްރޯޑްކާސްޓްގައި އެކަަމަނާ ވިދާޅުވީ އިނގިރޭސި ކުޑަކުދިންނަކީ އުފާވެރި އަދި ހިތްވަރުގަދަ ކުދިން ކަމަށް -- ފޮޓޯ/ އޭޕީ
ނޮވެމްބަރު 20، 1947ގައި އެލިޒަބެތު، ބްރިޓިޝް ނޭވީގެ ލެފްޓެނެންޓެއް ކަމަށްވާ ޕްރިންސް ފިލިޕްއާ ކައިވެނިބައްލަވައިގެންނެވި. ޕްރިންސް ފިލިޕްއަކީ ގްރީސް އާއި ޑެންމާކުގެ ޝާހީ އާއިލާތަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް. ނަމަވެސް ގްރީސްއިން ލިބިލެއްވި ޝާހީ ލަގަބު ދޫކޮށްލައްވައި އިނގިރޭސި ރައްޔިތަކަށް ޕްރިންސް ފިލިޕް ވެވަޑައިގެންނެވި. އެހެންކަމުން ޑިޔުކް އޮފް އެޑިންބަރާގެ ލަގަބު ލިބިވަޑައިގަތް އަދި އެލިޒަބެތު ވެވަޑައިގެންނެވީ ޑަޗެސް އޮފް އެޑިންބަރާއަށް -- ފޮޓޯ/ ގެޓީ އިމޭޖްސް
ސެޕްޓެމްބަރު 1960ގައި ރާނީއާއި ދަރިކަލުން ޕްރިންސް އެންޑްރޫއާއި ދަރިކަނބަލުން ޕްރިންސެސް އޭން، ސްކޮޓްލޭންޑުގައި ހުންނަ ބަލްމޯރަލް ކޭސަލްގައި. ރާނީއާއި ޕްރިންސް ފިލިޕްގެ ހަތަރު ބޭފުޅުން ތިއްބަވާ. އެއީ އެންޑްރޫއާއި އޭންގެ އިތުރުން ޗާލްސް އާއި އެޑްވާޑް -- ފޮޓީ/ އޭޕީ
ޖުލައި 2015 ރާނީ ބަކިންހަމް ޕެލެސްގައި. ފޮޓޯއިން ފެންނަނީ، ޔޫކޭ ސަރުކާރުގެ މިނިސްޓަރުންނާއި ކޮމަންވެލްތުގެ ގައުމުތައް ތަމްސީލު ކުރައްވާ ބޭފުޅުން ފޮނުއްވާ މުހިންމު ލިޔެކިޔުންތައް ރައްކާކުރަން އެކަމަނާ ބޭނުން ކުރައްވާ ރަތް ފޮށިތަކުގެ ތެރެއިން ފޮއްޓެއް. މި ފޮޓޯ ނަގާފައި ވަނީ، އެންމެ ގިނަ ދުވަހު ރެނދަލިކުރެއްވި ރާނީއަކަށް އެ ކަމަނާ ވެވަޑައިގަތުމުން -- ފޮޓޯ/ ބަކިންހަމް ޕެލެސް
އޮކްޓޯބަރު 2021ގައި ރާނީއާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން، ވިންޑްސާ ކޭސަލްގައި ބައެއް މެހެމާނުންނާ ބައްދަލުކުރައްވަނީ. އެއީ ވިޔަފާރިއާއި އިންވެސްޓްމެންޓުގައި އެކި ގައުމުތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނަށް ބޭއްވި ހަފުލާއެއް -- ފޮޓޯ/ ގެޓީ އިމޭޖްސް
ިފެންސް ސާވިސެސް ސެކްރެޓަރީގެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވި ރިއާ އެޑްމިރަލް ޖޭމްސް މެކްލިއޮޑް އާއި އެ މަގާމާ ދެން ހަވާލުވެވަޑައިގެންނެވި މޭޖާ ޖެނެރަލް އެލްޑަން މިލާއާ ރާނީ ފެބްރުއަރީ 2022ގައި ވިންޑްސާ ކޭސަލްގައި ބައްދަލުކުރައްވަނީ. އެއީ ރާނީ ކޮވިޑް-19އަށް ޕޮޒިޓިވްވިކަން ބަކިންހަމް ޕެލެސްއިން އިއުލާންކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން -- ފޮޓޯ/ ގެޓީ އިމޭޖްސް
ޖޫން 2022ގައި ލަންޑަނުގައި ބޭއްވި ޓްރޫޕިން ދަ ކަލާ ޕެރޭޑު ރާނީ ބައްލަވަނީ. އެއީ އެކަމަނާގެ ޕްލެޓިނަމް ޖުބިލީ ފާހަގަކުރުމަށް ބޭއްވި ހަފުލާތަކުގެ ތެރެއިން ބޭއްވި ހަރަކާތެއް. ރާނީ އެލިޒަބަތަކީ 70 އަހަރު އިނގިރޭސި ރަސްކަން ނުވަތަ ރަނިކަން ކުރެއްވި ފުރަތަމަ ބޭފުޅާ -- ފޮޓޯ/ އޭޕީ
ސްކޮޓްލޭންޑުގައި ހުންނަ ބަލްމޯރަލް ކޭސަލްގައި ރާނީ އެލިޒަބެތު އިނގިރޭސި އާ ބޮޑުވަޒީރު ލިޒް ޓްރަސްއަށް މަރުހަބާ ވިދާޅުވަނީ. އާ ބޮޑުވަޒީރަކު އާންމު ގޮތެއްގައި ރާނީއާ ބައްދަލުކުރައްވާނީ ލަންޑަނުގައި ހުންނަ ބަކިންހަމް ޕެލެސްގައި ނަމަވެސް ހެލިފެލިވެ އުޅުއްވުމުގައި ދަތިތަކެއް ހުރުމުން ފާއިތުވި މަސްތަކުގައި ރާނީ ވަނީ ދަތުރުފަތުރު ކުރެއްވުން މަދުކުރައްވާފަ -- ފޮޓޯ/ އޭޕީ