މިޕޭޖުގައި ކެނޑިޑޭޓުން އިސްތިހާރު ކުރެއްވުމަށް 7970076 ގުޅުއްވާ

ޖާދުﷲ ޙަމީދު

އެޑްރެސް: ސޯސަންގެ / ދ. ކުޑަހުވަދޫ

ކުރިމަތިލާ ދާއިރާ: ދ. އަތޮޅު ކައުންސިލްގެ ރައީސް

ކެނޑިޑޭޓު ނަމްބަރު: 1

ތައާރަފް

1994ގައި މަދްރަސަތުލް އަޙްމަދިއްޔާ އިން އޯލެވެލް ނިންމެވުމަށްފަހު، ޖާދުﷲ ޙަމީދު ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ، އޭރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންގެ އިންސްޓްރަކްޓަރ ( ޓްރޭނީ ) އެއްގެ ވަޒީފާއިންނެވެ. އެމިނިސްޓްރީގައި ގާތްގަނޑަކަށް 3 އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، އަތޮޅާއި ރަށަށް ޚިދުމަތްކުރެއްވުމަށްޓަކައި، 1997ގައި ދ. އަތޮޅު އޮފީހުގެ ސެކްރެޓަރީއެއްގެ ވަޒީފާއަށް ބަދަލުވެވަޑައިގެން، ފާއިތު މިވީ ދިގު މުއްދަތުގައި އެ އޮފީހުގެ އެކި މަޤާމްތަކުގައި، އޮފީހުގެ ހިންގުމުގެ އެންމެ އިސްސަފުގައި ސާބިތުކަމާއެކު ޖާދުﷲ ޙަމީދު ޙަރަކާތްތެރިވެވަޑައިގެންނެވިއެވެ.
ވަޒީފާއަދާކުރައްވަމުން ދަނިކޮށް ސަރުކާރުން ލިބުނު ފުރުޞަތެއްގައި އިންޑިޔާގެ ބެންގަލޯރ ގެ އެޕްޓެކް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީއިން، "އެޕްޓެކް ސާޓިފައިޑް އެޕްލިކޭޝަން ޑިވެލޮޕާ އެންޑް ނެޓްވޯކް ސްޕެޝަލިސްޓް "ކޯސް ފުރިހަމަކުރެއްވުމަށްފަހު، މިހާރު އަދާކުރައްވަމުންދާ ވަޒީފާއަކީ، ދ. އަތޮޅު ކައުންސިލް އިދާރާގެ ކޮމްޕިއުޓަރ ޓެކްނީޝަންގެ ވަޒީފާއެވެ. އައިޓީ ދާއިރާއަކީ މަޤާމުގެ ޕްރައިމަރީ ދާއިރާކަމުގައިވިޔަސް، ޖާދުﷲ ޙަމީދަކީ ކައުންސިލްގެ އެންމެހާ ކަންކަމުގައި ކައުންސިލާއި އެންމެ ގާތުން މަސައްކަތްކަތް ކުރައްވާ މުވައްޒަފެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އޮފީސްތަކުގެ ހިންގުމަށް ގެނެވުނު ބޮޑު ބަދަލާ ގުޅިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ރާވައި ހިންގާފައިވާ، ލާމަރުކަޒީ ނިޒާމަށް އަހުލުވެރިކުރުވުމުގެ ގިނަ ޕްރޮގްރާމްތަކެއް ފުރިހަމަކުރައްވާފައިވާ ޖާދުﷲ ޙަމީދަކީ، ކައުންސިލަށް އެހީތެރިވެ ކައުންސިލްގެ މަސައްކަތްތައް ހިންގުމުގައި ވަރުބަލިކަމެއްނެތި ސާބިތުކަމާއެކު އެންމެ އިސްސަފުގައި މަސައްކަތްކުރައްވާ އެއް މުވައްޒަފެވެ.
ލާމަރުކަޒީ ނިޒާމަށް އަތޮޅުގެ ރަށްތަކުގެ ކައުންސިލް ތަކުގައި މަސައްކަތްކުރައްވައި، މުވައްޒަފުން އަހުލުވެރިކުރުމަށް އަތޮޅުގައި ހިންގުނު ހުރިހާ ޕްރޮގްރާމްތަކެއްގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި ޖާދުﷲ ޙަމީދު، ސަރުކާރަށް ޚިދުމަތްކުރުމުގެ 24 އަހަރުގެ ތަޖުރިބާއާއެކު، މިއަދު ދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާފައިވަނީ، ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ފޯރުކޮށްދެވޭނީ އެކަމުގެ ތަޖުރިބާ ހުރި، މައުލޫމާތު ހުރި މީހަކަށް ކަމުގައިވާތީ އެ މަޤްޞަދު ޙާޞިލް ކުރެއްވުމަށެވެ. އަތޮޅުގެ ވަޞީލަތްތަކާއި ޚިދުމަތްތައް ވަކިމީހަކަށް ވަކި ކުލައަކަށް ނުވަތަ ގާތްމީހަކަށް ބެލުމެއްނެތި އަތޮޅުގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތް ފޯރުކޮށްދެއްވުމުގެ ތަޞައްވުރާއެކުގައެވެ.