މިޕޭޖުގައި ކެނޑިޑޭޓުން އިސްތިހާރު ކުރެއްވުމަށް 7970076 ގުޅުއްވާ

މުޙައްމަދު މުޢިއްޒު

އެޑްރެސް: މ. ދިމްޔާތު/ މާލެ

ކުރިމަތިލާ ދާއިރާ: މާލެ ސިޓީ ކައުންސިލްގެ މޭޔަރު

ކެނޑިޑޭޓު ނަމްބަރު: 1

ތައާރަފް

ޑރ. މުހައްމަދު މުއިއްޒު އާންމުންނަށް އެނގެނީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ އިތުރުން އޭގެ ކުރިން ޑރ. މުހައްވަމު ވަހީދުގެ ވެރިކަމުގައިވެސް ހައުސިން މިނިސްޓަރުގެ މަގާމު އަދާކުރެއްވި ވަޒީރުގެ ގޮތުގައެވެ.

ސިވިލް އިންޖިނިއަރިންގެ ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. މުއިއްޒު ވަނީ 2012 އިން 2018 އާއި ހަމައަށް ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ކުރިއަށްގެންދިޔަ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭ ހިމެނޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއާއި ހިޔާގެ 7000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ އިތުރުން ސިނަމާލޭ ބްރިޖު މަޝްރޫއު ހިންގާފައިވަނީ މުއިއްޒުގެ މިނިސްޓަރުކަމުގެ ދުވަސްވަރު އެމަނިކުފާނުގ ބެއްލެވުމުގެ ދަށުންނެވެ.

ޑރ. މުއިއްޒުގެ ތައުލީމީ ހަޔާތަށް ބަލާއިރު އެންމެ ފުރަތަމަ ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާ އިން ބެޗެލާސް ޑިގްރީ ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލަންޑަނުންނެވެ.ހަމަ އެ ޔުނިވާސިޓީ އިން ސިވިލް އިންޖިނިއަރިންގެ ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާ، އެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރެއްވީ އިނގިރޭސި ވިލާތުގެުނިވާސިޓީ އޮފް ލީޑްސް އިންނެވެ.

މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ޑރ. މުއިއްޒުގެ މިނިސްޓަރުކަމުގައި މާލޭގެ ބައެއް މަގުތައް ދުއްވާ އެއްޗެއްސަށް ނުވަދެވޭނެހެން ހަދައި ހަމައެކަނި ހިނގާމީހުންނަށް ހާއްސަ ކުރިއެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ހިތްފަސޭހަ، ހިތްހަމަ ޖައްސާލާނެ މައިޒާންތައް ތަރައްގީ ކުރެއްވިއެވެ. އޭގެ ތެރޭގައި ހތްތަން މައިޒާން، ރައިވެރިބޭ މައިޒާން، މާވެޔޮ މައިޒާން އަދި ރެހެންދި މައިޒާނާއި މުއިވެޔޮދޮށު މައިޒާން ފަދަ ތަންތައް ހިމެނެއެވެ.

ސަލްޓަން ޕާކު ވާވެ، ވީރާނާ ވަނިކޮށް އެތަން ތަރައްގީ ކުަރައްވައިރަސްރަނި ބަގީޗާގެ ނަމުގައި އަލުން އެތަން ތަރައްގީ ކުރެއްވިއެވެ.

މީގެ އިތުރުން މާލޭ ރިންގު ރޯޑުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތާއި ދަތުރުވެރިންގެ މާރުކޭޓު އަލުން ހެދުމުގެ މަސައްކަތް އަދި ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްގެން މާލޭ އިންޑަސްޓްރިއަލް ޒޯނު ތަރައްގީ ކުރެއްވީ ވެސް މުއިއްޒު ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރަކަށް ހުންނަވައިގެންނެވެ.

ސަރުކާރުގެ ވަޒީރު ކަމުގައި ހުންނެވި އިރު މުއިއްޒު ވަނީ އޭޝިއާ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓު ބެންކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުގެ މަގާމުވެސް އަދާކުރައްވައިފައެވެ.

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން 2012 ފެބްރުއަރީ އިން 2018 ނޮވެމްބަރާ އާއި ހަމައަށް މުއިއްޒުވަނީ ރާއްޖޭގެ ތަރައްގީ އަށް ހާއްސަކޮށް މާލޭ ސިޓީގެ ތަރައްގީ އަށް ކުރެވުނު މުހިއްމު ބޮޑެތި މަޝްރޫއުތައް ލީޑު ކުރައްވައިފައެވެ. މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން މުއިއްޒު ވާދަކުރައްވަނީ މާލޭގެ ތަރައްގެ ބިޔަ، ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތުގައި މީގެ ކުރިންވެސް މަސައްކަތް ކުރައްވާ އެ މަސައްކަތަކުގައި ހިއްސާ އަދާކުރައްވައި ތަޖުރިބާ އާއެކު އެވެ.