މިޕޭޖުގައި ކެނޑިޑޭޓުން އިސްތިހާރު ކުރެއްވުމަށް 7970076 ގުޅުއްވާ

އަޙްމަދު ޝާފިޢު

އެޑްރެސް: ހިތަދޫގެ / ގއ. ގެމަނަފުށި

ކުރިމަތިލާ ދާއިރާ: ގއ. ގެމަނަފުށީ ކައުންސިލްގެ ރައީސް

ކެނޑިޑޭޓު ނަމްބަރު: 7

ތައާރަފް

އަހްމަދު ޝާފިއު އާންމުންނަށް އެނގެނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒުވާން މަސްވެރިން ތަމްރީން ކުރުމަށް އުފެއްދި ގެމަނަފުށި މަސްވެރިންގެ ޖަމިއްޔާގެ ރައީސްގެ ގޮތުގަ އެވެ.
އެ ޖަމިއްޔާގެ ނަން ދިވެހި މަސްވެރިންގެ ޖަމިއްޔާ ބަދަލުކޮށް، ރާއްޖޭގެ މަސްވެރިކަމުގެ މައުލޫމާތު ހިއްސާ ކުރުމުގައި މުހިންމު ދައުރެއް ދަނީ އަދާކުރަމުންނެވެ.
އެ ޖަމިއްޔާގެ ނަމުގައި އެކި ރޮނގުތަކުން ޕްރޮޕޯސަލް ހުށަހަޅުއްވައި، ރަށުގައި މުހިންމު އިޖްތިމާއީ މަސައްކަތްތަކެއް ޝާފިއު ދަނީ ކުރައްވަމުންނެވެ.
ބިޒްނަސްގެ ދާއިރާއިން ޑިޕްލޮމާ އާއި ޑިގްރީ އަދި ތައުލީމީ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ޝާފިއު ވަނީ ގެމަނަފުށީ ސްކޫލްގެ ލީޑިން ޓީޗަރުގެ މަގާމުގައި ދެ އަހަރު އަދި އެމްއައި ކޮލެޖުގެ ގޮތްޕެއް އެ ރަށުގައި ހިންގައި، ސީ3އިން ފެށިގެން ޑިޕްލޮމާއާ ހަމައަށް ކޯސްތައް ހިންގަވާފަ އެވެ.
ގެމަނަފުށްޓާއި މަސްވެރިކަމުގެ ދާއިރާއަށް އަދި އެރަށުގެ ކުރިއެރުމެއް ޝާފިއު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
ގެމަނަފުށި ކޯޕަރޭޓިވްގައި ހޭދަކުރެއްވި ދެ އަހަރުގެ މުއްދަތުގައި ޝާފިއު ވަނީ އެ ރަށުގައި އުފައްދާ ރިހާކުރާއި މަހުގެ އުފެއްދުންތައް، "ރަޓު ރަހަ"ގެ ނަމުގައި ބާޒާރަށް ނެރެ، އެރަށުގެ ކޯޕަރޭޓިވްގެ ވިޔަފާރި ފުޅާކުރައްވާފަ އެވެ. އަދި ރަށުގެ އެހެން ޖަމިއްޔާތަކުގައި ވެސް ހަރަކާތްތެރިވެ، އިޖްތިމާއީ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.
އެގޮތުން 2017 އަދި 2018ވަނަ އަހަރު ގެމަނަފުށީގައި ކުލަގަދަކޮށް މަސްވެރިންގެ ދުވަސް ފާހަގަކޮށް، މުޅި ރާއްޖެއަށް އެރަށުގެ ނަން އިސްތިހާރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެވެ. އަދި ޖެހިގެން އައި 2019ވަނަ އަހަރު އޮސްޓްރޭލިއާގެ ދެ ފަތުރުވެރިއަކު ގެމަނަފުށްޓަށް ގެނެސް، 25 އަންހެން ފަޅުވެރިންނާއެކު މަހަށް ގޮސް އަންހެންނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހަރަކާތްތަކެއް ރޭވުމުގައިވެސް އިސްކޮށް އުޅުއްވީ ޝާފިއު އެވެ.
މީގެ އިތުރުން ޝާފިއު ވަނީ އަމިއްލަ ކުންފުނިތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާ، ތަޖުރިބާ ހާސިލުކުރައްވާފަ އެވެ.