ނޭމާ ރެކޯޑެއް ގާއިމް ކުރި މެޗުގައި ޕީއެސްޖީއަށް ތަފާތުބޮޑު މޮޅެއް

ނޭމާ ވަނީ ފްރެންޗް ލީގުގައި 8-0 އިން ޑިޖޯން އަތުން ޕީއެސްޖީ މޮޅުވި މެޗުގައި 4 ލަނޑު ޖަހާފައި -- ފޮޓޯ: ގެޓީ

ފްރާސް ލީގުގައި ޕީއެސްޖީން ޑިޖޯން އަތުން 8-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި މެޗުގައި އެޓީމުގެ އަގުބޮޑު ފޯވާޑް ނޭމާ، ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގެ ރެކޯޑެއް ގާއިމުކޮށްފިއެވެ.

ދުނިޔޭގެ ރެކޯޑް އަގަކަށް ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވި ބްރެޒިލް ތަރި، އެޓީމުގައި ހެދި ފުރަތަމަ ހެޓްރިކާއެކު ރޭ އޭނާ ވަނީ އެ މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށް، އިތުރު ދެ ލަނޑު ކާމިޔާބުކުރުމުގައި އެހީތެރިވެދީފައެވެ. މިއާއެކު އޭނާ ވެގެން ގޮސްފައިވަނީ، ޖުމުލަ 10 އެސިސްޓާއެކު ވިލާތުގެ އެންމެ ވަރުގަދަ ފަސްލީގުގައި މި ސީޒަންގެ މިހާތަނަށް އެންމެ ގިނަ އެސިޓް ކުރި ކުޅުންތެރިޔާގެ ރެކޯޑު ގާއިމުކޮށްފައެވެ.

ނޭމާގެ އިތުރުން މި މެޗުގައި ޕީއެސްޖީއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، އަންހެލް ޑިމަރިއާ 2 ލަނޑު، އެޑިސަން ކަވާނީއާއި ކިލިއަން އެމްބާޕޭ މިއިން ކޮންމެ ކުޅުންތެރިއަކު ލަނޑެކެވެ.

މި ނަތީޖާއާއެކު ފްރެންޗް ލީގުގައި ޕީއެސްޖީ މިވަގުތު އޮތީ، ކުޅުނު މެޗުން 56 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. އެޓީމު އަތުން ބަލިވި ޑިޖޯން އެފްސީ އޮތީ 21 މެޗުން 25 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ.

comment ކޮމެންޓް