އޮބަމަޔާންގާއި އާސެނަލް އެއްބަސްވުމަކަށް؟

ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް ޕިއެރޭ އެމަރިކް އޮބަމަޔާންގް --- ފޮޓޯ/ގެޓީ

ބޮރޫޝިއާ ޑޯޓުމަންޑަށް ކުޅެމުން އަންނަ ޕިއެރޭ އެމްރިކް އޮބަމަޔާންގާއި އިނގިރޭސި ކްލަބު އާސެނަލްއާއެކު ޓްރާންސްފާ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އިނގިރޭސި ގިނަ މީޑިއާ ތަކަކުން ރިޕޯޓްކޮށްފިއެވެ.

އެންމެފަހުން ޑޯޓުމަންޑުން ކުޅުނު މެޗުގެ ސްކޮޑުގައި އޮބަމަޔާންގް ހިމެނިފައެއް ނުވެއެވެ. ގިނަ މީޑިއާތަކަކުން ބުނެފައިވަނީ އޭނާ ޓީމު ލިސްޓްގައި ނުހިމަނައި ސަސްޕެންޑް ކުރީ ޓީމު މީޓިން ކަޓުވާލުމުން ކަމަށެވެ. އަދި މިހާރު އާސެނަލްއާއެކު އޭނާ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި، ޑޯޓުމަންޑާއެކު އާސެނަލްއިން އަގަކަށް އެއްބަސްވުމުން ޓްރާންސްފާ ނިމޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޑޯޓުމަންޑާ ގިނަ މައްސަލަތަކެއް ޖެހިފައިވާ ގޭބަންގެ ފޯވާޑް އޮބަމަޔާންގް ވަނީ ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައިވެސް އެޓީމު ދޫކޮށްލުމަށް މަސައްކަތް ކޮށްފައެވެ. އަދި އޭރު ބެލެވުނީ އޮބަމަޔާންގް ދިއުން އެންމެ ގާތީ ޗައިނާ ލީގަށް ކަމަށެވެ.

އާސެނަލްއިން އޮބަމަޔާންގް ހޯދަން މަސައްކަތް ކޮށްފައިވަނީ އެޓީމުގެ ތަރި އެލެކްސިސް ސަންޗޭޒް އާސެނަލް ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިފައިވަނިކޮށެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެންޗެސްޓާ ޔުނައިޓެޑުގެ ހެންރިކް މިކިތާރިއަންނާއެކު އާސެނަލްއިން ސަންޗޭޒް ބަދަލު ކުރުމުގެ އެއްބަސްވުމަށް ދެ ކުލަބުން ތައްޔާރުވަމުންދާނެ ކަމަށް ބެލެވެއެވެ.

އޮބަމަޔާންގް ޑޯޓުމަންޑާއެކު މި ސީޒަންގައި ކުޅުނު 11 މެޗުންވަނީ 10 ގޯލް ޖަހައިފައެވެ. ވޭތުވެދިޔަ ދެ އަހަރުވެސް އެފްރިކާގެ މޮޅު ކުޅުންތެރިޔާއަށް ނޮމިނޭޓްވި އޮބަމަޔާންގަކީ ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން ފާރަލަމުންދާ ކުޅުންތެރިއެކެވެ.

comment ކޮމެންޓް