ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ސީޝެލްސްގެ ބޯޓު މިރޭ މާލެ ގެންނަނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހާލުގައި ޖެހިފައިވަނިކޮށް ފެނުނު ސްރީ ލަންކާގެ މަސްބޯޓު --- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެ، ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮތް ސީޝެލްސްގެ މަސްބޯޓު މިރޭ މާލެ ގެންނާނެކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްގެ އިންފޮމެޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏަކަށް ފެނި ރިޕޯޓްކުރުމުން ކޯސްޓުގާޑުން އަތުލައިގަތް އެ މަސްބޯޓު މިރޭ ފަތިހު މާލެ ގެނައުމަށް ހަަމެޖެހިފައިވާ ކަމަށެވެ.

މި ބޯޓު ފެނުނީ ލ. ކައްދޫ ހުޅަނގުން 38 ނޯޓިކަލް މޭލް ބޭރުންނެވެ.

އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ހުރި އެ ބޯޓުގައި ސްރީލަންކާގެ ހަ ރައްޔިތުން ތިއްބެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ސީޝެލްސްގެ މަސްބޯޓެއް ފެނިފައިވާއިރު މިދިޔަ ހުކުރު ދުވަހު ސޯމާލިއާގެ ދެ މަސްބޯޓެއް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައެވެ.

comment ކޮމެންޓް