ޖަކާޓާގެ ސްޓޮކް އެކްސްޗޭންޖް އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ބައެއް ވެއްޓިއްޖެ

ޖަކާޓާގެ ސްޓޮކް އެކްސްޗޭންޖް އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ބައެއް ވެއްޓިފައި -- ފޮޓޯ: ވެލެންޓީނާ ސައިމަން/ސީއެންއެން

ޖަކާޓާ (ޖެނުއަރީ 15): އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ސްޓޮކް އެކްސްޗޭންޖް އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ބައެއް ވެއްޓި ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެ އެވެ.

ޖަކާޓާގެ ފުލުހުން ބުނީ އެހާދިސާގައި 77 މީހަކަށް ކުދިކުދި އަނިޔާތައް ވެފައިވާ ކަމަށާއި އެމީހުންނަށް މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށް ކަމަށެވެ.

ސީއެންއެން އިންޑޮނޭޝިއާގައިވާ ގޮތުން އެހާދިސާ ހިނގާފައި ވަނީ ގިނަ އަދަދެއްގެ ޔުނިވާސިޓީ ދަރިވަރުން އެއިމާރަތް ބަލާލުމަށް ގޮސް ތިއްބައި އެވެ. އަދި ހާދިސާ ހިނގި ވަގުތަކީ މީހުން މެންދުރު ކެއުމަށް ފަހު އިމާރަތަށް ވަންނަމުން ދިޔަ ވަގުތު ކަމުން އިމާރާތުގެ ތިރީ ފްލޯގައި ގިނަ އަދަދެއްގެ މީހުން ތިބި ކަމަށް ސީއެންއެން އިން ބުންޏެވެ.

ޖަކާޓާގެ ފުލުހުންގެ ތަރުޖަމާނު އާގޯ ޔުވޯނޯ ވިދާޅުވީ މިހާރު ފުލުހުން އެންމެ ބޮޑު އިސްކަމެއް ދެމުންދަނީ މީހުން ސަލާމަތް ކުރުމަށް ކަމަށާއި ހާދިސާ ހިނގި ސަބަބު ހޯދުމަށް ތަހުގީގެ ކުރާނެ ކަމަށެވެ.

comment ކޮމެންޓް