ބަޣުދާދުގައި އަމިއްލައަށް މަރުވެގެން ދެ ހަމަލާއެއްދީ 27 މީހަކު މަރާލައިފި

އިރާގުގެ ވެރިރަށް ބަޣުދާދުގައި ހޮނިހިރު ދުވަހު ވެސް ހަމަލާއެއް ދީފައިވޭ -- ފޮޓޯ: ރޮއިޓާސް

ބަޣުދާދު (ޖެނުއަރީ 15): އިރާގުގެ ވެރިރަށް ބަޣުދާދުގައި އަމިއްލައަށް މަރުވެގެން ދެ ހަމަލާއެއްދީ 27 މީހަކު މަރާލައިފި ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އިރާގުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ސާދް މާން ވިދާޅުވި ގޮތުގައި 65 މީހަކު ޒަހަމްވި އެހަމަލާތައް ދީފައި ވަނީ ގިނަ އަދަދެއްގެ މީހުން އެއްވެފައި ތިބި ތަޔާރަން ސްކޮޔާގައި އެވެ. އަދި އެ ހަމަލާތައް ދީފައި ވަނީ ބޮން ހަރުކޮށްފައިވާ ބެލްޓުތަކެއް ގޮއްވާލައިގެން ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

އެއީ ފާއިތުވި ތިން ދުވަސް ތެރޭ ބަޣުދާދަށް ދިން ދެވަނަ ހަމަލާ އެވެ. އެގޮތުން ހޮނިހިރު ދުވަހު އެސިޓީގެ ޗެކްޕޮއިންޓެއް ކައިރީ އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި ފަސް މީހަކު މަރުވެފައިވާ ކަމަށް އިރާގުގެ ފުލުހުން ބުންޏެވެ.

އެހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް