ދައުރުގެ މުއްދަތު އިތުރު ނުކޮށް ބޭނުން ވަނީ ފެޑެރަލް ދައުލަތަކަށް ފިލިޕިންސް ހަދަން: ޑުޓާޓޭ

ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ.ދައުރުގެ މުއްދަތު އިތުރު ނުކޮށް ބޭނުންވަނީ ފެޑެރަލް ދައުލަތަކަށް ފިލިޕިންސް ހަދަންކަމަށް ޑުޓާތޭ ވިދާޅުވި- ފޮޓޯ؛ ބްލޫމްބާގް

މެނީލާ (14 ޖަނުއަރީ): ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ވެރިކަމުގެ ދައުރު އިތުރުކުރުމަށް އެމަނިކުފާނުގެ ވަފާތެރިން ގޮވާލެއްވި ނަމަވެސް، ދައުރުގެ މުއްދަތު އިތުރު ނުކޮށް ބޭނުން ވަނީ ފެޑެރަލް ދައުލަތަކަށް ފިލިޕިންސް ހަދަންކަމަށް ޑުޓޭޓޭ ވިދާޅުވެއްޖެ އެވެ.

މިންޑާ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޑުޓާޓޭ ވިދާޅުވީ އެމަނިކުފާނު ބޮޑަށް ބޭނުންފުޅު ވަނީ ފަަރަންސޭސިވިލާތުގައި އޮންނަ ކަހަަލަ ފެޑަރަލް ނިޒާމީ ވެރިކަމަކަށް ފިލިޕިންސްގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުން ކަމަށެވެ. ފަރަންސޭސިވިލާތުގެ ވެރިކަމުގެ ނިޒާމުގައި ބޮޑުވަޒީރާއި އަދި ރައީސް ބާރުތައް ހިއްސާކުރެ އެވެ.

ފިލިޕިންސްގައި ރައީސްކަމުގެ ދައުރަކީ ހަ އަހަރެވެ.

ގާނޫނުތައް މިހާރަށް ވުރެ އަވަހަށް ފާސްކުރުމުގެ ގޮތުން ފިލިޕިންސްގެ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވް އެއްކޮށްލަން ބޭނުންވާ ކަމަށް ވެސް ޑުޓޭޓޭ ވިދާޅުވި އެވެ.

ޑޫޓޭޓެ ވިދާޅުވީ ފިލިޕިންސްގެ ވެރިކަމުގެ ނިޒާމު ހަރުދަނާކުރަން ބޭނުން ނަމަ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއި އިންސާފު ލިބިދޭ ވެރިކަމުގެ ނިޒާމެއް ބޭނުންވާ ކަމަށެވެ.

ޑުޓޭޓޭ އެމަނިކުފާނުގެ ކެމްޕޭންގެ ދުވަސްވަރު ވެސް ވަނީ ދެކުނު ފިލިޕިންސްއަށް ހަމަޖެހުން ގެނައުމުގެ ގޮތުން އެ ގަައުމު ފެޑަރަަލް ދައުލަތަކަށް ހައްދަވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

ޑޫޓާޓޭ ވިދާލުވީ 2022ގެ ފަހުން ވެރިކަމުގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. ޑުޓޭޓޭ ފިލިޕިންސްގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ.

މަސްދަރު : ބްލޫމްބާގް

comment ކޮމެންޓް