ވަން ޕްލަސް3 އަދި 3ޓީ އަށްވެސް ފޭސް އަންލޮކް އަންނަނީ

ވަން ޕްލަސް 3 ---

ވަން ޕްލަސް އިން ފޭސް އަންލޮކް ތައާރަފްކުރީ ހުސްވި އަހަރު ނިމެނިކޮށް ނެރުނު ވަންޕްލަސް 5ޓީ އާއެކުއެވެ. އޭގެ ފަހުން ވަން ޕްލަސް 5 އަށްވެސް އެ ފީޗާ ތައާރަފްކުރިއެވެ.

ވަން ޕްލަސް އިން މިހާރު މަސައްކަތް ކުރަނީ ވަން ޕްލަސް 3 އަދި 3ޓީ އަށް ފޭސް އަންލޮކް ތައާރަފް ކުރުމަށެވެ.

ވަން ޕްލަސް އިން އިއުލާނުކޮށްފައިވާ ވަން ޕްލަސް 6 ވެސް މިއަހަރުގެ ދެވަނަ ކުއާޓަރު ނިމުމުގެ ކުރިން ބާޒާރަށް ނެރުމަށް ވަނީ ތައްޔާރުވެފައެވެ.

ވަން ޕްލަސްގެ ގްލޯބަލް ޑިރެކްޓާ ކާލް ޕެއި ވިދާޅުވީ 3ޓީ އަދި 3 އަށް ފޭސް އަންލޮކް ތައާރަފްކުރަނި ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށެވެ.

ވަން ޕްލަސް އިން އަންނީ ގަތްގަނޑަކަށް "އަހަރު ދެކޮލު" އާ ފޯނެއް ތައާރަފް ކުރަމުންނެވެ. އެގޮތިން މިދިޔަ އަހަރުުގެ ޖޫންމަހި ވަން ޕްލަސް 5 ތައާރަފް ކުރުމަށްފަހު އޮކްޓޯބަރު މަހު ވަނީ 5 ޓީ ތައާރަފް ކޮށްފައެވެ.

މީގެ ކުރިން ވަން ޕްލަސް ފާހަގަވެފައި ވަނީ ފަހުގެ ޓެކްނޮލަޖީ އެކުލެވޭ، އަގުހެޔޮ ފޯނު ތަކެއްގެ ގޮތުގައި ނަމަވެސް އެންމެ ފަހުން މި ބްރޭންޑު ވެސް މިހާރު މިވަނީ އަގުބޮޑު ފޯނުތަކުގެ ލިސްޓުން ޖާގަ ހޯދައިފަ އެވެ.

comment ކޮމެންޓް