އިންޑިއާގައި ސްކޫލު ކުދިން ގޮވައިގެން ދަތުރުކުރި ފެރީއެއް ބަންޑުންޖަހާލައި ތިން ކުދިން މަރުވެއްޖެ

ބަންޑުން ޖަހައިލި ފެރީ އިން ދަތުރުކުރި ކުދިން ސަލާމަތް ކުރަނީ ---

އިންޑިއާގައި ސްކޫލުކުދިން ގޮވައިގެން ދަތުރުކުރި ފެރީއެއް ބަންޑުންޖަހާލައި ތިން ކުދިން މަރުވެއްޖެއެވެ.

އިންޑިއާގެ ހަބަރުތައް ބުނާގޮތުން އެ ފެރީ ގައި 40 ކުދިން ދަތުރުކުރިއެވެ. އިންޑިއާގެ ހުޅަނގު އައްސޭރިން އަރަބި ކަނޑުން ދަތުރުކުރި އެ ބޯޓު ބަންޑުންޖަހައިލި ހާދިސާގައި މިހާތަނަށް 32 ކުދިން ވަނީ ސަލާމަތް ކޮށްފައެވެ.

ގެއްލިފައިވާ ކުދިން ހޯދުމަށް ކަނޑުމަގުންނާއި ވައިގެ މަގުން މަސައްކަތް ކުރަމުންދާކަމަށް އިންޑިއާގެ ކޯސްޓްގާޑުން ބުނެއެވެ.

ހާދިސާގައި ސަލަމަތްވި ކުއްޖަކު ބުނީ ބޯޓު ބަންޑުންޖަހާލީ ސެލްފީއެއް ނަގަން ހުރިހާކުދިން އެއްފަރާތަކަށް ޖެހުނު ވަގުތު ކަމަށެވެ.

ބޯޓުތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުންނާއި ކެޕޭސިޓީއަށްވުރެ ގިނައިން މީހުން އަރުވައިގެން ދަތުރުކުރުމުގެ ސަބަބުން ބޯޓު ބަންޑުންޖަހާލުމުގެ ހާދިސާތައް ހިނގުމަކީ އިންޑިއާގައި އާންމުކޮށް ހިނގާކަމެކެވެ.

comment ކޮމެންޓް