އައިޖީއެމްއެޗުގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި

އައިޖީއެމްއެޗްގައި ފެށި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބެޗްގައި ބައިވެރިވި ނައިޖީރިއާގެ ދަރިވަރަށް ހެލްތު މިނިސްޓަރު ނާޒިމް ލިޔުން ހަވާލު ކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ކޯސް ފުރިހަމަ ކުރުމަށް ނިންމަންޖެހޭ އިންޓާންޝިޕްގެ މަރުހަލާ ރާއްޖޭގައި ތިބެގެން ހެދުމުގެ ފުރުސަތު ހޯދައިދިނުމަށް އައިޖީއެމްއެޗްގައި ފުރަތަމަ ފަހަރަށް މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފި އެވެ.

މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ މެޑިސިން ކިޔަވާ ދަރިވަރުން، ފަހެއް ނުވަތަ ހަ އަހަރު ޑޮކްޓަރަކުން ކިޔެވުމަށްފަހު، ކޯހުގެ ތަމްރީން ބައެއްގެ ގޮތުގައި ފުރިަހަމަ ކުރަންޖެހޭ ލާޒިމު ކުރާ އެއް އަހަރެވެ.

އައިޖީއެމްއެޗްގައި ފެށި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރަކަށް ހެލްތު މިނިސްޓަރު ނާޒިމް ލިޔުން ހަވާލު ކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ނަމަވެސް ބައެއް ގައުމުތަކުގައި އެމްބީބީއެސް ހަދާ ދިވެހި ކުދިންނަށް، ކިޔަވާ ނިމުމުން އިންޓާންޝިޕްގެ ފުރުސަތު ފޯރުކޮށް ނުދޭތީ އާއި އެކަމުގައި އުނދަގޫތަކެއް ހުރުމުން ސަރުކާރުން ވަނީ ވޭތުވެދިޔަ އަހަރު ތަކުގައި އެ ކުދިންނަށް ބޭރުގެ ގައުމުތަކުން ފުރުސަތު ހޯދައިދީފައެވެ.

ރާއްޖޭގައި ފަށާ އިންޓާންޝިޕް ޕްރޮގްރާމަށް އައިޖީއެމްއެޗުން ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ފުރަތަމަ ބެޗުގައި ހަ ކުއްޖަކު ކުރިމަތިލިއިރު، އެ ކުދިންގެ ތެރޭގައި ރަޝިއާ، މެލޭޝިއާ، ޗައިނާ، އަޔަލެންޑާއި ޔޫކްރެއިން އަދި ނައިޖީރިއާގައި ޑޮކްޓަރުކަން ކިޔެވި ދަރިވަރުން ހިމެނެއެވެ. އަދި ނައިޖީރިއާގެ ދަރިވަރަކު ވެސް ހިމެނެ އެވެ.

އައިޖީއެމްއެޗަށް 70 އަހަރު ފުރުން ފާހަގަކުރުމަށް އިއްޔެ އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ މުހައްމަދު އަފްރާހް

އެ ދަރިވަރުންނަށް އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވި ކަމުގެ ލިޔުން ހަވާލުކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި މެޑިކަލް ކޮލެޖެއްގެ ހިދުމަތް ފަށާއިރު މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމެއް ރާއްޖޭގައި ފެށުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

comment ކޮމެންޓް