އެސްޓީއޯ ސުޕާމާޓުގެ ހިދުމަތް ހުކުރު ދުވަހު ވެސް ދޭން ނިންމައިފި

އެސްޓީއޯ ސުޕަމާޓްގައި ކަސްޓަމަރުން - ފޮޓޯ: އެސްޓީއޯ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މާލޭގައި ހިންގަމުން އަންނަ "އެސްޓީއޯ ސުޕަމާޓް"އިން މާދަމަ އިން ފެށިގެން ހުކުރު ދުވަހު ވެސް ހިދުމަތްދޭން އެސްޓީއޯ އިން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުން ހުކުރު ދުވަހު ސުޕަމާޓުން ހިދުމަތް ދިނުން ވަނީ މެދުކަނޑާލައިފަ އެވެ.

ނަމަވެސް އެސްޓީއޯ އިން މިއަދު ބުނީ މާދަމަ އިން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ވެސް ސުޕަމާޓުން އާންމުންނަށް ވިޔަފާރީގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ހުކުރު ދުވަހު ސުޕަމާޓް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން 10:30 އަށެވެ. އަދި ހަވީރު 16:00 އިން ރޭގަނޑު 10 ޖަހަންދެން ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ ސުޕަމާޓަކީ ގޭތެރޭގެ ބޭނުންތަކަށް ތަފާތު އެކި ބާވަތްތަކުގެ މުދަލާއި ކާބޯތަކެއްޗާއި އެހެނިހެން ވެސް ތަކެތި އެއްތަނަކުން އާންމުންނަށް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.

comment ކޮމެންޓް