މަސްބޯޓުތައް ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން: އެމްއެންޑީއެފް

މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ރާއްޖެ ހިމެނޭ ސަރަހައްދަށް ކުރިމަތިވި ތޫފާން އޯޗީގައި އިންޑިއާ އަދި ލަންކާ އިން ގެއްލިގެން ހޯދަމުންދާ މަސްބޯޓުތައް އަދިވެސް ނުފެންނަ ކަމަށާއި އެ މަސްބޯޓުތައް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރުވެސް ކުރަމުން އަންނަކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް "ސަން" އަށް މިއަދު ވިދާޅުވީ ގެއްލިގެން ރިޕޯޓުކޮށްފައިވާ މަސްބޯޓުތައް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ބޯޓެއް ފެނިފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާ އަދި ލަންކާ އިން 67 މަސްބޯޓު ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު އިންޑިއާ އިން ގެއްލުނު މަސްބޯޓުތައް ހޯދުމަށް އެގައުމުގެ މަސްވެރިންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އިންޑިއާ އިން ގެއްލުމު މަސްބޯޓުތައް ހޯދުމަށް އިންޑިއާގެ ނޭވީ އިންވެސް އަންނަނީ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް