އެމްޕީއެލްގެ ބޯޑަށްް ތިން ބޭފުޅަކު އައްޔަނުކޮށްފި

އެމްޕީއެލް ގެ މުވައްޒަފުންތަކެއް --

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޯޑަށް ތިން ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން ބޮޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޕީއެލްގެ ބޯޑަށް ހއ. ކެލާ، ވާރޭވިލާ ފާތިމަތު ނިޒާމާއި ގ. އަމްބަރީގޭ މަރިޔަމް ޝީނާޒް ޝާކިރުގެ އިތުރުން ގދ. ތިނަދޫ ސަތަހަ އަހުމަދު އަސްބާބު އަލީ ނަސީރު އައްޔަނުކޮށްފައިވާ ކަމަށެވެ.

އެމްޕީއެލްގެ ބޯޑުގައި ހިމެނިވަޑައިގެންނެވި އަބްދުލް ނާސިރާއި އަހުމަދު ޝަރީފް އަބްދުއްރަހުމާން ޔޫސުފް އަދި އަލީ އާދަމާއި އަލި ހާފިޒް އެ ބޯޑުން ވަކިކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ބުނެއެވެ.

އެ ބޭފުޅުން ވަކި ކުރެއްވީ "އާ ބޭފުޅުން ލައްވަން ސަރުކާރަށް ފެނިވަޑައިގަތުމުން" ކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު "ސަން"އަށް ވިދާޅުވިއެވެ.

comment ކޮމެންޓް