މިދިޔަ އާދީއްތަ ދުވަހު 644 އެއާކްރާފްޓް މޫމަންޓް، މިއީ ރެކޯޑެއް: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކް ކޮށްފައިވާ ބޯޓްތަކެއް --- ފޮޓޯ: އެމްއޭސީއެލް / ޓްވިޓާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ އާދީއްތަ ދުވަހު 644 އެއާ ކްރާފްޓް މޫމަންޓް ރެކޯޑް ކުރެވިފައިވާ ކަމަށާއި މިއީ މިހާތަނަށް ރެކޯޑް އަދަދެއް ކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެއާޕޯޓުގައި ކުރިއަށްދާ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނޫސްވެރިންނަށް ދައްކާލުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް އެސޯސިއޭޓް ޖެނެރަލް މެނޭޖާ ހަސަން އަރީފް މިއަދު ވިދާޅުވީ މިދިޔަ 2017 ވަނަ އަހަރުގެ ޖެނުއަރީ ދެވަނަ ދުވަހު 567 އެއާކްރާފްޓް މޫމަންޓް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރު އެއާޕޯޓު އެންމެ ބިޒީވި ދުވަހު 77 އެއާކްރާފްޓް މޫމަންޓް އިތުރުވެފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

މި މަހުގެ ހަތް ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިންޓަނޭޝަނަލް އެއާކްރާފްޓްގެ 108 މޫމަންޓް ރެކޯޑް ކުރެވިފައިވާ އިރު ޑޮމެސްޓިކް ފްލައިޓްތަކުގެ 94 މޫމަންޓް ރިކޯޑް ކުރެވިފައިވެ އެވެ. އަދި ސީ ޕްލޭންގެ 442 މޫމަންޓް ވެސް ރެކޯޑްކުރެވިފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

comment ކޮމެންޓް